Advertisement

ސިޑްނީގެ ޝޮޕިންގ މޯލްއެއްގައި ވަޅިން ހަމަލާދީ މީހުން މެރި މީހާ --

14 Apr 2024
ދުނިޔެ
ޢަލީ ސުލައިމާން

ސިޑްނީގައި 6 މީހުން މަރާލި މީހާއަކީ ނަފްސާނީ ބަލި މީހެއް ކަމަށް ބުނެފި

އޮސްޓްރޭލިއާގެ ސިޑްނީގެ ބޮންޑީ ޖަންޝަންގެ ޝޮޕިންމޯލްގެ ތެރޭގައި ވަޅިން ހަމަލާދީ 6 މީހުން މަރާލި މީހާ ދެނެގަނެވިފައިވާ ކަމަށާއި އޭނާ އަކީ ނަފްސާނީ ބަލި ހުރި މީހެއް ކަމުގައި އޮސްޓްރޭލިއާ ފުލުހުން ބުނެފިއެވެ.

ވަޅިން ހަމަލާދީ ޝޮޕިންގ މޯލްގެ ތެރޭގައި 6 މީހުން މަރާލި މީހާ ދެނެ ގަނެވިފައިވާ ކަމަށާއި އޭނާއަކީ، އުމުރުން 40 އަހަރުގެ ޖޮއެލް ކޯޗީ ނަމަކަށް ކިޔާ މީހެއް ކަމުގައި އޮސްޓްރޭލިއާއިން ވަނީ ބުނެފައެވެ.

އޮސްްޓްރޭލިއާ ފުލުހުން ބުނީ އެހަމަލާއަކީ ޓެރަރިސްޓް ހަމަލާއެއް ނޫންކަމަށާއި އެއީ ހާދިސާއެއް ކަމަށެވެ. އަދި އެ ހާދިސާ ޓެރަރިސްޓް އެއްވެސް ޖަމާޢަތަކާއި ގުޅުމެއް އޮތް ކަމުގެ ހެއްކެއް ނެތްކަމުގައިވެސް އޮސްޓްރޭލިއާ ފުލުހުން ވަނީ ބުނެފައެވެ.

ވަޅިން ހަމަލާދެމުން ދިޔަ މީހާ ހުއްޓުވުމަށް އޮސްޓްރޭލިއާ ފުލުހުން ދިން ހަމަލާގައި އޭނާ ވަނީ މަރުވެފައެވެ.

ސިޑްނީގައި ދިން މިހަމަލާގައި، 6 މީހުން މަރުވެފައި ވާއިރު އޭގެ ތެރޭގައި 9 މަހުގެ ތުއްތު ކުއްޖެއްގެ މަންމަވެސް ހިމެނެއެވެ. 8 މަހުގެ ކުއްޖާއަށްވެސް އެމީހާ ވަޅިން ހަމަލާ ދީފައިވެއެވެ.

މި ހާދިސާ ފުރަތަމަ ރިޕޯޓު ކުރުމާއި އެކުވެސް ހުޅަނގުގެ މީޑިއާތަކުންވެސް ވަނީ އެހަމަލާ އާއި މުސްލިމުންނާއި ގުޅުވާލުމަށް މަސައްކަތް ކޮށްފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
02 Apr 2025
ޚަބަރު
ހޮޅުދޫ ބޯޓުގައި ރޯވެ އެބޯޓުގައި ހުރި ޒުވާނަކު ގެއްލިއްޖެ
އެމްއެންޑީއެފުން ވިދާޅުވީ، ގެއްލިގެން ހޯދަމުން ދަނީ، ލ.މާވަށަށް ނިސްބަތްވާ 25 އަހަރުގެ އަލީ މުޝްފިގް މުހައްމަދު ކަމަށެވެ. އޭނާގެ އިތުރުން އެބޯޓުން ދަތުރު ކުރި އެހެން މީހުން ވަނީ، ސަލާމަތް ވެފައެވެ. އޭގެ ތެރެއިން ދެމީހަކަށް، ތ. ކަނޑޫދޫ ޞިއްޙީ މަރުކަޒުގައި ފަރުވާދެމުން އަންނަ ކަމުގައިވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.
02 Apr 2025
ޒަކާތު ހައުސް
ޣައްޒާގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވުމަށް 5 ލައްކަ ރުފިޔާ ހަވާލުކޮށްފި
ޣައްޒާގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ފިޠުރު ޒަކާތުގެ ގޮތުގައި ލިބިފައިވާ ފައިސާއިން ފަސް ލައްކަ ރުފިޔާ އިސްރާ އެސޯސިއޭޝަންއާ ހަވާލުކޮށްފި
02 Apr 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ދުންފަތް މަނާކުރަން ވިސްނާފައިވަނީ 25 އަހަރުން ދަށުގެ މީހުންނަށް: ރައީސް
ދުންފަތް މަނާކުރަން ވިސްނާފައިވަނީ 25 އަހަރުން ދަށުގެ މީހުންނަށްކަމަށް ރައީސް ވިދާޅުވެއްޖެއެވެ.
02 Apr 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ދުންފަތުގެ ވިޔަފާރި ދޫކޮށްލުމަށް ރައީސް އިލްތިމާސްކުރައްވައިފި
ރާއްޖޭގައި ދުންފަތުގެ ވިޔަފާރިކުރާ ފަރާތްތަކުން އެ ވިޔަފާރި ދޫކޮށްލައި، އެހެން ވިޔަފާރިއަކަށް ބަދަލުވުމަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސްކުރައްވައިފިއެވެ.