ހެޔޮ އަމަލުތައް ބާޠިލުވާނެ ކަންކަން: ކަލަގޮވުމާއި އުނދަގޫދިނުން
އަޅުގަނޑުމެން ކުރާ ހެޔޮ ޢަމަލުތަކަށް ރައްކާތެރިވުމަކީ، އަޅުގަނޑުމެން ސަމާލުކަންދޭންޖެހޭ މުހިންމު ކަމެއް.
އެހެންކަމުން ރޯދައާ ހެޔޮ އަމަލުގެ ސައުވީސްވަނަ އެޕިސޯޑުގައި ޝެއިޙް އިލްޔާސް ޖަމާލް ވާހަކަފުޅު ދެއްކެވީ ކަލަގޮވުމާއި އުނދަގޫދިނުމާ ގުޅޭ ގޮތުންނެވެ.
ﷲ ތަޢާލާ ވަޙީކުރައްވަނީ:
( يَا أَيُّهَا الَّذِينَ آمَنُوا لَا تُبْطِلُوا صَدَقَاتِكُم بِالْمَنِّ وَالْأَذَىٰ ) البقرة 264 މާނައީ: " އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ކަލަގޮވުމުންނާއި، އުނދަގޫ ދިނުމުން ތިޔަބައިމީހުންގެ صدقات ތައް باطل ނުކުރާ ހުށިކަމެވެ!"
ލޮބުވެތި މުސްލިމް އަޚުންނާ އުޚްތުން! ހަމަޔަޤީނުންވެސް މި މާތް މައްސަރުގައި ވެސް އަދި އެ ނޫން މައްސަރުތަކުގައި ވެސް އަޅުގަނޑުމެންތެރޭގައި ޞަދަޤާތްކުރާ އެތައް ބަޔަކު އުޅޭނެ. ނަމަވެސް ކިތައް މީހުންތޯ ޞަދަޤާތް ދިނުމަށްފަހު ކަލަގޮވަނީ. ނުވަތަ ފަޤީރު މީހާ ދެރަވާފަދަ ބަސްތައް ބުނަނީ. އެހެންކަމުން މިފަދަ ކަންކަމުން އަޅުގަނޑުމެންގެ ހެޔޮ ޢަމަލުތައް ރައްކާތެރި ކުރުމަށް ގަދައަޅައި މަސައްކަތްކުރައްވާ!