ޗާލު
28 Mar 2024
ވީޑިއޯ
ހިޖާބު ސްޓައިލްސް: 'ސޫޓީ' ބްރޭންޑްގެ ހިޖާބު
މި ވީޑިއޯގައި ސްޓައިލް ކުރުމަށް ބޭނުންކޮށްފައިވަނީ ރާއްޖޭގައި މަޝްހޫރު ހިޖާބު ބްރޭންޑެއްކަމުގައިވާ 'ސޫޓީ' ބްރޭންޑްގެ ހިޖާބެވެ. މިއީ ރާއްޖޭގެ ފުރަތަމަ ލަގްޒަރީ ހިޖާބު ބްރޭންޑެވެ. ފުރަތަމަ ސްޓައިލިންގައި މޮޑެލް އެޅުމަށް ބޭނުންކޮށްފައިވަނީ ޕްރެމިއަމް ޝިފޯން މެޓީރިއަލްގެ ޝޯލްއެކެވެ. މި ވީޑިއޯގައި ސޭފްޓީ ޕިން ނުވަތަ ދަތީގެ ބަދަލު ރިޒްނާ ބޭނުންކޮށްފައިވަނީ އާއްމުންގެ ތެރޭގައި މިހާރު މަޝްހޫރު މެގްނެޓް ޕިންސްއެވެ.
21 Mar 2024
ވީޑިއޯ
ހިޖާބު ސްޓައިލްސް: ކަންފަތުލާ އެއްޗަކާއެކު ހިޖާބު ސްޓައިލްކުރާނެ ގޮތް
މިދޫ މި ގެނެސްދޭ ސްޓައިލަކީ ޕާޓީ އަދި ވެޑިންގްތަކާއި ގުޅޭ ޗާލު ސްޓައިލެކެވެ. މިދޫ ބުނީ މިއީ މިދޫ އަށް ވެސް ވަރަށް ހާއްސަ ސްޓައިލްތަކެއް ކަމަށާއި މިއީ ޕާސަނަލް ފެވަރިޓް ސްޓައިލް ކަމުގައެވެ. އަދި އެންމެ ގިނަ ކުދިންގެ ރިކުއެސްޓު އަންނަ ސްޓައިލްކަން ވެސް މިދޫ ފާހަގަ ކުރިއެވެ.
14 Mar 2024
ވީޑިއޯ
ހިޖާބު ސްޓައިލްސް: ޓަރބަން އަދި ސިލްކް ސްކާފް ސްޓައިލިންގ
މި ސްޓައިލްތައް ގުޅޭނީ ކޮންކަހަލަ އޮކޭޝަންތަކަކަށްތޯ އެހުމުން، ރާޔާ ބުނީ ކެޝުއަލް، އެވްރިޑޭ ވެއަރ، އަދި އޮފީހަށް ދިއުމަށް ވެސް އަސްލު މި ސްޓައިލް ހަމަ ރީތިވާނެކަމަށެވެ. މި ސްޓައިލް ރާޔާ ގެނެސްދީފައިވަނީ ޖާޒީ މެޓީރިއަލްގެ ޝޯލަކުންނެވެ. އެހެންކަމުން، މި ސްޓައިލް ކުރުމަށް އިތުރަށް ޕިނެއް ނުވަތަ ދައްޗެއް ބޭނުމެއްނުވެއެވެ.
28 Feb 2024
ވީޑިއޯ
ހިޖާބު ސްޓައިލްސް: ކޮޓޮން ޝޯލް ސްޓައިލް ފޯ އެވްރިޑޭ
މި ވީޑިއޯގައި މުޅިން އައު ހިޖާބު ސްޓައިލެއް ގެނެސްދިނުމަށް ކްލެރިސާ މޯލްޑިވްސްގެ ފަރާތުން ބައިވެރިވަނީ ނިއުމާއެވެ. ނިއުމާ ގެނެސްދޭ ސްޓައިލަކީ ކޮޓޮން ޝޯލެއް ބޭނުންކޮށްގެން އާއްމު ދިރިއުޅުމުގައި ކޮންމެ ދުވަހަކު ވެސް އަޅާލެވިދާނެ ކަހަލަ ސްޓައިލެކެވެ. މި ވީޑިއޯގައި މޮޑެލްއެއްގެ ގޮތުގައި ބައިވެރިވެފައިވަނީ ޓިކްޓޮކްގައި މަޝްހޫރު ތަރިއެއް ކަމުގައިވާ އުޝީއެވެ.
15 Feb 2024
ވީޑިއޯ
ހިޖާބު ސްޓައިލްސް: މޮޑެސްޓް ހިޖާބު
މި ސްޓައިލް ކޮންމެ ވައްތަރެއްގެ ހިޖާބު މެޓީރިއަލް އަކުން ވެސް އެޅިދާނެއެވެ. މި ވައްތަރު ސްޓައިލް ކޮށްލާނެގޮތް ވީޑިއޯގައި ވަރަށް ސާފުކޮށް ރިޒްނާ ވަނީ ކިޔައިދީފައެވެ. އަދި މި ސްޓައިލް މޮޑެސްޓްކޮށް، އިވެންޓަކަށް ނުވަތަ ފޯމަލްކޮށް އަޅާއިރު އެޑްޖަސްޓް ކުރަންވީ ގޮތާއި، އިތުރަށް ބޭނުންނަމަ، ކުޑަކުޑަ ޓްވިސްޓެއް ހިޖާބް އެޅުމުގައި ގެނެވިދާނެ ގޮތެއް ވެސް ރިޒްނާ ކިޔައިދީފައިވެއެވެ.