މަސައްކަތު ގަޑި ނިމުމުން އޮފީސް ކަންތައްތަކާ ނޫޅެ ހުރުމުގެ ހައްގު އޮސްޓްރޭލިއާގައި ފަހިކޮށްދީފި
މަސައްކަތު ގަޑި ނިމުމުން، އޮފީހުގެ ކޯލުތަކާއި މެސެޖުތަކާއި އަދި އީމެއިލްތަކަށް އަޅާނުލާ ހުރުމުގެ ހައްގު، އޮސްޓްރޭލިޔާގެ މަސައްކަތްތެރިންނަށް ގާނޫނަކުން ފަހިކޮށްދީފިއެވެ. މި ގާނޫނާއެކު، ނުރަސްމީ ގަޑީގައި ފޯނަށް ޖަވާބު ނުދިނުމަކުން މަސައްކަތްތެރިޔާއަށް އޮފީހުން ފިޔަވަޅެއް ނޭޅޭނެއެވެ.