Advertisement

20 Apr 2025
ދުނިޔެ

އަޤްޞާ ސުންނާފަތި ކޮށްލުމަށް ޔަހޫދީން ގޮވައިލަމުން ދާތީ ފަަލަސްޠީނުން ކަންބޮޑުވުން ފާޅުކޮށްފި

މަސްޖިދުލް އަޤްޞާ ސުންނާފަތި ކޮށްލުމަށް ޔަހޫދީން ގޮވައިލަމުން ދާތީ ފަަލަސްޠީނުގެ ސަރުކާރުން އެކަމާ ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ފަލަސްޠީނުގެ ޚަރިޖީ ވުޒާރާއިން ބުނީ ޔަހޫދީ އާއްމުންގެ ޖަމާޢަތްތަކުން މަސްޖިދުލް އަޤްޞާއަށް ޙަމަލާދީ ސުންނާފަތި ކޮށްލުމަށް މީސްމިޑިޔާގައި ގޮވައިލަަމުންދާ ކަމަށެވެ. އިބްރާހިމީ ބަހުން ލިޔެފައިވާ މި ޕޯސްޓުތަކުގައި މިސްކިތް ސުންނާފަތިކޮށް، އެ ބިމުގައި ޔަހޫދީންގެ ފައްޅިއެއް އެޅުމަށް އެ ޖަމާޢަތްތަކުން ވަނީ ގޮވައިލައިފައެވެ.

އިރުމަތީ ޤުދުސްގައި ހުންނަ މަސްޖިދުލް އަޤްޞާއަކީ މުސްލިމުންގެ ތިންވަނައަށް އެންމެ މުޤައްދަސް މިސްކިތެވެ. އަދި ފަލަސްޠީނުގެ އަމިއްލަވަންތަކަން ރަމްޒު ކޮށްދޭ ނިޝާނެކެވެ.

މި ހަފުތާގެ ކުރީ ކޮޅު ޔަހޫދީ ބައިގަނޑުތަކުން ވަނީ އަންނަ އަހަރު މަސްޖިދުލް އަޤްޞާއަށް ވާނެ ގޮތް ކަމަށް ބުނެ އޭއައި ބޭނުން ކޮށްގެން ތައްޔާރު ކޮށްފައިވާ ‘ނެކްސްޓް އިޔަރ އިން ޖެރުސަލެމް’، މި ސުރުޚީގެ ވީޑިޔޯއެއް ޢާންމު ކޮށްފައެވެ. މިސްކިތް ތަޅާލައި އެ ތަނުގައި ފައްޅިއެއް އަޅާ މަންޒަރު އެ ވީޑިޔޯ މީސްމީޑިޔާގައި ދަނީ ދައުރު ކުރަމުންނެވެ.

އެކްސްގައި ކުރި ޕޯސްޓެއްގައި ފަލަސްޠީނުގެ ޚާރިޖީ ވުޒާރާއިން ބުނީ ޔަހޫދީން މީސްމީޑިޔާގައި ދައުރު ކުރަމުންދާ ވީޑިޔޯތަކާއި ލިޔުންތަކަކީ އިރުމަތީ ޤުދުސްގައި ހުންނަ ނަޞާރާ ދީނާއި އިސްލާމް ދީނުގެ މުޤައްދަސް ތަންތަނަށް އަމާޒު ކޮށް ދޭ ޙަމަލާތައް އިތުރު ކުރުމަށް ހިތްވަރު ދިނުމަށް ދައުރު ކުރަމުންދާ ތަކެތި ކަމަށެވެ. ބައިނަލްއަޤްވާމީ މުޖުތަމަޢުއާއި ކަމާ ގުޅުންހުރި އދގެ މުއައްސަސާތަކުން އެއީ ބޮޑު މައްސަލައެއްގެ ގޮތުގައި ބަލައި ބައިނަލްއަޤްވާމީ ޤާނޫނުތަކާ އެއްގޮތަށް ފިޔަވަޅު އެޅުމަށް އެ ވުޒާރާއިން ވަނީ ގޮވައިލައިފައެވެ.

މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައި ޔަހޫދީންގެ ޤައުމީ ސަލާމަތާ ބެހޭ ވަޒީރު އިތަމާ ބެންގިވާ ވަނީ މަސްޖިދުލް އަޤްޞާ ހިމެނޭ ސަރަޙައްދުގައި ޔަހޫދީންގެ ފައްޅިއެއް އަޅާނެ ކަމަށް ބުނެފައެވެެ. 2022ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ވަޒީރުކަމުގެ މަޤާމާ ޙަވާލުވި ހައްދުފަހަނައެޅި ބެންގިވާ، މަޤާމާ ޙަވާލުވި ފަހުން ހަ ފަހަރެއްގެ މަތިން އެ ސަރަޙައްދަށް ޒިޔާރަތް ކޮށްފައި ވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.