Advertisement

02 Oct 2024
ދުނިޔެ

ތެލްއަވީވުގައި މީހަކު ބަޑިން ހަމަލާދީ 8 ޔަހޫދީން މަރާލައިފި

ތެލްއަވީވުގައި މީހަކު ބަޑިން ހަމަލާދީ ޔަހޫދީންގެ 8 މީހުން މަރާލައިފިއެވެ. 

އަންގާރަ ދުވަހުގެރޭ ބަޑިއެއް ހިފައިގެން ހުރި މީހަކާއި އިތުރު މީހަކު ފެންނަ ސީސީޓީވީ ފުޓޭޖް އިޒްރާއީލުން އާއްމުކޮށްފައި ވެއެވެ. ހަމަލާދީފައި ވަނީ، ތެލްއަވީވްގެ ޖައްފާއޭ ކިޔާ ސަރަހައްދުގެ މަގު މަތީގައެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި، ޓްރެއިން އިން ފޭބުމަށްފަހުގައި އެދެމީހުން ވަނީ މަގުމަތިން ފެނުނު ކޮންމެ މީހަކަށްވެސް ބަޑިން ހަމަލާދީފައެވެ. އެހަމަލާއަކީ ފިދާޢީ ހަމަލާއެއް ކަަމަށް އިޒްރޭލުން ބުނެފައިވާ އިރު އެ އެއީ ޓެރަރިސްޓް ހަމަލާއެއް ކަމުގައިވެސް ވަނީ ބުނެފައެވެ.

މިއީ މިފަހުން ތެލް އަވީވުގަައ ހިނގި މިފަދަ އެންމެ ނުރައްކާތެރި ހާދިސާ ކަމަށްވެސް އިޒްރޭލު މީޑިއާ ތަކުން ރިޕޯޓްކޮށްފައި ވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
30 Mar 2025
ޚަބަރު
ޚާއްޞަ ރަސްމިއްޔާތެއް ބާއްވައި ޢީދަށް ދިއްލާލައިފި
ފިޠުރު އީދަށް މާލެ ސަރަހައްދު ރަސްމީކޮށް މިރޭ ދިއްލާލާފައި ވާއިރު، ޢީދަށް އަތޮޅު ތެރޭގެ ރަށްތައް ދިއްލުމަށްޓަކައި، 28 މިލިޔަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. އަދި 36 ރަށަކަށް ސަރުކާރުން މި އީދުގައި ޢީދު ލައިޓްތައް ފޮނުވާފައިވެއެވެ.
30 Mar 2025
ޚަބަރު
ޢީދު ދުވަހަކީ ހެޔޮ ފޯރުވުމުގެ ދުވަހަކަށް ހެއްދެވުމަށް ރައީސް އެދިވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ވިދާޅުވީ، އަޅުގަނޑުމެން ބަލަންވީ ޢީދު ދުވަހަކީ ކުޑަކުދީންގެ މޫނުމައްޗަށް ހިނިތުންވުން ގެނެސްދޭ ދުވަހަކަށް ހެދުމަށް ކަމަށާއި، އާއިލާތަކުގެ ގުޅުންތައް ބަދަހިވެ އެއްބަނޑުއެއްބަފައިކަމުގެ ކުލުނުން އާ ރޫޙެއް ލިބޭ ދުވަހަކަށް ހެދުމަށް ކަމަށެވެ. ހަމަ އެހެންމެ، ޒުވާނުންނާއި އިސްރަށްވެހީންނާއި، މުޅި މުޖުތަމަޢުގެ ބައިވެރިވުން ލިބިފައިވާ ދުވަހަކަށް ޢީދު ދުވަސް ވުން މުހިންމު ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
29 Mar 2025
ޚަބަރު
މާދަމާ އަކީ ފިޠުރު އީދު ދުވަސް
މާދަމާއަކީ ފިޠުރުޢީދު ދުވަސްކަމުގައި ކަނޑައަޅުއްވާފައި ވަނީ، ސަޢޫދީއަރަބިއްޔާއަށް ޝައްވާލު މަހުގެ ހަނދު ސާބިތުވުމާއި ގުޅިގެންނެވެ.
29 Mar 2025
ޚަބަރު
ކެލާގެ ފަޅުގައި ދެ ރިޒޯޓު ތަރައްޤީ ކުރަން ކެލާގެ އިޙްތިސާސަށް ބަދަލުތަކެއް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިިދާޅުވީ، އެ މަނިކުފާނު މިގޮތަށް ނިންމަވާފައިވަނީ، ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 56-1 ވަނަ މާއްދާގެ (ހ) އިން، ދިވެހިރާއްޖޭގެ އެންމެހައި އިދާރީ ދާއިރާތަކުގައި ހިމެނޭ ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ އިޚްތިޞާޞް ކަނޑައެޅުމަށް ރައީސުލްޖުމްހޫރިއްޔާއަށް މަތިކޮށްފައިވާ މަސްއޫލިއްޔަތުގެ ދަށުން، އެ މަނިކުފާނު މިއަދު ނެރުއްވި، ނަންބަރު 7/2025 ވަނަ ޤަރާރުން ކަމަށެވެ.