Advertisement

14 Apr 2024
ވީޑިއޯ

ހެޔޮ ޢަމަލުތަކުގެ ޘަވާބު އުނިވާކަންތައްތައް: ތިމާއަށް ތިމާ ފެނުން

އަޅުގަނޑުމެން ކުރާ ހެޔޮ ޢަމަލުތަކުގެ ޘަވާބު އުނިވާކަންތައްތަކުން އަޅުގަނޑުމެން ރައްކާތެރިވާންޖެހޭ. 

އެހެންކަމުން ރޯދައާ ހެޔޮ އަމަލުގެ ހަތާވީސްވަނަ އެޕިސޯޑުގައި ޝެއިޙް އިލްޔާސް ޖަމާލް ވާހަކަފުޅު ދެއްކެވީ ތިމާއަށް ތިމާ ފެނުމުގެ ނުބައިކަމާ ގުޅޭގޮތުން.

މީހާ ހަލާކުވެގެން ހިނގައިދާނެ ތިންކަމެއް ކީރިތި ރަސޫލާ ބަޔާންކޮށްދެއްވި ހިނދު އޭގެތެރެއިން އެންމެ ނުރައްކާތެރިކަމެއްގެ ގޮތުގައި ބަޔާންކުރެއްވީ:

إِعجابُ المرْءِ بنفْسِهِ މާނައީ: "މީހާ އޭނާގެ އަމިއްލަ ނަފްސާމެދު ހެއްލުންތެރިވުމެވެ." 

އާދެ! އެއީ ތިމާއަށް ތިމާ ފެނުން. ތިމާކުރާ ހެޔޮކަންތަކާމެދު ހެއްލުންތެރިވުން. އެހެންމީހުންނަށް ތިމާއަށް ކުރެވޭ ވަރަށް ހެޔޮކަންތައް ނުކުރެވޭކަމުގެ އިޙްސާސްކުރެވެން ފެށުން. ތިމާއަށް އުޅެވެނީ އެންމެ ރަނގަޅަށްކަމަށް ޤަބޫލުކުރެވެން ފެށުން. މީ ވަރަށް ނުރައްކާތެރި ބައްޔެއް

އެހެންކަމުން މި މާތް މައްސަރުގައި އަޅުގަނޑުމެންނަށް ކިތައްމެ ގިނަ ހެޔޮ ޢަމަލުތަކެއް ކުރެވުނު ނަމަވެސް އެކަމާމެދު ހެއްލުންތެރިވެ ފަޚުރުވެރިވެ ބޮޑާނުވުމަށް ނަޞޭޙަތްތެރިވަން

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.