Advertisement

އިޒްރޭލު އަސްކަރިއްޔާގެ ބޮން އަޅާ ބޯޓުތަކެއް ---

02 Oct 2024
ދުނިޔެ

އީރާނުން އިޒްރޭލުގެ ނަވަތިމް އެއާ ބޭސް ހަލާކުކޮށްލައިފި

އީރާނުން މިރޭ އިޒްރާއީލަށް ބެލެސްޓިކް މިސައިލުން ހަމަލާދީ، އިޒްރޭލުގެ އަސްކަރިއްޔާގެ ނަވަތިމް އެއާބޭސް ހަލާކުކޮށްލައިފިއެވެ.

ނަވަތިމް އެއާ ބޭސްއަކީ، އިޒްރޭލު އަސްކަރިއްޔާގެ ބޮންއަޅާ މަތިންދާ ބޯޓުތައް އުދުއްސާ އެއަރބޭސް އެވެ. ރިޕޯޓްތައް ބުނާ ގޮތުގައި އެ އެއާބޭސްގައި އޮތް އިޒްރޭލު އަސްކަރިއްޔާގެ ބޮންއަޅާ މަތިންދާ ބޯޓުތަކުގެ ތެރެއިން، ވިއްސަށްވުރެ ގިނަ ބޯޓު ވަނީ ހަލާކުކޮށްލާފައެވެ. އެ ބޯޓުތަކުގައި ފަސްވަނަ ޖީލުގެ އެފް-35 ގެ ފައިޓަރޖެޓްތަކެކެވެ.
ނަވަތިމް އެއާބޭސްއަކީ ތެލްއަވީވާއި ކައިރީގައި އޮންނަ އެއާބޭސްއެކެވެ. އިރާނުން ދިން ހަމަލާތައް އިޒްރޭލުގެ ޖާސޫސީ އިދާރާ މޮސާޑަށްވެސް އަމާޒު ކުރި އިރު، މެޑިޓެރޭނިއަން ކަނޑުގައި ހުރި އިޒްރޭލުން ގޭސް ނަގާ ޕްލެޓްފޯމެއްވެސް ވަނީ ހަލާކުވެފައެވެ.

އިޒްރޭލަށް އީރާނުން މިރޭ ދިން ހަމަލާތައް އަމާޒުކޮށްފައި ވަނީ އިޒްރޭލުގެ އަސްކަރީ އަމާޒުތަކަށެވެ. އިރާނުންދިން ހަމަލާގައި އިޒްރާއީލުން އެއްވެސް މީހަކު މަރެއް ނުވެއެވެ. އެހެން ނަމަވެސް އީރާނުގެ މިސައިލްތައް ހުއްޓުވުމަށް އިޒްރޭލުގެ އަޔަންޑޯމް ސިސްޓަމުން ފޮނުވި މިސައިލެއް އަމާޒުން ކަސިޔާރުވެ ހުޅަނގު އައްސޭރިއަށް ވެއްޓި ފަލަސްޠީނު މީހަކު ވަނީ މަރުވެފައެވެ.

އީރާނުން މިރޭ އިޒްރޭލަށް ހަމަލާ ދިނުމާއި އެކު  އެމެެރިކާ އާއި ޔޫރަޕްގެ ޤައުމުތަކުން ވަނީ އިޒްރޭލާއި އެކު ތިބިކަން ހާމަކޮށްފައެވެ. އަދި ހަމަލާތައް ހުއްޓާލުމަށް އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސްވެސް ވަނީ ގޮވާލައްވާފައެވެ.

ކޮމެންޓް
ހިޖުރަ
އިޒުރައިލުން ފަލަސްތީނަށްދޭ ހަމަލާ ހުއްޓުވާ އދ ލުން ފުރަތަމަ
02 Oct 2024
ބަޗީ
ﷲ އަކްބަރު. ވަލިއްލާހިލް ޙަމްދު.
02 Oct 2024
އިތުރު އާޓިކަލް
01 Apr 2025
ޚަބަރު
ޖަލުން ދޫކޮށްލި މީހަކު ބޭބެއަށް ހަމަލާދީގެން ހައްޔަރުކޮށްފި
ފުލުހުންގެ އިދާރާއިން ވިދާޅުވީ އެ ހާދިސާ ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ، ރޭގެ 11:28 ހާއިރުގައި ކަމަށެވެ. އެ މާރާމާރީގައި އަނިޔާވި މީހާއަށް މަޑުއްވަރީ ސިއްޙީ މަރުކަޒުގައި ފަރުވާދީފައިވާ ކަމަށްވެސް ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.
01 Apr 2025
ޚަބަރު
ޢީދު ފާހަގަކުރުމުގައި ބައިވެރިވި ފަރާތްތަކަށް ރައީސް ޝުކުރު އަދާކުރައްވައިފި
މި އަހަރުގެ ފިޠުރު ޢީދުގެ މުނާސަބަތުގައި ޢީދު ބޮކި ދިއްލުމާއި، ޢީދު ހަވީރު ބޭއްވުމާއި، ހަވާ އެރުވުމާއި، ދިވެހި ސަގާފަތް ދައްކުވައިދޭ އެތައް ކުލަގަދަ ހަރަކާތްތަކެއް މާލެއާ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްގެންގޮސްފައިވެއެވެ. އަދި މިފަދަ ބައެއް ހަރާކާތްތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންވެސް ވަނީ ރައްޔިތުންނާ، ކުޑަކުދިންނާ އަދި ޢާއިލާތަކާ ބައްދަލުކުރައްވައި ވަގުތު ހޭދަކުރައްވާފައެވެ.
30 Mar 2025
ޚަބަރު
ޚާއްޞަ ރަސްމިއްޔާތެއް ބާއްވައި ޢީދަށް ދިއްލާލައިފި
ފިޠުރު އީދަށް މާލެ ސަރަހައްދު ރަސްމީކޮށް މިރޭ ދިއްލާލާފައި ވާއިރު، ޢީދަށް އަތޮޅު ތެރޭގެ ރަށްތައް ދިއްލުމަށްޓަކައި، 28 މިލިޔަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. އަދި 36 ރަށަކަށް ސަރުކާރުން މި އީދުގައި ޢީދު ލައިޓްތައް ފޮނުވާފައިވެއެވެ.
30 Mar 2025
ޚަބަރު
ޢީދު ދުވަހަކީ ހެޔޮ ފޯރުވުމުގެ ދުވަހަކަށް ހެއްދެވުމަށް ރައީސް އެދިވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ވިދާޅުވީ، އަޅުގަނޑުމެން ބަލަންވީ ޢީދު ދުވަހަކީ ކުޑަކުދީންގެ މޫނުމައްޗަށް ހިނިތުންވުން ގެނެސްދޭ ދުވަހަކަށް ހެދުމަށް ކަމަށާއި، އާއިލާތަކުގެ ގުޅުންތައް ބަދަހިވެ އެއްބަނޑުއެއްބަފައިކަމުގެ ކުލުނުން އާ ރޫޙެއް ލިބޭ ދުވަހަކަށް ހެދުމަށް ކަމަށެވެ. ހަމަ އެހެންމެ، ޒުވާނުންނާއި އިސްރަށްވެހީންނާއި، މުޅި މުޖުތަމަޢުގެ ބައިވެރިވުން ލިބިފައިވާ ދުވަހަކަށް ޢީދު ދުވަސް ވުން މުހިންމު ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.