ހެޔޮ އަމަލުތައް ބާޠިލުވާނެ ކަންކަން: ޝިރުކުކުރުން
އަޅުގަނޑުމެން ކުރާ ހެޔޮ ޢަމަލުތަކަށް ރައްކާތެރިވުމަކީ، އަޅުގަނޑުމެން ސަމާލުކަންދޭންޖެހޭ މުހިންމު ކަމެއް.
އެހެންކަމުން ރޯދައާ ހެޔޮ އަމަލުގެ ސޯޅަވަނަ އެޕިސޯޑުގައި ޝެއިޙް އިލްޔާސް ޖަމާލް ވާހަކަފުޅު ދެއްކެވީ ޝިރުކުން ރައްކާތެރިވުމާ ގުޅޭ ގޮތުން.
ﷲ ތަޢާލާ ވަޙީކުރައްވަނީ:
﴿ ذَلِكَ هُدَى اللَّهِ يَهْدِي بِهِ مَنْ يَشَاءُ مِنْ عِبَادِهِ وَلَوْ أَشْرَكُوا لَحَبِطَ عَنْهُمْ مَا كَانُوا يَعْمَلُونَ ﴾ [الأنعام: 88]
މާނައީ: "އެއީ اللَّه ގެ ތެދުމަގެވެ. އެކަލާނގެ އަޅުންގެ ތެރެއިން އެކަލާނގެ އިރާދަކުރައްވާ ބަޔަކަށް އެއިން ތެދުމަގު ދައްކަވަތެވެ. އެބޭކަލުންވެސް (اللَّه އަށް) شريك ކުރެއްވިނަމަ، އެބޭކަލުން ކޮށްއުޅުއްވި عمل ތައް باطل ވީހެވެ."
ލޮބުވެތި މުސްލިމް އަޚުންނާ އުޚްތުން! ޝިރުކާމެދު ސަމާލުވެލައްވާ! ނޫންނަމަ އަޅުގަނޑުމެންގެ ޢަމަލުތައް ބާޠިލްވެ ބޭކާރުވެގެން ހިނގައިދާނެ!