Advertisement

ބައިބަލާ ޗެލެންޖު 1446 /ފޮޓޯ: ބައިބަލާ އެސޯސިއޭޝަން

02 Apr 2025
ކުޅިވަރު

ޢީދު ބައިބަލާ ޗެލެންޖު ރޭ ހުޅުމާލޭގައި ފަށައިފި

ޢީދު ބައިބަލާ ޗެލެންޖު 1446 ހުޅުމާލޭ ސެންޓްރަލް ޕާކުގައި ރޭ ހުޅުމާލޭގައި ފަށައިފިއެވެ. ފިޠުރު ޢީދާ ދިމާކޮށް ބާއްވަމުން އަންނަ މި މުބާރާތުގައި މިފަހަރު 29 ޓީމަކުން ވަނީ ބައިވެރިވެފައެވެ

ނޮކްއައުޓް އުސޫލުން ކުރިޔަށްގެންދާ މި މުބާރާތުގައި ރޭ ވަނީ 6 މެޗެއް ކުޅެފައެވެ. އެގޮތުން ފުރަތަމަ މެޗުގައި ބައްދަލުކުރީ، މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ބުރު ސްޕޯޓްސް ކްލަބާއި ކްލަބް ޓީއެފްޓީއެވެ. މި މެޗު ކާމިޔާބުކޮށް ޓީއެފްޓީ ވަނީ ފަހުގެ ޗެމްޕިއަނުން ކަޓުވާލާފައެވެ

ދެވަނަ މެޗުގައި ޓީއެފްޓީ ވަކަރުގެއިން ވަނީ ދަ ބައުސްގެ މައްޗަށް ކުރިހޯދާފައެވެ. އަދި ތިން ބަނަ މެޗުގައި މުބާރާތުގެ އެންމެ ފަހުގެ ރަނާސްއަޕް، ކްލަބް ކާސިންޖީން ކްލަބް އޯވަންއޯ ބަލިކުރިއިއިރު، ހަތަރު ވަނަ މެޗުގައި ޖަނަވަރީމަގު ސްޕޯޓްސްއިން ވަނީ ގަދަހިފުމަކުން ލިޓްލް ޓައުން ބަލިކޮށްފައެވެ

ރޭ ކުޅުނު ފަސްވަނަ މެޗާއި ހަވަނަ މެޗު ކާމިޔާބުކުރީ ބީޖީ ނިއު ޖެނެރޭޝަން އާއި އެލްޓީ ސްޕޯޓްސްއެވެ. ބިޖީ ނިއުޖެނެރޭޝަނުން ގަދަ ހިފުމަކަށްފަހު ކުޑަ ހެންވޭރު ޔުނައިޓެޑު ބަލިކުރިއިރު، އެލްޓީ ސްޕޯޓްސް ކުރި ހޯދީ ކާސިންޖާއާ ދެކޮޅަށެވެ

އެހެންކަމުން ރޭގެ މެޗުތަކަށްފަހު 6 ޓީމެއް މިވަނީ ގަދަ-16 އިން ޖާގަހޯދާފައެވެ. އެއީ ކްލަބް ޓީއެފްޓީ އާއި ޓީއެފްޓީ ވަކަރުގެ އާއި ކްލަބް ކާސިންޖީ އާއި ޖަނަވަރީމަގު ސްޕޯޓްސް އާއި ބީޖީ ނިއު ޖެނެރޭޝަން އަދި އެލްޓީ ސްޕޯޓްސްއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.