Advertisement

ލުބުނާން -- ފޮޓޯ: ޔުނިސެފް

27 Sep 2024
ޚަބަރު
ޢަލީ ސުލައިމާން

އިޒްރާއީލުގެ ހަމަލާތަކުގައި ފާއިތުވި ދެދުވަހު ލުބުނާނުން 50 ކުޑަކުދިން މަރުވި: ޔުނިސެފް

އިޒްރާއީލުން ލުބުނާނަށް ފާއިތުވި ދެދުވަހު ދިން ހަމަލާތަކުގައި އެކަނިވެސް ލުބުނާނުން 50 ވުރެ ގިނަ ކުޑަކުދިން މަރުވެފައިވާ ކަމުުގައި ޔުނިސެފުން ބުނެފިއެވެ.

އދ.ގެ ކުޑަކުދިންގެ ޙައްޤުތަކާއި ބެހޭ ގޮފި، ޔުނިސެފުން ވަނީ، އިޒްރާއީލުން ލުބުނާނަށް ދެމުން އަންނަ ހަމަލާތަކާއި ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފައެވެ. 

ޔުނިސެފުން ވަނީ، ލުބުނާނުގައި މިފާއިތުވި އަހަރުތަކުގައި ހިނގަމުން އަންނަ ހަމަނުޖެހުންތަކާއި ހަނގުރާމައިގެ ސަބަބުން، އެތައް ހާސް ބަޔަކު މަރުވެ، އެތައް ބަޔަކު ގެދޮރު ގެއްލި، އުމްރާނީ ވަސީލަތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބި، ރައްޔިތުންގެ އާންމު ދިރިއުޅުމުގައި ހީވެސް ނުކުރާ ވަރުގެ ބިރުވެރިކަމެއް އުފެދިފައިވާކަމަށެވެ. އަދި އެކަމުގެ ސަބަބުން ކުޑަކުދިންނަށް ކުރާ އަސަރު ބޮޑުކަން ޔުނިސެފުން ވަނީ ފާހަގަކޮށްފައެވެ.

ޔުނިސެފުން ހާމަކޮށްފައިވާ ގޮުތުގައި، ހޯމަ ދުވަހުން ފެށިގެން އިޒްރާއީލުން ދެމުން އަންނަ ހަމަލާތަކުގައި 4 ދުވަހުގެ ތެރޭގައި 50 ކުޑަކުދިން މަރުވި އިރު، އެއީ 2006 ވަނަ އަހަރު ދިން ހަމަލާތަކަށްވުރެ ވެސް ނިސްބަތުން މަތީ އަަދަދެކެވެ. 2006 ވަނަ އަހަރު 33 ދުވަސްވަންދެން އިޒްރާއީލުން ލުބުނާނަށް ދިން ހަމަލާތަކުގައި، 400 ވުރެ ގިނަ ކުޑަކުދިން މަރުވިއެވެ.

އިޒްރާއީލުން ދެމުން އަންނަ ހަމަލާތަކުގައި ގިނަ އަދަދެއްގެ ކުޑަކުދިން މަރުވަމުން އަންނަކަން ފާހަގަކުރައްވައި، ލުބުނާނުގައި ހުންނަވާ ޔުނިސެފްގެ ރެޕްރެސެންޓޭޓިވް ވެސް ވަނީ ކަންބޮޑުވުންފާޅު ކުރައްވާފައެވެ. 

ލުބުނާން ޑިޒާސްޓަރ ރިސްކް މެނޭޖްމަންޓް ޔުނިޓުން ހާމަކޮށްފައިވާ ގޮތުގައި، ފާއިތުވި 72 ގަޑިއިރުގެ ތެރޭގައި އެކަނިވެސް، 70،000 އަށްވުރެ ގިނަ މީހުން ވަނީ، ގެދޮރު ދޫކޮށް ނުކުމެފައެވެ. އިޒްރޭލުން ހޯމަ ދުވަހު ދޭން ފެށި ހަމަލާތައް ދިނުމުގެ ކުރިންވެސް، 110000 ވުރެ ގިނަ މީހުން ގެދޮރު ގެއްލިފައި ތިބި އިރު، އޭގެ ތެރެއިން ކުޑަކުދިންގެ އަދަދަކީ 39000އެވެ.

ޔުނިސެފުން ހާމަކޮށްފައިވާ ގޮތުގައި ހަނގުރާމައިގައި ހާލުގައިޖެހޭ ކުޑަކުދިންނާއި އާއިލާތަކަށް، 39 މިލިއަން ޑޮލަރުގެ އެހީ ބޭނުން ވާއިރު، މިހާތަނަށް ލިބިފައި ވަނީ އެންމެ 7.6 މިލިއަން ޑޮލަރުގެ އެހީއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.