ހެޔޮ އަމަލުތައް ބާޠިލުވާނެ ކަންކަން: މުރުތައްދުވުން
އަޅުގަނޑުމެން ކުރާ ހެޔޮ ޢަމަލުތަކަށް ރައްކާތެރިވުމަކީ، އަޅުގަނޑުމެން ސަމާލުކަންދޭންޖެހޭ މުހިންމު ކަމެއް.
އެހެންކަމުން ރޯދައާ ހެޔޮ އަމަލުގެ ސަތާރަވަނަ އެޕިސޯޑުގައި ޝެއިޙް އިލްޔާސް ޖަމާލް ވާހަކަފުޅު ދެއްކެވީ މުރުތައްދުވެދާނެ ފަދަ ކަމަކުން ރައްކާތެރިވުމާ ގުޅޭ ގޮތުން.
ﷲ ތަޢާލާ ވަޙީކުރައްވަނީ:
(... وَمَنْ يَرْتَدِدْ مِنْكُمْ عَنْ دِينِهِ فَيَمُتْ وَهُوَ كَافِرٌ فَأُولَئِكَ حَبِطَتْ أَعْمَالُهُمْ فِي الدُّنْيَا وَالْآخِرَةِ ....﴾
[البقرة: 217].
މާނައީ: " ތިޔަބައިމީހުންގެ ތެރެއިން مرتدّ ވެ، كافر އަކު ކަމުގައިވާ حال، މަރުވާ މީހުންނީ، ދުނިޔެއާއި آخرة ގައި އެއުރެންގެ عمل ތައް އުވިގޮސްފައިވާ ބަޔެކެވެ."
ލޮބުވެތި މުސްލިމް އަޚުންނާ އުޚްތުން! އަޅުގަނޑުމެން އެންމެ ބޮޑަށް ސަމާލުކަންދޭންޖެހޭ އެއްކަމަކީ ދީނުގައި ސާބިތުވެތިބުން. ދީނުން ބޭރުވާފަދަ ބަހެއް ބުނެވިދާނެތީ ނުވަތަ އިޢުތިޤާދެއް ކުރެވިދާނެތީ އެކަމަށް ރައްކާތެރިވުން. ނޫންނަމަ، އަޅުގަނޑުމެންގެ ޢަމަލުތައް ބާޠިލްވެ ހިނގައިދާނެ.