Advertisement

ޔަޙްޔާ ސިންވާރު --

17 Oct 2024
ޚަބަރު
ޢަލީ ސުލައިމާން

ހަމާސްގެ ލީޑަރު ޔަހްޔާ ސިންވާރު ޝަހީދުކޮށްލެވިއްޖެކަމަށް އިޒްރާއީލުން ބުނެފި

ހަމާސްގެ ލީޑަރު ޔަހްޔާ ސިންވާރު ޝަހީދުކޮށްލެއްވިއްޖެކަމަށް އިޒްރާއީލްގެ ހައްދު ފަހަނައެޅި އަސްކަރިއްޔާއިން ބުނެފިއެވެ.

އިޒްރާއީލުން ވަނީ، ރަފަޙްއަށް މިއަދު ވަރުގަދަ ހަމަލާތަކެއް ދީފައެވެ.

ސިންވާރުގެ ޝަހީދުވެފައިވާ ހަށިގަނޑުކަމަށް ބުނާ ހަށިގަނޑެއްގެ ފޮޓޯ، މިހާރު ދަނީ ސޯޝަލްމީޑިއާގައި ދައުރުވަމުންނެވެ. އެފޮޓޯގައި ފެންނަ ހަށިގަނޑަށް ބަލާއިރު، އެއީ ޔަޙްޔާ ސިންވާރުގެ ހަށިގަނޑުކަމަށް ވަރަށް ބޮޑަށް ޤަބޫލު ކުރެވޭކަމަށް އީރާނުގެ ޚަބަރުތައް ގެނެސްދޭ ބައެއް މަސްދަރުތަކުންވެސް ބުނެފައިވެއެވެ.

ޔަހްޔާ ސިންވާރު ޝަހީދުކޮށްލުމަށް އިޒްރޭލުން މަސައްކަތް ކުރަމުން އަންނަތާ އަހަރުތަކެއް ވެއްޖެއެވެ. 

ޔަޙްޔާ ސިންވާރު ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ، 1962 ވަނަ އަހަރު ޣައްޒާގެ ދެކުނުގައި އޮންނަ ޚާންޔޫނުސްގެ ރެފިއުޖީ ކޭމްޕެއްގައެވެ. އިޒްރާއީލާ ދެކޮޅަށް ދެމުން އަންނަ ހަމަލާތަކާއި ގުޅިގެން، ސިންވާރު ވަނީ އިސްރާއީލުގެ ޖަލުތަކުގައި 20 އަހަރަށްވުރެ ގިނަ ދުވަހު ބަންދުކޮށްފައި ބަހައްޓާފައެވެ. ޔަޙްޔާ ސިންވާރު ޙަމާސްގެ ހަރަކާތްތަކުގައި ޖިހާދުގެ މައިދާނަށް ނުކުމެވަޑައިގެންނެވީ، ފަަލަސްޠީނުގެ ރައްޔިތުންގެ 1980 ވަނަ އަހަރު ފެށި ފުރަތަމަ އިންތިފާޟާއާއެކުގައެވެ.

އިޒްރާއީލުގެ ހަމަލާތަކުގައި ލުބުނާނުގެ ޙިޒްބުﷲ ލީޑަރު ޙަސަން ނަޞްރުﷲވެސް ވަނީ އަވަހާރަކޮށްލާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.