Advertisement

28 Mar 2024
ވީޑިއޯ

ކުޑަ ކަމަކުން ބޮޑު ދަރުމައެއް: سبحان اللهِ وبحمدِه މި ޛިކުރު ކޮންމެ ދުވަހަކު ސަތޭކަ ފަހަރު ކިޔުން

ކުޑަ ކަމަކުން ވެސް ގިނަ ދަރުމަ ހޯދިދާނެ.

ތޭރަވަނަ އެޕިސޯޑުގައި ޝެއިޙް އިލްޔާސް ޖަމާލް ވާހަކަފުޅު ދެއްކެވީ سبحان اللهِ وبحمدِه މި ޛިކުރު ކޮންމެ ދުވަހަކު ސަތޭކަ ފަހަރު ކިޔުމާ ގުޅޭގޮތުން.

މި ޛިކުރު 100 ފަހަރު ކިޔުމުން ޙާޞިލްވަނީ ކޮންކަމެއްކަން އެނގިލައްވާތޯ؟

ކީރިތި ރަސޫލާ ޙަދީޘްކުރައްވަނީ

غُفرَتْ له ذنوبُه وإنْ كانتْ مثلَ زبَدِ البحرِ     

މާނައީ: " ކަނޑުގެ ފޮނުގަނޑާ އެއްފަދައިން ފާފަތައް ހުރި ކަމުގައި ވިޔަސް އެމީހެއްގެ ފާފަތައް ފުހެވޭހުއްޓެވެ."

ލޮބުވެތި މުސްލިމް އަޚުންނާ އުޚްތުން! އަޅުގަނޑުމެން ކޮންމެ މީހަކީ ވެސް ފާފަތައް ކުރެވޭނެ މީހެއް. އެ ފާފަތަކުން ޠާހިރުވާން ބޭނުންވާނެ މީހެއް. އެހެންކަމުގައި ވާނަމަ، މިފަދަ ކުޑަކަމަކުން ވެސް މިފަދަ ބޮޑުކަމެއް ޙާޞިލުކުރެވެން އޮތްއިރު މިކަމާމެދު ފަރުވާކުޑަނުކުރަމާތޯ؟

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.