Advertisement

އީރާނުގެ ޑްރޯންތައް ދައްކުވައިދޭ ގްރެފިކްސް ފޮޓޯ --

14 Apr 2024
ދުނިޔެ
ޢަލީ ސުލައިމާން

އިޒްރޭލަށް ތިން ފަރާތުން ހަމަލާތައް ދޭން ފަށައިފި

އިރާނުން އިޒްރޭލަށް އަމާޒުކޮށް އެތައް ސަތޭކަ ފިދާއީ ޑްރޯންތައް ފަސް ބުރެއްގެ މަތިން ފޮނުވާލައިފި ކަމަށާއި، ބެލެސްޓިކް މިސައިލްތަކުންވެސް ހަމަލާތައް ފޮނުވާލައިފި ކަމުގައި ރިޕޯޓްތައް ބުނެފިއެވެ.

މީގެ އިތުރުން ޢިރާޤުގެ ތެރެއިން އިޒްރޭލަށް ހަމަލާތައް ދީފައި ވާއިރު، ޔަމަނުންވެސް ބެލެސްޓިކް މިސައިލްތަކާއި ޑްރޯން ހަމަލާތައް ވަނީ ފޮނުވާލާފައެވެ.

އީރާނުގެ ޑްރޯންތައް މަތަކުރުމަށް އިޒްރޭލުގެ ވައިގެ އަސްކަރިއްޔާގެ މަތިންދާ ބޯޓުތައް ސީރިއާގެ ވައިގެ ސަރަހައްދުގެ ތެރެއަށް ވަދެފައިވާ ކަމުގައިވެސް ރިޕޯޓްތައް ބުނެއެވެ.

އިރާޤު މަތިން ޑްރޯންތައް މިހާރު ގޮސްފައި ވާއިރު، އިޒްރޭލުން ހިފާފައިވާ ގޯލާނުގެ އުސް ސަރަހައްދުތަކަށް ހަމަލާތައް ފޯރައިފި ކަމުގައިވެސް ރިޕޯޓްތައް ބުނެއެވެ.

އީރާނުގެ ޚަބަރުތައް ގެނެސްދޭ ޓެލެގްރާމް ޗެނަލްތަކުގައި ބުނެފައިވާ ގޮތުގައި، އީރާނުން މިހާރު ވަނީ، ހަލުވި ސުޕަސޮނިކް މިސައިލް ހަމަލާތަކެއްވެސް އިޒްރޭލާއި ދިމާއަށް ފޮނުވާލާފައެވެ.

އީރާނުން ބުނެފައި ވަނީ އިޒްރޭލަށް ދޭ ހަމަލާތައް އަމާޒްކޮށްފައި ވަނީ ކަނޑައަޅާފައިވާ ވަކިތަންތަނަށް ކަމަށެވެ. އަދި ހަމަލާގެ ތެރެއަށް އެމެރިކާއިން ނުވަނުމަށް އީރާނުން އިންޒާރުކޮށްފައިވެއެވެ. މީގެ އިތުރުން އީރާނުގެ ހަމަލާތަކާއި ދެކޮޅަށް ރައްދުހަމަލާއެއް ދިން ކޮންމެ ފަރާތަކަށް ހަމަލާދޭނެ ކަމުގައިވެސް އީރާނުން ވަނީ ބުނެފައެވެ.

އިޒްރޭލަށް ދޭ ހަމަލާތައް ފެށުމާއި އެކު، އިޒްރާއީލްގެ ދޫމްސްޑޭ މަތިންދާބޯޓުގައި ކޮންމެވެސް ބަޔަކު އިޒްރޭލު ދޫކޮށް ހިނގައްޖެ ކަމަށާއި ބެލެވޭ ގޮތުގައި އެއީ އިޒްރޭލު ސަރުކާރުގެ އިސް އޮފިޝަލުން ތިއްބެވި ބޯޓެއް ކަަމަށްވެސް ބައެއް މަސްދަރުތަކުން ބުނެފައިވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.