Advertisement

31 Jul 2024
ކޮފީ ވިތު ސުލޭމާން

ކޮފީ ވިތު ސްލޭމާން - ސީޒަން 2 | އެޕިސޯޑު 6

"ކޮފީ ވިތު ސްލޭމާން" އަކީ "ނޫން" ގެ އެކްސްކްލޫސިވް ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގައި، ޕްރޮގްރާމުގެ ހޮސްޓު، ޢަލީ ސުލޭމާނު ކޮފީއަށް ވަޑައިގަންނަވަނީ، އެކިއެކި ދާއިރާތަކުން ފާހަގަކޮށްލެވޭ ޚިދުމަތްތެރީންނާއެކުއެވެ. އަދި ކޮފީ ނިމުމުގެކުރިން، އެ ޕްރޮގްރާމެއްގެ މެހެމާނާ ގުޅޭ ގޮތުން ކުރިން ނޭންގޭ މައުލޫމާތުތަކެއް ޕްރޮގްރާމުގެ ބެލުންތެރިންނަށް ގެނަސްދިނުމަކީ، މި ޕްރޮގްރާމުގެ އެއް އަމާޒެވެ.

ދެވަނަ ސީޒަންގެ ހަ ވަނަ އެޕިސޯޑުގެ މެހެމާނަކީ، ތައުލީމީ ދާއިރާގައި ދިގު މުއްދަތެއް ވަންދެން ޚިދުމަތްކުރެއްވި އަޙުމަދު ޝަކީބު (ޝަކިއްބެ) އެވެ. 

ތައުލީމީ ދާއިރާއިން ހިދުމަތް ކުރެއްވި ނަމަވެސް، ޓީވީ ޕްރޮގްރާމު ތަކުންނާއި، އަޑު އަހާ ހިތްވާފަދަ ރީތި ގޮތަކަށް ހަބަރުތައް ގެނަސްދިން ބޭފުޅެއް ގޮތުގައި ވެސް ޝަކިއްބެ ދަންނަ މީހުން މަދެއްނުވާނެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
22 Oct 2024
ޚަބަރު
ދުންފަތުގެ ބާވަތްތައް އުމުރުން 21 އަހަރުން ދަށުގެ މީހުންނަށް ވިއްކުން މަނާކުރަނީ
ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ގާނޫނާ ހިލާފުވާ ފަރާތްތަކާ ދެކޮޅަށް އަޅާ ފިޔަވަޅުތައް ހަރުކަށިކުރުމަށްވެސް ގާނޫނަށް އިސްލާހު ގެނެވޭނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.
21 Oct 2024
ޚަބަރު
ބާރަށުގައި ޓޫރިސްޓް ހޮޓަލެއް އަޅަން ބީލަމަށް ހުޅުވާލައިފި
ޓޫރިޒަމް މިނިސްޓްރީން ހާމަކުރައްވާފައިވާ ގޮތުގައި، ބީލަމުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް، 28 އޮކްޓޯބަރު 2024 ވާ ހޯމަ ދުވަހުގެ 11:00 ގައި އޮންލައިން ބައްދަލުވުމެއް ބޭއްވުމަށް ވަނީ ހަމަޖައްސާފައެވެ.
21 Oct 2024
ޚަބަރު
ބެލަރޫސް ފަތުރުވެރިއަކު ގެނބިގެން މަރުވެއްޖެ
ފުލުހުންގެ އިދާރާއިން ވިދާޅުވީ، މަރުވި ފަތުރުވެރިޔާއަކީ، ބެލަރޫސްއަށް ނިސްބަތްވާ އުމުރުން 65 އަހަރުގެ އަންހެން ފަތުރުވެރިއެއް ކަމަށެވެ. އޭނާ މަރުވެފައި ވަނީ، ފަޅުތެރެއަށް މޫދަށް އެރި އުޅެނިކޮށް ގެނބިގެން ކަމުގައިވެސް ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.
20 Oct 2024
ޚަބަރު
އިންޑިއާގެ، ޔޫ.ޕީ.އައި ރާއްޖެއަށް ތަޢާރަފްކުރުމަށް ކޮންސޯޓިއަމްއެއް ޤާއިމްކުރުމަށް ނިންމަވައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވާފައިވާ ގޮތުގައި އެނިންމުން ރައީސުލްޖުމްހޫރިއްޔާ ނިންމާވަފައި ވަނީ ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރެއްވުމަށްފަހުގައި، އެމަޖިލީހުގެ މަޝްވަރާ އާއި ލަފާފުޅުގެ މަތީންނެވެ. ވަޒީރުންގެ މަޖިލީހަށް އެކަން ހުށައެޅުއްވީ، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މުޙައްމަދު ސަޢީދު ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވާފައިވެއެވެ.