ދުނިޔެ
ދުނިޔެ
14 Apr 2024
ދުނިޔެ
އީރާނުން ފޮނުވާލި ހަމަލާތަކުގެ ތެރެއިން އިޒްރޭލަށް އަމާޒުވީ 7 ބެލެސްޓިކް މިސައިލް
އިޒްރޭލުން ބުނެފައިވާ ގޮތުގައި އީރާނުން ފޮނުވާލި 185 ޑްރޯންވެސް ކާމިޔާބު ކަމާއި އެކު ވައްޓާލި އިރު 103 ބެލެސްޓިކް މިސައިލްގެ ތެރެއިން 110 މިސައިލް ވައްޓާލި ކަމަށެވެ. އަދި އީރާނުން ފޮނުވާލި، 36 ކްރޫޒް މިސައިލްވެސް އިޒްރޭލުގެ ސަރަހައްދުތެރެއަށް ވަނުމުގެ ކުރިން ވައްޓާލި ކަމަށްވެސް ބުނެފައި ވެއެވެ.
14 Apr 2024
ދުނިޔެ
އިސްރާއީލަށް ދިން ހަމަލާތަކުގައި ބޮޑު ގެއްލުންތަކެއް ނުލިބޭކަމަށް އެ ގައުމުން ބުނެފި
ޖީއެމްޓީ ގަޑިން ހޮނިހިރު ދުވަހުގެ ރޭގެ ގާތްގަނޑަކަށް 8:00 ހާއިރު އިސްރާއީލަށް އަމާޒުކޮށް އިރާނުން ފޮނުވާލި 200 އަށް ވުރެން ގިނަ ޑްރޯން ހަމަލާތަކުގައި އިސްރާއީލަށް ބޮޑު ގެއްލުންތަކެއް ނުލިބޭކަމަށް އެ ގައުމުގެ ދިފާއީ ތަރުޖަމާނު، ޑެނިއަލް ހެގަރީ ބުނެފިއެވެ. އޭނާ އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، އިސްރާއީލާއި އެ ގައުމަށް ހެޔޮ އެދޭ ގައުމުތައް ކަމުގައިވާ، އެމެރިކާ އާއި އިނގިރޭސި ވިލާތުގެ އެހީގައި އިރާނުން ފޮނުވާލި ގިނަ ހަމަލާތައްވަނީ އިސްރާއީލާ ހިސާބަށް ދިއުމުގެ ކުރިން ވައްޓާލާފައެވެ.
14 Apr 2024
ދުނިޔެ
އީރާނުން ދިން ހަމަލާތައް އިޒްރޭލުގެ ރާމަން އެއާބޭސްއަށް އަމާޒުވެ ގެއްލުންތައް ލިބިއްޖެ
އީރާންގެ ހަމަލާތަކުގައި އިޒްރޭލަށް ލިބުނު ގެއްލުމުގެ ތަފްސީލްތަކެއް ނޭނގެއެވެ. އެހެން ނަމަވެސް އިޒްރޭލުގެ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޔަހޫދީން އާބާދުކޮށްފައިވާ ހުޅަނގު ޤުދުސް އަށާއި، ތެލްއަވީވަށް އަދި އީލާތަށް ވަނީ ހަމަލާތައް އަރާފައެވެ.
14 Apr 2024
ޚަބަރު
އިޒްރޭލުގެ ހަނގުރާމަ މަތީ ބޯޓުތައް ގައްޒާ ދޫކޮށް ހިނގައްޖެ. ފަލަސްޠީނުގެ އެތައް ހާސް ބަޔަކު މަސްޖިދުލް އަޤުޞާއަށް ޖަމާވެއްޖެ
ގާޒާގެ ހަބަރުތައް ގެނެސްދޭ، ގާޒާގެ ނޫސްވެރިއަކު ބުނެފައިވާ ގޮތުގައި ގާޒާގެ މަތިން މިވަގުތު އިޒްރޭލުގެ އެއްވެސް ބޯޓެއް ދަތުރެއް ނުކުރެއެވެ. މިއީ އޮކްޓޫބަރު 7 ވަނަ ދުވަހުގެ ފަހުން ގާޒާއަށް ދޭ ހަމަލާތައް އިޒްރާއީލަށް ހުއްޓާލަން ޖެހުނު ފުރަތަމަ ރޭ ކަމުގައިވެސް އޭނާ ބުނެފައިވެއެވެ.
14 Apr 2024
ދުނިޔެ
އިޒްރޭލަށް ތިން ފަރާތުން ހަމަލާތައް ދޭން ފަށައިފި
14 Apr 2024
ދުނިޔެ
އީރާނުގެ ފިދާއީ ޑްރޯން ހަމަލާތައް އިޒްރޭލާ ދިމާއަށް ފޮނުވާލައިފި
އީރާނާ ގުޅުން ހުރި މީޑިއާތަކުން ހާމަކޮށްފައިވާ ގޮތުގައި، އީރާނުން ދަނީ އިޒްރޭލަށް ސައިބަރ ހަމަލާތައްވެސް ދެމުންނެވެ. މިގޮތުން އިޒްރޭލުގެ އަސްކަރީ ރާޑަރުތައް ހެކްކޮށް، އިޒްރޭލްގެ މައި ކަރަންޓް ވިއުގަ ހެކްކްކޮށް ތެލްއަވީވާއި އެހެންވެސް އިޒްރޭލުގެ މުހިއްމު ބައެއް ސިޓީތަކުން ވަނީ ކަރަންޓުގެ ޚިދުމަތް ކަނޑާލާފައެވެ.
13 Apr 2024
އީރާން
އިޒްރޭލާއި ގުޅުން އޮންނަ ކޮންޓެއިނާ ކާގޯ ބޯޓެއް އީރާނުން ހިފަހައްޓައފި
ލަންޑަންގެ ޒޮޑިއަކް މެރިޓައިމްއާ ގުޅިފައިވާ ކޮންޓެއިނަރު އާގު ބޯޓު އެމްއެސްސީ އެރީޒް ޕޯޗުގީޒްގެ ދިދަ ޖަހާފައިވާ ބޯޓެކެވެ. މިކޮންޓެއިނާ ކާގޯ ބޯޓު ދުއްވާ ޒޮޑިއަކް މެރިޓައިމް ކުންފުންޏަކީ، އިޒްރޭލުގެ ޔަހޫދީ ބިލިއަނަރު އެޔަލް އޮފަރގެ ޒޯޑިކް ގްރޫޕްގެ ކުންފުންޏެކެވެ.
13 Apr 2024
ދުނިޔެ
ސިޑްނީގައި މީހަކު ވަޅިން ހަމަލާދީ އާއްމުންގެ 6 މީހަކު މަރާލައިފި
13 Apr 2024
ދުނިޔެ
އެމެރިކާއަށް 15 މިނިޓްގެ ތެރޭގައި ހަމަލާދެވޭނެ މިސައިލެއް ރަޝިޔާއިން ޓެސްޓްކޮށްފި
ރަޝިޔާގެ ދިފާއީވުޒާރާއިން ބުނެފައި ވަނީ އެޤައުމުގެ ދެކުނުގެ އަސްޓްރާޚާން ސަރަޙައްދުގެ ކަޕޫސްޓިންޔާރް ރޮކެޓް ލޯންޗް ކޮމްޕްލެކްސްގައި އިންޓަރކޮންޓިނެންޓަލް ބެލިސްޓިކް މިސައިލެއް ހުކުރު ދުވަހު ކާމިޔާބުކަމާއެކު ޓެސްޓްކޮށްފައިވާ ކަމަށެވެ.
13 Apr 2024
ދުނިޔެ
އެމެރިކާ އާއި އިނގިރޭސި ރައްޔިތުން އިޒްރޭލުން ނުކުތުމަށް އެ ދެޤައުމުން ގޮވާލައިފި
އެމެރިކާގެ ރައީސް ޖޯ ބައިޑަންވެސް ވިދާޅުވީ، އަވަހަށް ނުވަތަ ލަހުން ނަމަވެސް އީރާނު އިޒްރޭލަށް ހަމަލާދޭނެ ކަމަށެވެ. އަދި އިޒްރާއީލް ދިފާއުކުރުމުގައި އެމެރިކާއިން މަސައްކަތް ކުރާނެ ކަމަށްވެސް ވިދާޅުވެފައިވެއެވެ.
11 Apr 2024
ދުނިޔެ
އިޒްރޭލުން ހަމާސްގެ ލީޑަރު އިސްމާއީލް ހަނިއްޔާގެ ތިން ފިރިހެން ދަރީން ޝަހީދުކޮށްލައިފި
އިޒްރޭލުން ހަނިއްޔާގެ ތިން ދަރީންނާއި ކާފަ ދަރީން އަދި އާއިލާގެ އެހެން މެމްބަރުން ޝަހީދުކޮށްލި ޚަބަރު އޭނާއަށް ލިބިވަޑައިގެންނެވީ، ގައްޒާ ހަނގުރާމައިގައި އެކިވަރުގެ ޒަޚަމްތައް ލިބުމުގެ ސަބަބުން އިތުރު ފަރުވާއަށް ދޯހާއަށް ގެނެވުނު މީހުންނާއި ބައްދަލުކޮށްލުމަށް، ދޯހާ ހޮސްޕިޓަލަށް ވަޑައިގެން ހުންނަވަނިކޮށެވެ.
08 Apr 2024
ދުނިޔެ
މުޖާހިދުންގެ ހަމަލާއެއްގައި ޔަހޫދީ ސިފައިންގެ ގިނަ ބަޔަކު އެއްފަހަރާ މަރާާލައިފި
އިޒްރޭލުން ވަނީ، ޔަހޫދީ ސިފައިންގެ ހަތަރު މީހަކު، ޚާންޔޫނުސްގައި މުޖާހިދުން ދިން ހަމަލާއެއްގައި މަރުވެފައިވާ ކަމަށް ބުނެފަައެވެ. އެހެން ނަމަވެސް އެހަމަލާގައި މަރުވީ، 14 ސިފައިން ކަމަށާއި ފާއިތުވި 24 ގަޑިރުގެ ތެރޭގައި ޚާން ޔޫނުސްގައި ޔަހޫދީ ސިފައިންގެ ޖުމުލަ 21 މީހުން މަރާލާފައިވާ ކަމުގައި ގާޒާގެ ޚަބަރުތައް ގެނެސްދޭ ބައެއް މަސްދަރުތަކުން ބުނެފައިވެއެވެ.
06 Apr 2024
ދުނިޔެ
ތަރާވީޙާއި ދަމު ނަމާދަށް 2.5 މިލިއަން މީހުން ޙަރަމްފުޅަށް ޖަމާވި
މަސްދަރުތަކުން އަންދާޒާކޮށްފައިވާ ގޮތުގައި، މިރޭ ޙަރަމްފުޅުގައި ކުރެވުނު ތަރާވީޙް ނަމާދާއި ދަމު ނަމާދުގައި ބައިވެރިވި މީހުންގެ އަދަދު 2.5 މިލިޔަނަށް ވުރެ މަތިވާނެއެވެ. މިއީ ހައްޖު މޫސުމުގައިވެސް ހަރަމްފުޅަށް ޖަމާ ނުވާހައި ގިނަ މީހުންނެވެ.
05 Apr 2024
ދުނިޔެ
ރައްދު ހަމަލާއެއްގެ ބިރަށް އިޒްރޭލުން ފަސް ޤައުމެއްގައި ހުރި އެމްބަސީތައް ބަންދުކޮށްފި
މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މިސްރާއި ބަޙްރައިން އަދި އުރުދުން އާއި މަޣުރިބު އަދި ތުރުކިޔޭގައި ހުންނަ އިޒްރާއީލުގެ އެމްބަސީތައް ހުސްކޮށް މިހާރު ވަނީ އެތަންތަން ބަންދުކޮށްފައެވެ.
05 Apr 2024
ދުނިޔެ
އިޒްރޭލުން ދިން ހަމަލާގެ މިނިވަން ތަޙްޤީގެއް ހިންގުމަށް ޑަބުލިޔުސީކޭ އިން ގޮވާލައިފި
އިޒްރޭލުގެ ސިފައިން ހޯމަ ދުވަހު ގާޒާގެ ތިން ސަރަހައްދެއްގައި ދަތުރުކުރަމުން ދިޔަ، ޑަބްލިޔު.ސީ.ކޭގެ ތިން ވެހިކަލަކަށް ޑްރޯން ހަމަލާތަކެއްދީ، އެޖަމިއްޔާގެ 7 ވޮލަންޓިއަރުން މަރާލިއެވެ. އޭގެ ފަހުގައި އިޒްރޭލުން ބުނެފައި ވަނީ އެއީ އެކްސިޑެންޓަކުން ވީކަމެއް ކަމަށެވެ. އަދި އެކަމަށް މަޢާފަށް އެދޭ ކަމަށްވެސް އިޒްރޭލުން ވަނީ ބުނެފައެވެ.
05 Apr 2024
ދުނިޔެ
އިޒްރޭލާއި އެކު އޮތް ސިޔާސީ ގުޅުންތައް ކަނޑާލާފައިވާ ކަމުގައި ޔޫއޭއީން ބުނެފި
ޔޫއޭއީއަކީ، އިޒްރާއީލާއި އެންމެ ގާތްގުޅުމެއް ބާއްވަމުން އައި އަރަބި އިސްލާމީ ދުނިޔޭގެ ހަމައެކަނި ޤައުމެވެ. އިޒްރޭލަކީ ދައުލަތެއް ކަމުގައި ބަލައިގަންނަ މަދު ޤައުމުތަކުގެ ތެރޭގައިވެސް ޔޫއޭއީ ހިމެނެއެވެ.