Advertisement

ޗާގޯސް އައިލެންޑްސް --

03 Oct 2024
ދުނިޔެ
ޢަލީ ސުލައިމާން

ފޯޅަވަހި މޮރިޝަސްއަށް ދިނުމަށް އިނގިރޭސި ވިލާތުން އެންމެފަހުން އެއްބަސްވެއްޖެ

ރާއްޖޭގެ ދެކުނުން އޮންނަ ޗާގޯސް އައިލެންޑް، ނުވަތަ ފޯޅަވަހި މޮރިޝަސްއަށް ދޫކޮށްލުމަށް އިނގިރޭސި ވިލާތުން އެންމެ ފަހުން އެއްބަސް ވެއްޖެއެވެ.

ބީބީސީން މީގެ ކުޑައިރުކޮޅެއް ކުރިން ހާމަކޮށްފައިވާ ގޮތުގައި އިނގިރޭސި ވިލާތުގެ ސަރުކާރުން ވަނީ، ޗާގޯސް އައިލެންޑްސްގެ ސިޔާދަތީ ބާރު މޮރީޝަސްއަށް ދޫކޮލުމަށް އެއްބަސްވެފައެވެ. 

މިކަން ހާމަކޮށްފައި ވަނީ އިނގިރޭސި ބޮޑު ވަޒީރާއި، މޮރިޝަސްގެ ބޮޑު ވަޒީރުގެ ފަރާތްޕުޅުން ނެރުއްވި ގުޅިފައިވާ ނޫސްބަޔާނުގައެވެ. މިއެއްބަސްވުމާއި ހަމައަށް އާދެވުނީ ދެޤައުމުގެ މެދުގައި އެތައް ދުވަހެއް ވަންދެން ކުރެވުނު މަޝްވަރާތަކުގެ ނަތީޖާއެއްގެ ގޮތުން ކަމުގައިވެސް، އެ ބަޔާނުގައި ވަނީ ބުނެފައެވެ. އަދި މިއަދު ވެވުނު އެއްބަސްވުމާއި އެއްގޮތަށް މޮރިޝަސްގެ ސިޔާދަތީ ބާރުވެރިކަން ހަވާލުކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ނިމިގެންދާނެ ކަމުގައިވެސް ވަނީ ބުނެފައެވެ.

ޗާގޯސްއަކީ އިނގިރޭސި އަސްކަރިއްޔާގެ ދަށުގައި އޮތް އެންމެ ފަހު ޓެރިޓަރީއެވެ. އެތަން އިނގިރޭސީން އޮތީ އަސްކަރީ ބޭހެއް ހެދުމަށް އެމެރިކާއަށް ކުއްޔަށް ދީފައެވެ. އެ އެގްރިމެންޓްގެ މުއްދަތު 2036 ވަނަ އަހަރަށް ހަމަވާނެއެވެ.

ޗާގޯސްގެ ރަށްވެހީންނަކީ އެރަށަށް އެކި މަސައްކަތްތަކުގައި ދެކުނު އިންޑިއާއިންނާއި، އެފްރިކާ ބައްރުން 17 ވަނަ ޤަރުނުގެ ތެރޭގައި އަޅުންގެ ގޮތުގައި ގެންދެވުނު މީހުންނެވެ. 19 ވަނަ ޤަރުގެ މެދުތެރޭގައި އެމެރިކާގެ އަސްކަރީ ބޭސް ހެދުމަށްޓަކައި ޗާގޯސް އައިލެންޑްގެ އެންމެބޮޑު ރަށް ޑިއެގޯ ގާސިޔާއިން މީހުން ބާލައިގެން ގެންދިޔައީ، މޮރިޝަސްއަށާއި އިނގިރޭސި ވިލާތަށެވެ. އެމީހުން އަދިވެސް އަންނަނީ އެރަށްތަކަށް އެނބުރި ދިޔުމަށް، މަސައްކަތްކުރަމުންނެވެ.

