Advertisement

އިޒްރާއީލުގެ ސިފައިން ތަކެއް --

03 Oct 2024
ދުނިޔެ
ޢަލީ ސުލައިމާން

ލުބުނާނަށް ވަތް އިޒުރޭލު ސިފައިންގެ 8 މީހުން މަރާލައިފި

ހިޒްބުﷲ އާއި ދެކޮޅަށް ހަނގުރާމަ ކުރުމަށް އެއްގަމު މަގުން ލުބުނާނަށް ވަތް އިޒްރާއީލު ސިފައިންގެ 8 މީހުން މަރާލައިފިއެވެ.

ދެކުނު ލުބުނާނަށް ވަތް އިޒްރާއީލު ސިފައިންގެ 8  މީހުން މަރުވެ އިތުރު ސިފައިންތަކެއް ޒަޚަމްވެފައިވާކަން އިސްރާއީލު އަސްކަރިއްޔާއިންވެސް ވަނީ ކަށަވަރުކޮށްދީފައެވެ. މަރުވި ސިފައިންގެ ތެރޭގައި ހިމެނެނީ އުމުރުން 23 އަހަރާއި 20 އަހަރާއި ދެމެދުގެ ޒުވާނުންނެވެ. އެމީހުންގެ ތެރޭގައި، ކެޕްޓަން ރޭންކުގެ ސިފައިންނާއި، ސާޖަންޓް މޭޖާ އަދި ސާޖަންޓް ރޭންކުގެ ސިފައިން ހިމެނެއެވެ.

ހިޒްބުﷲގެ ލީޑަރު ޙަސަން ނަސްރުﷲ ޝަހީދުކޮށްލުމަށްފަހުގައި އިޒްރާއީލުން ވަނީ އެއްގަމު މަގުން ލުބުނާނަން ވަންނަން ފަށާފައެވެ. އެހެން ނަމަވެސް ހިޒްބުﷲގެ ގެރިއްލާ ހަނގުރާމަވެރިންނާއި ދެކޮޅަށް ހަނގުރާމަ ކުރާނޭ ޤާބިލްކަމެއް އިޒްރާއީލުގެ އަސްކަރިއްޔާގައި ނުހުންނާނޭ ކަމުގައި ހިޒްބުﷲ އިން ވަނީ ބުނެފައެވެ.

އަންގާރަ ދުވަހުގެރޭ އީރާނުންވެސް ވަނީ އިޒްރޭލަށް ބެލެސްޓިކް މިސައިލުން ހަމަލާތައް ދީފައެވެ. އެހަމަލާތަކުގައި އިޒްރާއީލުގެ ތިން އެއާބޭސްއެއް ވަނީ ހަލާކުކޮށްލާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.