Advertisement

18 Jul 2024
ޝެއިޙް ޠާޙާ އާއެކު ރުޤްޔާ

ޝެއިޙް ޠާޙާ އާއެކު ރުޤުޔާ | ބާސްބެޓްބޯޅަ ތަރި ޝިއުރާ

"ރުޤްޔާ ވިތު ޝެއިޙް ޠާޙާ"ގެ ފުރަތަމަ އެޕިސޯޑުގައި ގެނަސްދީފައި މިވަނީ، ރާއްޖޭގެ މަޝްހޫރު ބާސްކެޓުބޯޅަ ތަރި، ޝިއުރާއަށް ސިހުރު ޖެހިގެން ދިމާވި ކަންތައްތަކާއި، އެކަން ދެނެގަނެވުނު ގޮތާއި އަދި އެއަށްފަހު އެކަމުން ސަލާމަތްވުމަށް ޝިއުރާ ކުރި ދަތުރުގެ ވާހަކައެވެ. 

ޝިއުރާ މިކަމުން ސަލާމަތްވީ ޝެއިޙް ޠާޙާގެ އެހީތެރިކަމާއެކުއެވެ. 

މި ޕްރޮގްރާމަކީ "ނޫން.އެމްވީ" ގެ އެކްސްކްލޫސިވް ޕްރޮގްރާމެކެވެ. މި ޕްރޮގްރާމަކީ ޠާޙާ ކްލިނިކާ ގުޅިގެން ގެނަސްދޭ ޕްރޮގްރާމެކެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
16 Jan 2025
ޚަބަރު
ހޯމަ ދުވަހުން ފެށިގެން ކަދުރު ބަހަން ފަށަނީ
އެމިނިސްޓްރީން ވިދާޅުވީ، އަންނަ ހޯމަ ދުވަހުންފެށިގެން، ފެބުރުއަރީ މަހުގެ 6 ވަނަ ދުވަހާއި ހަމައަށް ކަދުރު ބެހުން ކުރިޔަށް ގެންދާނެ ކަމަށެވެ. މިގޮތުން މާލެ ސަރަހައްދުގެ އާއްމު ގޭބިސީތަކަށް ކަދުރު ދޫކުރުން ކުރިޔަށްދާނީ، ހުކުރު ދުވަސް ފިޔަވައި އެހެން ދުވަސްތަކުގައި ހެނދުނު 9:30 އިން 13:00އަށް އިސްލާމީ މަރުކަޒުގައެވެ.
16 Jan 2025
ޚަބަރު
ފަލަސްޠީނުގެ ރައްޔިތުންނަށް ބަދަލުދޭން ރައީސް ގޮވާލައްވައިފި
ރައީސް މިހެން ވިދާޅުވީ، ޣައްޒާއަށް ދޭ ހަމަލާތައް މެދުކަނޑާލަން ނިންމަން މެދުވެރި ވެދިން ފަރާތްތަކުން ކުރި މަސައްކަތް ފާހަގަ ކުރައްވައި، އެ ފަރާތްތަކުގެ އަގު ވަޒަންކުރައްވާ ނެރުއްވި ބަޔާނުގައެވެ.
16 Jan 2025
ޚަބަރު
ވަގުފޯމުތަކުގެ މައްސަލަ ތަޙްޤީޤުކުރުމަށް ފުލުހުންގެ މައްޗަށް އަމުރުކޮށްދޭން އެމްޑީޕީން އެދިއްޖެ
އެޕާޓީން ހާމަކޮށްފައިވާ ގޮތުގައި، އެ މައްސަލަތައް ތަހުގީގު ކުރުމަށް އެ ދެ އިދާރާގެ މައްޗަށް އަމުރުކޮށްދެއްވުމަށް އެދި ޕީޖީގައި ވެސް އެޕާޓީން ވަނީ އެދިފައެވެ. މީގެ އިތުރުން، ޕީއެންސީން ހުށަހެޅި އެއްވެސް ފޯމެއް ޕްރޮސެސް ނުކުރުމަށާއި، ޕްރޮސެސް ކުރި ފޯމުތައް ކެންސަލްކޮށް، އެ ފޯމުތަކުގެ ޞައްޙަކަން އަލުން ކަށަވަރުކުރުމަށް އެދި އިލެކްޝަންސް ކޮމިޝަނަށް ވެސް ސިޓީއެއް ފޮނުވާފައިވާކަމުގައި އެމްޑީޕީން ވަނީ ހާމަކޮށްފައެވެ.
16 Jan 2025
ޚަބަރު
ނުކުޅެދޭ ކުއްޖަކަށް ޓީޗަރަކު އަނިޔާކުރި މައްސަލައެއް ބަލަންފަށައިފި
ފުލުހުންގެ އިދާރާއިން ވިދާޅުވީ، މާލޭގެ ސްކޫލެއްގެ ޓީޗަރަކު އެސްކޫލެ ހާއްސައެހީއަށް ބޭނުންވާ ދަރިވަރަކަށް އަނިޔާކުރި މައްސަލައެއް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އެހެންނަަމަވެސް އެކަން ހިނގާފައި ވަނީ ކޮން ސްކޫލެއްގައިކަމެއް އަދި އެޓީޗަރަކީ ދިވެހި ޓީޗަރެއްކަމެއް ނުވަތަ ބިދޭސީ ޓީޗަރެއް ކަމެއް ފުލުހުންގެ އިދާރާއިން ހާމަކުރައްވާފައެއް ނުވެއެވެ.