2019 ވަނަ އަހަރު އދ. ގެ އާއްމު މަޖިލީހުގައި ނެގި ވޯޓުގައި، އައިސީޖޭގެ ނިންމުމާއި އެއްގޮތަށް މޮރިޝަސްއާ ޗާގޯސް ހަވާލުކުރުމަށް 113 ޤައުމަކުން ވޯޓު ދީފައިވެއެވެ. އެވޯޓުގައި ރާއްޖެއިން ވޯޓުދިނީ އިނގިރޭސި ވިލާތާއި އެއްކޮޅަށެވެ. އިނގިރޭސިވިލާތުން ޗާގޯސް އަށް ވެރިވެގަނެގެން އުޅެނީ ގާނޫނު ހިލާފަށް ކަމަށް ނިންމައި، ޗާގޯސް މޮރިޝަސްއާ ހަވާލު ކުރަން އަންގައި އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން އަމުރު ކުރީ 2019 ވަނަ އަހަރުގެ ފެބުރުއަރީ މަހުގައެވެ.

އައިސީޖޭގެ ނިންމުމާއިއެކު ރާއްޖެއާ މޮރިޝަސް އާއި ދެމެދު ކަނޑުގެ އިންވަކިކުރުމުގެ މައްސަލަ މޮރިޝަސްއިން އިޓްލޮސްއަށް ހުށައެޅިއެވެ. އިޓްލޮސްގައި ދިވެހިރާއްޖެއިން ވަނީ މޮރިޝަސްއާއި ދިވެހިރާއްޖެއާ ދެމެދު ކަނޑުގެ ސަރަހައްދު ހަމަހަމައަށް ބެހުމަށް އެއްބަސްވެފައެވެ. އެނިންމުމާއި ގުޅިގެން މިސަރުކާރަށް ނިސްބަތްވާ އިސްފަރާތްތަކުން ވަނީ، ސަރުކާރުން ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ވިއްކާލީކަމަށް ބުނެ ތުހުމަތުތައް އަޅުވާފައެވެ. އަދި އިޓްލޮސްގެ ނިންމުން އިސްތިއުނާފު ކުރާނޭ ކަމުގައިވެސް މިސަރުކާރުން ބުނެފައިވީ ނަމަވެސް މިހާތަަނަށްވެސް އެމައްސަލަ އިސްތިއުނާފުކޮށްފައެއް ނުވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.
26 Jun 2025
ޚަބަރު
އިޖުތިމާއީ ކަންބޮޑުވުންތަކުން ނަޖާވެވޭނީ އިސްލާމީ އުސޫލުތަކުން
ދިވެހި މުޖުތަމަޢުގައި ހުރި ކަންބޮޑުވުންތަކުން ނަޖާވެވި، ރައްޔިތުން އެދޭ ފާގަތިކަން ލިބުން އޮތީ އިސްލާމީ އުޞޫލުމަތީގައި ދެމިތިބެގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، 1447 ވަނަ ހިޖުރީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައެވެ.
26 Jun 2025
ޚަބަރު
ވޮރަންޓް އޮފިސަރުގެ ޖަނާޒާ ސިފައިންގެ ރަސްމީ ޢިއްޒަތުގައި ބާއްވައިފި
ވޮރަންޓް އޮފިސަރ 2 ޢަލީ ޙާމިދުގެ ޖަނާޒާ ބާއްވާފައިވަނީ ރޭ 22:45 ގައި މަސްޖިދުއް ޒައިދު ބިން ޘާބިތު (ހުޅުމާލެ ސަހަރާ) ގައެވެ. މި ޖަނާޒާގައި ދިފާޢީ ވަޒީރު، މުޙައްމަދު ޣައްސާން މައުމޫނާއި، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘް އާއި ޖެނެރަލް އޮފިސަރުން އަދި ގިނަ އަދަދެއްގެ ސިފައިން ޢާއިލާއާ ބައްދަލު ކުރައްވައި ތަޢުޒިޔާ ދަންނަވާފައިވެއެވެ.