Advertisement

28 Mar 2024
ވީޑިއޯ

ހިޖާބު ސްޓައިލްސް: 'ސޫޓީ' ބްރޭންޑްގެ ހިޖާބު

'ޗާލު' ޕްރޮގްރާމަކީ 'ނޫން.އެމްވީ' އިން އެކްސްކުލޫސިވް ކޮށް ގެނެސްދޭ ލައިފް ސްޓައިލްސް އަށް ހާއްސަ ޕްރޮގްރާމެކެވެ. އެކި ސެގްމަންޓުތަކަށް ބަހާލައިގެން ގެނެސްދޭ މި ޕްރޮގްރާމްގެ އެންމެ ފުރަތަމަ ސެގްމަންޓުގައި ހިމެނެނީ އެކިއެކި މުނާސަބާތަކާއި ގުޅުވައިގެން އަމިއްލައަށް ގޭގައިވެސް ވަރަށް ރީއްޗަށް ހިޖާބު އެޅިދާނެ ސްޓައިލްތަކަކަށެވެ. މި ސެގްމަންޓުގެ ފަހު ވީޑިއޯގައި ސްޓައިލްތައް ގެނެސްދީފައިވަނީ ޕްރޮގްރާމްގެ ހޮސްޓު، މަޝްހޫރު މޭކަޕް އާޓިސްޓު އަދި ހިޖާބު ސްޓައިލިސްޓު ރިޒްނާ އަހުމަދެވެ.

މި އެޕިސޯޑުގައި މޮޑެލްއެއްގެ ގޮތުގައި ބައިވެރިވެފައިވަނީ އިންސްޓަގްރާމްގައި މަޝްހޫރު މޮޑެލްއެއްކަމުގައިވާ ޝަފްއެވެ. އާއްމު ނަމުންނަމަ ކެޝުއަލް ކުއީން އެވެ. މި ވީޑިއޯގައި ސްޓައިލް ކުރުމަށް ބޭނުންކޮށްފައިވަނީ ރާއްޖޭގައި މަޝްހޫރު ހިޖާބު ބްރޭންޑެއްކަމުގައިވާ 'ސޫޓީ' ބްރޭންޑްގެ ހިޖާބެވެ. މިއީ ރާއްޖޭގެ ފުރަތަމަ ލަގްޒަރީ ހިޖާބު ބްރޭންޑެވެ. ފުރަތަމަ ސްޓައިލިންގައި މޮޑެލް އެޅުމަށް ބޭނުންކޮށްފައިވަނީ ޕްރެމިއަމް ޝިފޯން މެޓީރިއަލްގެ ޝޯލްއެކެވެ. މި ވީޑިއޯގައި ސޭފްޓީ ޕިން ނުވަތަ ދަތީގެ ބަދަލު ރިޒްނާ ބޭނުންކޮށްފައިވަނީ އާއްމުންގެ ތެރޭގައި މިހާރު މަޝްހޫރު މެގްނެޓް ޕިންސްއެވެ. މި ސްޓައިލަކީ ޔަގީނުންވެސް ގިނަބަޔަކަށް ކަމުދާނެ ޗާލު ސްޓައިލެކެވެ.

މި ވީޑިއޯގައި ދެވަނަ ސްޓައިލަކަށް ރިޒްނާ ގެނެސްދީފައިވަނީ މިހާތަނަށް ޗާލުގައި ގެނެސްދޭ އެންމެ ތަފާތު ވަރަށް ބަލައިގެން އަޅަންޖެހޭ ރީތި ހިޖާބު ސްޓައިލެކެވެ. މިއީ ތަންކޮޅެއް ބޮޑު އެކްސްޓްރަރ ސްޓައިލެއްކަމުން ރިޒްނާ ބުނީ ކުޑަކޮށް ކެތްތެރިކަން ވެސް ބޭނުންވާނެކަމަށެވެ. އެހެން ރިޒްނާ ބުނެފައިވަނީ މި ސްޓައިލްގައި ބޯ މައްޗަށް ރީތި ގިނަ ރޫތަކެއް ވަރަށް ބަލައިގެން އެއްވަރަކަށް ނަގާފައި ވާތީއެވެ. އަދި މި ރޫތައް ނަގަން ޖެހުމުގެ ސަބަބުން އެހެން ސްޓައިލްތަކާ ހިލާފަށް މި ސްޓައިލްގައި ގިނައިން ޕިން ބޭނުންކުރަން ޖެހެއެވެ.

ރިޒްނާ އިތުރަށް ބުނީ މި ސްޓައިލަކީ ބްރައިޑަކަށް ވެސް ވަރަށް ގުޅިދާނެ ސްޓައިލެއްކަމަށާއި ހާއްސަކޮށް، ފޯމަލް އިވެންޓްތަކަށް ދިގުހެދުން ލާއިރު ވަރަށް ގުޅޭނެ ހިޖާބު ސްޓައިލެއް ކަމަށެވެ. ވީމާ، މިފަދަ ފޯމަލް އިވެންޓްތަކަށް ދާ ފަރާތްތަކުން މި ވީޑިއޯ ބަލާލައިގެން ހިޖާބް ސްޓައިލްކޮށްލަން ވަރަށް ފަސޭހަވާނެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.