ނައިޖީރިއާގެ އިރުއުތުރުގެ ހިސާބެއްގައި ފެންބޮޑުވެއްޖެ
ކޯރުން ދައުރުވާ ފެން ހިފެހެއްޓުމަށް ހަދާފައިވާ ޑޭމެއް ވެއްޓުމުގެ ސަބަބުން ނައިޖީރިއާގެ އިރުއުތުރުގެ ހިސާބެއްކަމުގައިވާ، ބޯނޯގައި ފެންބޮޑުވެ އެ ހިސާބު އެއްކޮށް ފެނު އަޑިއަށް ގޮސްފިއެވެ. މި ހާދިސާގެ ސަބަބުން އެ ހިސާބުގެ އެތައް މިލިއަން މީހަކަށް ގެއްލުންވުމުގެ އިތުރުން، އެ ހިސާބުގެ އަވަށެއް ކަމުގައިވާ މައިޑުގުރީގައި ހުރި ޒޫއަކަށް ގެއްލުންވެ، އެތާންގައި ތިބި ކިނބޫތަކާއި ހަރުފަތަށް ވެސް ވަނީ އާންމުން ދިރިއުޅޭ ހިސާބުތަކަށް ގޮސްފައެވެ.