Advertisement

ދެކުނު ކޮރެއާގެ ރައީސް

05 Apr 2025
ދެކުނު ކޮރެއާ

ދެކުނު ކޮރެއާގެ ރައީސް ވެރިކަމުން ދުރުކޮށްފި

ދެކުނު ކޮރެއާގެ ރައީސް ޔޫން ސުކް ޔޯލް މަގާމުން ދުރުކުރުމަށް އެ ގައުމުގެ ދުސްތޫރީ ކޯޓުން ހުކުމްކޮށްފިއެވެ.

ޔޫން ސުކް ޔޯލްގެ މައްޗަށް ސާބިތުވެފައިވަނީ އޭނާގެ މައްޗަށް ކޮށްފައިވާ އަޒުލުކުރުމުގެ ދައުވާއެވެ. މި ދައުވާ ޔޫން ސުކް ޔޯލްގެ މައްޗަށް ސާބިތުވެފައިވަނީ، 8 ފަނޑިޔާރުންގެ ބެންޗުގެ އިއްތިފާޤުންކަމަށް އެ ޤައުމުގެ ނޫސްތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

ގާނޫނުއަސާސީގެ ބާރު ކަނޑުވާލި ކަމަށް ބަލައި ޔޫން މަގާމުން ދުރުކުރުމަށް ދެކުނު ކޮރެެއާގެ ގާނޫނު ހަދާ މަޖިލީހުންވެސް އޮތީ ފާސްކޮށްފައެވެ. މިދިޔަ މާޗް 10 ވަނަ ދުވަހު ގާނޫނު ހަދާ މަޖިލީހުން އެގޮތަށް ނިންމީ ދެކުނު ކޮރެއާގެ ގާނޫނުއަސާސީއާ ހިލާފަށް އެ ގައުމުގައި ކުއްލި ހާލަތު ޔޫން އިއުލާންކުރެއްވުމާ ގުޅިގެންނެވެ.

ޔޫން، ކުއްލިހާލަތު އިއުލާން ކުރެއްވީ ސިޔާސީ ހަރަކާތްތައް ހުއްޓުވައި، ގާނޫނު ހަދާ މަޖިލީހުގައި ތަޅުއަޅުވައި، މީޑިއާގެ ބާރު ކަނޑުވާލުގެ ގޮތުންނެވެ. އެކަމާ ގުޅިގެން އެ ދުވަސްވަރު ދެކުނު ކޮރެއާގެ ސިޔާސީ މަސްރަހު ވަރަށް ބޮޑަށް ހަލަބޮލިވެގެންވެސް ދިޔައެވެ.

ދެކުނު ކޮރެއާގެ ކުރީގެ ރައީސް ޔޫން ސުކް ޔޯލްގެ މައްޗަށް ދައުވާ އުފުލާފައިވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައެވެ.

ޔޫންގެ މައްޗަށް ހުކުމް ކުރުމާއެކު އޭނާގެ ގާނޫނީ ވަކީލުން މެދުވެރިކޮށް ދެއްވި މެސެޖެއްގައި ޔޫން ވަނީ ދެކުނު ކޮރެއާގެ ރައްޔިތުންގެ ކިބައިން މައާފަށް އެދިވަޑައިގަންނަވާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.