Advertisement

12 Sep 2024
ދުނިޔެ
މިފްތާޙް މުޙައްމަދު

ނައިޖީރިއާގެ އިރުއުތުރުގެ ހިސާބެއްގައި ފެންބޮޑުވުމުގެ ސަބަބުން އެ ހިސާބު އެއްކޮށް އަޑިއަށް ގޮސް، ޒޫގައި ތިބި ކިނބޫތަކާއި ހަރުފަތަށް އާންމުން އުޅޭ ހިސާބުތަކަށް ގޮސްފި

ކޯރުން ދައުރުވާ ފެން ހިފެހެއްޓުމަށް ހަދާފައިވާ ޑޭމެއް ވެއްޓުމުގެ ސަބަބުން ނައިޖީރިއާގެ އިރުއުތުރުގެ ހިސާބެއްކަމުގައިވާ، ބޯނޯގައި ފެންބޮޑުވެ އެ ހިސާބު އެއްކޮށް ފެނު އަޑިއަށް ގޮސްފިއެވެ. މި ހާދިސާގެ ސަބަބުން އެ ހިސާބުގެ އެތައް މިލިއަން މީހަކަށް ގެއްލުންވުމުގެ އިތުރުން، އެ ހިސާބުގެ އަވަށެއް ކަމުގައިވާ މައިޑުގުރީގައި ހުރި ޒޫއަކަށް ގެއްލުންވެ، އެތާންގައި ތިބި ކިނބޫތަކާއި ހަރުފަތަށް ވެސް ވަނީ އާންމުން ދިރިއުޅޭ ހިސާބުތަކަށް ގޮސްފައެވެ.

ގާތްގަނޑަކަށް ދެ މިލިއަނެއްހާ މީހުން ދިރިއުޅޭ މި ސަރަހައްދުގައި މި ހާދިސާގެ ސަބަބުން ގެއްލުން ލިބިފައިވާ މީހުންގެ އަދަދު މިލިއަނަކަށް ވުރެން ގިނައެވެ. އަދި ފެން ބޮޑުވެފައިވާ ހިސާބުތަކުގައި ގިނަ ބަޔަކު ތާށިވެ، އެ ސަރަހައްދުތަކުން ނުކުމެވޭ ގޮތް ނުވެފައި ތިބިކަމަށް، އަލްޖަޒީރާގެ ނޫސްވެރިއަކު ވަނީ ރިޕޯޓުކޮށްފައެވެ.

މި ހާދިސާގެ ސަބަބުން ގެއްލުން ލިބިފައިވާ މީހުންގެ އަދަދު އަދި އިތުރުވާނެކަމަށް ބެލެވިފައިވާއިރު، އެ ހިސާބުގެ ގިނަ ގެތަކެއް ވަނީ ފެނު އަޑިއަށް ގޮސް، މަގުތައް ވަނީ ފެންއާރުތަކަކަށް ބަދަލުވެފައެވެ.

މި ހާދިސާގެ ސަބަބުން ހާލުގައިޖެހިވާ މީހަކު ހާމަކޮށްފައިވާ ގޮތުގައި، ފެންބޮޑުވެފައިވާލެއް އަވަސްކަމުން، އެކަން އެނގުނު އިރު މުޅި ގޭތެރެ އޮތީ ގާތްގަނޑަކަށް އަޑިއަށް ގޮސްފައެވެ. އަދި އެ ވަގުތު ލައިގެން ހުރި ހެދުން ނޫނީ، އެމީހުންގެ ދިރިއުޅުމުން ސަލާމަތް ކުރެވުނު އެއްޗެއް ނެތްކަމަށްވެސް އޭނާ ހާމަކޮށްފައި ވެއެވެ.

ނައިޖީރިއާގެ ކަމާގުޅުންހުރި އިދާރާތަކުން މިހާރު އަންނަނީ ހާލުގައި ޖެހިފައިވާ މީހުންނަށް ވަގުތީ ހިޔަލެއް ހޯދައިދިނުމަށް ހޭބޯނާރައި މަސައްކަތް ކުރަމުންނެވެ. އ.ދ. އިން ހާމަކޮށްފައިވާ ގޮތުގައި، މިއީ ފާއިތުވި 30 އަހަރުގެ ތެރޭގައި ނައިޖީރިއާގެ އިރުއުތުރުގައި ފެން ބޮޑުވުމުގެ ސަބަބުން އެންމެ ބޮޑަށް ގެއްލުން ލިބޭނެ ފަހަރެވެ.

ނައިޖީރިއާގެ މި ސަރަހައްދަކީ ޓެރަރިސްޓް ޖަމާއަތެއްކަމަށް ކަނޑައަޅާފައިވާ ބޮކޯ ހަރަމް އުފަންވެފައިވާ ސަރަހައްދެވެ. މި ޖަމާއަތުން ވަނީ ފާއިތުވި ފަނަރަ އަހަރުގެ ތެރޭގައި އެތައް ބަޔަކަށް ނުތަނަވަސްކަން ގެނަސް، ގިނަ ބަޔަކު މަރާލާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.