Advertisement

ދެކުނު ލުބުނާނުގެ ސަރަހައްދެއް --- ފޮޓޯ: އޭއެފްޕީ

27 Sep 2024
ޚަބަރު

އިޒްރޭލުން ލުބުނާނަށް ދެމުން އަންނަ ވައިގެ ހަމަލާތަކުގައި 700 ވުރެ ގިނަ މީހުން މަރުވެއްޖެ

ހޯމަ ދުވަހުން ފެށިގެން އިޒްރާއީލުން ލުބުނާނަށް ދެމުން އަންނަ ވައިގެ ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 700އަށް ވުރެ މަތިވެއްޖެއެވެ.

ލުބުނާނުގެ ހެލްތު މިނިސްޓަރ ފިރާސް އަބިއާދު ވިދާޅުވި ގޮތުގައި، ރޭ ދިން ހަމަލާތަކުގައިވެސް ފަތިސްވުމާއި ހަމައަށް 25 މީހަކު މަރުވެފައިވެއެވެ. 

ލުބުނާނުގެ ހިޒްބުﷲ ހަނގުރާމަވެރިންނާއި ދެކޮޅަށް އިޒްރާއީލުންދޭ ހަމަލާތައް ވަރުގަދަކޮށްފައި ވަނީ، ހޯމަ ދުވަހުންފެށިގެންނެވެ. ދެކުނު ލުބުނާނުގެ ސަރަހައްދުތަކަށާއި، ބެއިރޫތަށްވެސް އިޒްރާއީލުން ވަނީ ހަމަލާދީފައެވެ. މިހަމަލާތަކީ ހިޒްބުﷲއިން އިޒްރާއީލްގެ ތެލްއަވީވަށް މިހަފްތާގައި ދިން ހަމަލާތަކާއި ގުޅިގެން ދޭންފެށި ހަމަލާތަކެއް ކަމުގައި އިޒްރާއީލުން ވަނީ ބުނެފައެވެ.

އިޒްރޭލުގެ ހައްދުފަހަނަ އެޅި އަސްކަރިއްޔާއިން ފަލަސްޠީނަށް ދެމުން އަންނަ ހަމަލާތަކުގައި ޣައްޒާ މިހާރު ވަނީ މުޅިން ސުންނާފަތިކޮށްފައެވެ. އިޒްރޭލުން ޣައްޒާއަށްދެމުންދާ ހަމަލާތަކުގައި މިހާތަނަށް، 41،534 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. އަދި 96000 ވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.