Advertisement

30 Aug 2024
ޗާލު

ޗާލު | ބްރައިޑްސްމެއިޑެއްގެ ލޯ މޭކަޕް ކުރެވިދާނެ ގޮތެއް

'ޗާލު' ޕްރޮގްރާމަކީ 'ނޫން'ގެ ހާއްސަ ލައިފްސްޓައިލްސް ޕްރޮގްރާމެކެވެ. އެކި ސެގްމަންޓުތަކަށް ބަހާލައިގެން ގެނެސްދޭ މި ޕްރޮގްރާމްގެ މި އެޕިސޯޑު ހާއްސަކުރެވިފައިވަނީ، ބްރައިޑްސްމެއިޑެއް ލޯ މޭކަޕް ކުރެވިދާނެ ގޮތް ގެނަސްދިނުމަށެވެ. މި އެޕިސޯޑު ހުށަހަޅައިދިނުމުގެ އިތުރުން، އެފިސޯޑުގެ ސްޓައިލިސްޓަކީ މަޝްހޫރު މޭކަޕް އާޓިސްޓު އަދި ހެއާސްޓައިލިސްޓު، ރިޒްނާ އަހުމަދެވެ.

ކޮމެންޓް
އިތުރު އާޓިކަލް
30 Mar 2025
ޚަބަރު
ޚާއްޞަ ރަސްމިއްޔާތެއް ބާއްވައި ޢީދަށް ދިއްލާލައިފި
ފިޠުރު އީދަށް މާލެ ސަރަހައްދު ރަސްމީކޮށް މިރޭ ދިއްލާލާފައި ވާއިރު، ޢީދަށް އަތޮޅު ތެރޭގެ ރަށްތައް ދިއްލުމަށްޓަކައި، 28 މިލިޔަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. އަދި 36 ރަށަކަށް ސަރުކާރުން މި އީދުގައި ޢީދު ލައިޓްތައް ފޮނުވާފައިވެއެވެ.
30 Mar 2025
ޚަބަރު
ޢީދު ދުވަހަކީ ހެޔޮ ފޯރުވުމުގެ ދުވަހަކަށް ހެއްދެވުމަށް ރައީސް އެދިވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ވިދާޅުވީ، އަޅުގަނޑުމެން ބަލަންވީ ޢީދު ދުވަހަކީ ކުޑަކުދީންގެ މޫނުމައްޗަށް ހިނިތުންވުން ގެނެސްދޭ ދުވަހަކަށް ހެދުމަށް ކަމަށާއި، އާއިލާތަކުގެ ގުޅުންތައް ބަދަހިވެ އެއްބަނޑުއެއްބަފައިކަމުގެ ކުލުނުން އާ ރޫޙެއް ލިބޭ ދުވަހަކަށް ހެދުމަށް ކަމަށެވެ. ހަމަ އެހެންމެ، ޒުވާނުންނާއި އިސްރަށްވެހީންނާއި، މުޅި މުޖުތަމަޢުގެ ބައިވެރިވުން ލިބިފައިވާ ދުވަހަކަށް ޢީދު ދުވަސް ވުން މުހިންމު ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
29 Mar 2025
ޚަބަރު
މާދަމާ އަކީ ފިޠުރު އީދު ދުވަސް
މާދަމާއަކީ ފިޠުރުޢީދު ދުވަސްކަމުގައި ކަނޑައަޅުއްވާފައި ވަނީ، ސަޢޫދީއަރަބިއްޔާއަށް ޝައްވާލު މަހުގެ ހަނދު ސާބިތުވުމާއި ގުޅިގެންނެވެ.
29 Mar 2025
ޚަބަރު
ކެލާގެ ފަޅުގައި ދެ ރިޒޯޓު ތަރައްޤީ ކުރަން ކެލާގެ އިޙްތިސާސަށް ބަދަލުތަކެއް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިިދާޅުވީ، އެ މަނިކުފާނު މިގޮތަށް ނިންމަވާފައިވަނީ، ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 56-1 ވަނަ މާއްދާގެ (ހ) އިން، ދިވެހިރާއްޖޭގެ އެންމެހައި އިދާރީ ދާއިރާތަކުގައި ހިމެނޭ ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ އިޚްތިޞާޞް ކަނޑައެޅުމަށް ރައީސުލްޖުމްހޫރިއްޔާއަށް މަތިކޮށްފައިވާ މަސްއޫލިއްޔަތުގެ ދަށުން، އެ މަނިކުފާނު މިއަދު ނެރުއްވި، ނަންބަރު 7/2025 ވަނަ ޤަރާރުން ކަމަށެވެ.