Advertisement

21 Mar 2024
ވީޑިއޯ

ހިޖާބު ސްޓައިލްސް: ކަންފަތުލާ އެއްޗަކާއެކު ހިޖާބު ސްޓައިލްކުރާނެ ގޮތް

'ޗާލު' ޕްރޮގްރާމަކީ 'ނޫން.ޑޮޓް.އެމް.ވީ' އިން އެކްސްކުލޫސިވް ކޮށް ގެނެސްދޭ ލައިފް ސްޓައިލްސް އަށް ހާއްސަ ޕްރޮގްރާމެކެވެ. މަޝްހޫރު މޭކަޕް އާޓިސްޓު ރިޒްނާ އަހުމަދު ގެނެސްދޭ މި ޕްރޮގްރާމްގެ ފުރަތަމަ ސެގްމަންޓުގައި ހިމެނޭ ވީޑިއޯތައް ހާއްސަކޮށްލާފައިވަނީ އެކިއެކި މުނާސަބާތަކާއި ގުޅުވައިގެން އަމިއްލައަށް ގޭގައިވެސް ވަރަށް ރީއްޗަށް ހިޖާބު އެޅިދާނެ ސްޓައިލްތަކަކަށެވެ.

ހަތަރުވަނަ ވީޑިއޯގައި ހިޖާބު ސްޓައިލް ގެނެސްދިނުމަށް ބައިވެރިވަނީ ވަރަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެންމެންގެ މަގުބޫލުކަން ހޯދާފައިވާ މޭކަޕް އާޓިސްޓެއް އަދި ހިޖާބް ސްޓައިލިސްޓެއް ކަމުގައިވާ މިދޫއެވެ. މިދޫ މި ގެނެސްދޭ ސްޓައިލަކީ ޕާޓީ އަދި ވެޑިންގްތަކާއި ގުޅޭ ޗާލު ސްޓައިލެކެވެ. މިދޫ ބުނީ މިއީ މިދޫ އަށް ވެސް ވަރަށް ހާއްސަ ސްޓައިލްތަކެއް ކަމަށާއި މިއީ ޕާސަނަލް ފެވަރިޓް ސްޓައިލް ކަމުގައެވެ. އަދި އެންމެ ގިނަ ކުދިންގެ ރިކުއެސްޓު އަންނަ ސްޓައިލްކަން ވެސް މިދޫ ފާހަގަ ކުރިއެވެ. އަދި މިއީ ކަންފަތް ނުދައްކާ ކަންފަތުގައި ލައްވާ އެއްޗެހި ބޭނުންކޮށްލެވޭ ސްޓައިލަކަށް ވުމުން ގިނަ ބަޔަކަށް މި ސްޓައިލް ކޮމްފޮޓެބަލް ވާކަމުގައި މިދޫ ފާހަގަކުރިއެވެ.

މި ވީޑިއޯގައި މޮޑެލްއެއްގެ ގޮތުގައި ބައިވެރިވެފައިވަނީ މީސަމްއެވެ. މީސަމްއަކީ ކުރިއަރަމުން އަންނަ މަޝްހޫރު މޮޑެލްއެކެވެ. މިދޫ ގެނެސްދޭ މި ސްޓައިލް ފަށަނީވެސް ހިޖާބުގެ ނުފުށުންނެވެ. އަދި މި ސްޓައިލް މިދޫ ގެނެސްދީފައިވަނީ ޝިފޯން މެޓީރިއަލްގެ ޝޯލްއެއް ބޭނުންކޮށްގެންނެވެ. މިދޫ ބުނީ ޝިފޯން މެޓީރިއަލް ނޫނަސް، ތަންކޮޅެއް މަޑު، ފްލޯއީ މެޓީރިއަލްއަކުން މި ސްޓައިލް އަށް ހިޖާބު އެޅިދާނެ ކަމަށެވެ. ނަމަވެސް، ޓީޝާޓު، ޖާޒީ ފަދަ މެޓީރިއަލްތަކުން މި ސްޓައިލަށް ހިޖާބު އެޅުމަށް އުނދަގޫވާނެކަން މިދޫ ފާހަގަ ކުރިއެވެ. މި ސްޓައިލަކީ ޗާލު ޕްރޮގްރާމުގައި ގެނެސްދިން ސްޓައިލްތަކުގެ ތެރެއިން ގިނަބަޔަކަށް އެންމެ ކަމުދިއަ އެއް ސްޓައިލެވެ.

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.