Advertisement

23 Mar 2024
ވީޑިއޯ

ކުޑަ ކަމަކުން ބޮޑު ދަރުމައެއް: މަކަރު ހެދުމާއި ހަސަދަވެރިވުން ފަދަ ކަންކަމުން ދުރުހެލިވުން

ކުޑަ ކަމަކުން ވެސް ގިނަ ދަރުމަ ހޯދިދާނެ.

އެގާރަ ވަނަ އެޕިސޯޑުގައި ޝެއިޙް އިލްޔާސް ޖަމާލް ވާހަކަފުޅު ދެއްކެވީ އޮޅުވާލުމާއި މަކަރުހެދުމާއި ހަސަދަވެރިވުން ފަދަ ކަންކަމުން ދުރުހެލިވެ މީހާގެ ހިތް ސާފުކުރުމުގެ މާތްކަމާ ގުޅެ ގޮތުން.

އެއްދުވަހަކު ކީރިތި ރަސޫލާ އެކަލޭގެފާނުގެ ޞަޙާބީންނާއެކު މަސްޖިދުއްނަބަވީގައި އިންނަވާފައި ޙަދީޘްކުރެއްވި؛

( يَطْلُعُ عَلَيْكُمْ الْآنَ رَجُلٌ مِنْ أَهْلِ الْجَنَّةِ )

މިހާރު ތިޔަބައިމީހުންގެ ތެރެއަށް ވަންނާނީ ސުވަރުގޭގެ އަހުލުވެރިންގެ ތެރެއިން މީހެކެވެ.

މިގޮތަށް ތިން ދުވަހު އެކަލޭގެފާނު ޙަދީޘްކުރެއްވި ހިނދު ކޮންމެ ދުވަހަކު މިސްކިތައް ވަދެގެން އައީ ހަމަ އެކަކު. އެހިނދު އެމީހާ ކުރާ ޚާއްޞަ ޢަމަލަކީ ކޮބައިތޯ ބައްލަވަން عَبْدُ اللَّهِ بْنُ عَمْرِو بْنِ الْعَاصِ އެ މީހާގެ ގޭގައި ތިން ރޭ މެހުމާނެއްގެ ގޮތުގައި މަޑުކުރެއްވި. ނަމަވެސް އޭނާ މާގިނަ ހެޔޮ ޢަމަލުތަކެއް ކުރައްވާތަނެއް ފެނިވަޑައިނުގެންނެވި.

އެންމެ ފަހުން އެކަމާމެދު އޭނާއާ ސުވާލުކުރުމުން ބުނަނީ ތިމަންނާ އެއްވެސް މުސްލިމަކަށް މަކަރުހަދައި އޮޅުވައިނުލަމެވެ. އަދި އެއްވެސް މީހަކަށް ﷲ ދެއްވި ނިޢުމަތަކާމެދު ތިމަންނާ ޙަސަދަވެރިނުވަމެވެ. އެހިނދު ޢަބްދުﷲގެފާނު ވިދާޅުވަނީ؛

هَذِهِ الَّتِي بَلَغَتْ بِكَ ، وَهِيَ الَّتِي لَا نُطِيقُ

"ތިއީއޭ ތިބާ އެ މަތިވެރި ދަރަޖައާ ހަމައަށް ވާޞިލްކޮށްދިން ކަމަކީ. އަދި އަހަރުމެންނަށް އެކަމެއްކުރުމަށް އުނދަގޫވެގެން މިއުޅޭ ކަމަކީ."

ލޮބުވެތި މުސްލިމް އަޚުންނާއި އުޚްތުން ހިތް ސާފުކުރައްވާ! ހީވެސްނުކުރާހާ މަތީ ދަރަޖައާހަމައަށް ވާޞިލުވެވޭނެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.