Advertisement

22 Mar 2024
ވީޑިއޯ

ކުޑަ ކަމަކުން ބޮޑު ދަރުމައެއް: އާންމުންނަށް އުނދަގޫވެދާނެފަދަ ކަންކަން ކުރިމަތި ނުވާނެ ގޮތަކަށް އަމަލުކުރުން

ކުޑަ ކަމަކުން ވެސް ގިނަ ދަރުމަ ހޯދިދާނެ.

ދިހަ ވަނަ އެޕިސޯޑުގައި ޝެއިޙް އިލްޔާސް ޖަމާލް ވާހަކަފުޅު ދެއްކެވީ އާންމުންނަށް އުނދަގޫވެދާނެފަދަ ކަންކަން ކުރިމަތި ނުވާނެ ގޮތަކަށް އަމަލުކުރުމުގެ މާތްކަމާ ގުޅޭ ގޮތުން.

ކީރިތި ރަސޫލާ ޙަދީޘްކުރައްވަނީ:

(لقد رأيتُ رجلاً يتقلَّبُ في الجنةِ في شجرةٍ قطَعَها من ظهر الطريقِ كانت تُؤذِي الناسَ) رواه مسلم

މާނައީ: "ހަމަކަށަވަރުން މީސްތަކުންނަށް އުނދަގޫވާގޮތަށް މަގުގެ މެދުން ހެދިފައިހުރި ގަހެއް ކަނޑާލި ކަމަށްޓަކައި ސުވަރުގޭގެ ނިޢުމަތްތަކުން ނިޢުމަތްތައް ލިބިލިބިހުރި މީހަކު ތިމަންކަލޭގެފާނު ދެކެވަޑައިގަތީމެވެ."

ލޮބުވެތި މުސްލިމް އަޚުން! ވަރަށް އާދައިގެ ކަމެއް ކަމަށް ހީވާ ކިތަންމެ ކަމަކުން ވަރަށް ގިނަ ދަރުމައާއި ސަވާބު ލިބިދާނެ. ހަނި މަގުތަކުން ދުއްވާފައި ދާ އުޅަނދުތަކަށް އުނދަގޫވާގޮތަށް ވެހިކަލެއް ޕާކް ކޮށްފައިވާތަން ފެނިއްޖެނަމަ، އެ ވެހިކަލް އެތެރެއަށް ޖައްސާލުމާއި، މަގުމައްޗަށް ކުނިއެޅިފައިވާނަމަ، އެ ނަގާލުން، މަގުމެދުގަ ގާކޮޅެއް ނުވަތަ އެނޫންވެސް ދުއްވާފައިދާ އެއްޗިއްސަށް އުނދަގޫވާ ޒާތުގެ އެއްޗެއް ފެނިއްޖެނަމަ، އެއެއްޗެއް އެއްކައިރި ކުރެވިދާނެ.

މި ނޫންވެސް މީސްތަކުންނަށް އުނދަގޫވާނެ ކަމަކުން އެ މީހުން ސަލާމަތްކުރުމަށްޓަކައި އިޚްލާޞްތެރިކަމާއެކު ކުރާ ކަމަކީ އެތައް ދަރުމައާއި ސަވާބު ލިބި ތިމާ ސުވަރުގެއަށް ވަނުމުގެ ސަބަބަކަށް ވެދާނެ.   

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.