Advertisement

26 Aug 2024
ލައިފްސްޓައިލް
މިފްތާޙް މުޙައްމަދު

މަސައްކަތު ގަޑި ނިމުމުން، އޮފީހުގެ ކޯލުތަކާއި މެސެޖުތަކަށް އަޅާނުލާ ހުރުމުގެ ހައްގު އޮސްޓްރޭލިޔާގެ މަސައްކަތްތެރިންނަށް ގާނޫނަކުން ފަހިކޮށްދީފި

މަސައްކަތު ގަޑި ނިމުމުން، އޮފީހުގެ ކޯލުތަކާއި މެސެޖުތަކާއި އަދި އީމެއިލްތަކަށް އަޅާނުލާ ހުރުމުގެ ހައްގު، އޮސްޓްރޭލިޔާގެ މަސައްކަތްތެރިންނަށް ގާނޫނަކުން ފަހިކޮށްދީފިއެވެ. މި ގާނޫނާއެކު، ނުރަސްމީ ގަޑީގައި ފޯނަށް ޖަވާބު ނުދިނުމަކުން މަސައްކަތްތެރިޔާއަށް އޮފީހުން ފިޔަވަޅެއް ނޭޅޭނެއެވެ.

ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ކޮވިޑު-19 އަށް ފަހު އޮފީހުގެ މަސައްކަތްތަކާއި އަމިއްލަ ދިރިއުޅުމާ ދެމެދު ދަމާފައިވާ ރޮނގު ފަނޑުވެގެން ދިޔައެވެ. އޭގެ ފަހުން، ބައެއް މީހުން ގެއަށް އަންނަނީ ލެޕްޓޮޕްގައި މަސައްކަތް ހިފައިގެންނެވެ. ނުވަތަ ގެއަށް އަންނަ ފަހުން ފޯނު މެދުވެރިކޮށް ކޮންމެވެސް މަސައްކަތެއްގެ ޒިންމާ އާދެއެވެ. އެހެންކަމުން، "ވޯކް ފްރޮމް ހޯމް" ވެގެން ދިޔައީ އަބަދު އޮފީހުގައި އެޅެން ޖެހުނު ކަމަކަށެވެ.

މި ބަދަލާއެކީ، މަސައްކަތާއި އަމިއްލަ ދިރިއުޅުމާ ބެލެންސްކުރަން ގިނަ މަސައްކަތްތަކެއް ކުރަން ޖެހުނެވެ. އަދި އޮސްޓްރޭލިއާގެ މަސައްކަތްތެރިންނަށް ހޯމަ ދުވަސް ވެގެން ދިޔައީ، މަސައްކަތާއި އަމިއްލަ ދިރިއުޅުމާ ދެމެދު އަލުން އަނބުރާ ފަލަ ރޮނގެއް ދަމާލެވުނު ދުވަހަކަށެވެ.

އެ ގާނޫނުގައި ބުނާ ގޮތުން، ވަޒީފާ ދޭ ފަރާތުން މަސައްކަތު ގަޑިން ބޭރުގައި ވަޒީފާ އަދާކުރާފަރާތް މޮނިޓަރ ކުރުމާއި، މަސައްކަތެއް ހަވާލު ކުރުމަށް ގުޅުމަކީ ގާނޫނާ ހިލާފު ކަމެކެވެ. ނަމަވެސް ބައެއް ހާލަތްތަކާ ގުޅިގެން މި ނޫން ގޮތަކަށް އަމަލު ކުރެވިދާނެ ކަމަށް ބުނެފައިވެއެވެ.

އޮސްޓްރޭލިއާއިން މަސައްކަތްތެރިންގެ ގާނޫނަށް މި ގެނެވުނު ބަދަލު ތައާރަފް ކުރުމުގެ ގޮތުން މި އަހަރުގެ ފެބުރުވަރީ މަހުގެ ތެރޭގައި އެ ގައުމުގެ ޕްރައިމް މިނިސްޓަރ އެންތޮނީ އަލްބަނީސް ބުނީ، މަސައްކަތުގެ އުޖޫރަ ކަނޑައަޅާފައިވަނީ 24 ގަޑިއިރަށް ނޫން ކަމަށާއި، އެހެންކަމުން 24 ގަޑިއިރު މަސައްކަތުގައި މަސްއޫލުވެ އުޅުމަކީ ވެސް ވާންޖެހޭނެ ގޮތް ނޫންކަމަށެވެ.

ގާނޫނުގައި ބުނާ ގޮތުން، މިކަމާ ހިލާފުވާން ކުންފުނިތައް ނުވަތަ މަސައްކަތް ހަވާލުކުރާ ފަރާތްތައް 93،900 އޮސްޓްރޭލިއާ ޑޮލަރު (63،805 އެމެރިކާ ޑޮލަރު) އިން ޖޫރިމަނާ ކުރެވިދާނެއެވެ.

އޮސްޓްރޭލިއާއަކީ މިފަދަ ގާނޫނެއް ވުޖޫދަށް ގެނައި ފުރަތަމަ ގައުމެއް ނޫނެވެ. ނުރަސްމީ ވަގުތު ތަކުގައި ނުވަތަ އޮފީސް ގަޑި ނިމޭ ފަހުން ކުރާ މެސެޖުތަކަށް ނުވަތަ ފޯނު ކޯލުތަކަށް ޖަވާބުދާރީ ނުވުމުން ފިޔަވަޅު އެޅުން މަނާކުރާ ގާނޫނަކަށް 2017 ވަނަ އަހަރުން ފެށިގެން ފްރާންސުން އަންނަނީ އަމަލު ކުރަމުންނެވެ. އަދި އޭގެ ފަހުން ޖަރުމަނީ، އިޓަލީ އަދި ކެނަޑާއިން ވެސް ވަނީ މިފަދަ ގާނޫނަކަށް އަމަލު ކުރަން ފަށާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.