Advertisement

އީރާންގެ ފިދާއީ ޑްރޯންތައް --

14 Apr 2024
ދުނިޔެ
ޢަލީ ސުލައިމާން

އީރާނުގެ ފިދާއީ ޑްރޯން ހަމަލާތައް އިޒްރޭލާ ދިމާއަށް ފޮނުވާލައިފި

އީރާނުގެ ފިދާއީ ޑްރޯން ހަމަލާތައް އިޒްރޭލާ ދިމާއަށް ފޮނުވާލައިފި ކަމުގައި ބައިނަލްއަޤުވާމީ މީޑިއާތަކުން ރިޕޯޓްކުރަން ފަށައިފިއެވެ.

އިޒްރާއީލާއި ދިމާއަށް އީރާނުން ފޮނުވާލާފައި ވަނީ، ޝަހީދު136 ނަން ދީފައިވާ ޑްރޯންތަކެކެވެ. އީރާނުގެ 50 ވުރެ ގިނަ ޑްރޯން އިޒްރޭލާއި ދިމާއަށް ފޮނުވާލާފައި ވާއިރު، ޑްރާންހަމަލާތައް އިޒްރޭލާއި ހަމައަށް ފޯރުމަށް ގަޑިއެއްގެ އިރު ނަގާނެ ކަމުގައި، އިޒްރޭލުގެ އަސްކަރިއްޔާއިން ވަނީ ބުނެފައެވެ.

އީރާނާ ގުޅުން ހުރި މީޑިއާތަކުން ހާމަކޮށްފައިވާ ގޮތުގައި، އީރާނުން ދަނީ އިޒްރޭލަށް ސައިބަރ ހަމަލާތައްވެސް ދެމުންނެވެ. މިގޮތުން އިޒްރޭލުގެ އަސްކަރީ ރާޑަރުތައް ހެކްކޮށް، އިޒްރޭލްގެ މައި ކަރަންޓް ވިއުގަ ހެކްކްކޮށް ތެލްއަވީވާއި އެހެންވެސް އިޒްރޭލުގެ މުހިއްމު ބައެއް ސިޓީތަކުން ވަނީ ކަރަންޓުގެ ޚިދުމަތް ކަނޑާލާފައެވެ.

އީރާނުގެ ހަމަލާތަކަށް ފުރިހަމައަށް ތައްޔާރުވެ އޮތް ކަމަށް އިޒްރޭލުން ބުނެފައިވާއިރު، އިޒްރޭލުގެ ސްކޫލުތަކާއި އޮފީސްތައް މިއަދުންފެށިގެން ބަންދުކޮށް އެއްވުންތައް ނުބޭއްވުމަށް އިޒްރޭލު ސަރުކާރުން ވަނީ އަންގާފައެވެ.

އިޒްރޭލަށް ފިދާއީ ޑްރޯންތަކުން ދޭ ހަމަލާތައް އީރާނުން ފަށާފައިވާއިރު ދެކުނު ލުބުނާނުން ދަނީ އިޒްރޭލުން ހިފާފާއިވާ ގޯލާނުގެ ސަރަހައްދުތަކަށާއި އިޒްރޭލުގެ އުތުރުގެ ސިޓީތަކަށް ރޮކެޓް ހަމަލާތައްދީ އިޒްރޭލުގެ އަޔަންޑޯމްއަށް މަތަ ނުވާވަރު ކުރަމުންނެވެ.

މީގެ އިތުރުން އިރާގުގެ ތެރެއިން މުޖާހިދުން އިޒްްރޭލަށް އަމާޒުކޮށް ހަމަލާތައް ދޭން ފަށާފައިވާ ކަމުގައި ރިޕޯޓްތައް ބުނެއެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑަންގެވެސް ރަސްމީ ދަތުރުފުޅެއް ކުރުކޮށްލެއްވުމަށްފަހު އެނބުރި ވޮޝިންޓަނަށް ދަތުރު ކުރަމުންދާ ކަމުގައިވެސް ރިޕޯޓްތައް ބުނެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.
26 Jun 2025
ޚަބަރު
އިޖުތިމާއީ ކަންބޮޑުވުންތަކުން ނަޖާވެވޭނީ އިސްލާމީ އުސޫލުތަކުން
ދިވެހި މުޖުތަމަޢުގައި ހުރި ކަންބޮޑުވުންތަކުން ނަޖާވެވި، ރައްޔިތުން އެދޭ ފާގަތިކަން ލިބުން އޮތީ އިސްލާމީ އުޞޫލުމަތީގައި ދެމިތިބެގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، 1447 ވަނަ ހިޖުރީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައެވެ.
26 Jun 2025
ޚަބަރު
ވޮރަންޓް އޮފިސަރުގެ ޖަނާޒާ ސިފައިންގެ ރަސްމީ ޢިއްޒަތުގައި ބާއްވައިފި
ވޮރަންޓް އޮފިސަރ 2 ޢަލީ ޙާމިދުގެ ޖަނާޒާ ބާއްވާފައިވަނީ ރޭ 22:45 ގައި މަސްޖިދުއް ޒައިދު ބިން ޘާބިތު (ހުޅުމާލެ ސަހަރާ) ގައެވެ. މި ޖަނާޒާގައި ދިފާޢީ ވަޒީރު، މުޙައްމަދު ޣައްސާން މައުމޫނާއި، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘް އާއި ޖެނެރަލް އޮފިސަރުން އަދި ގިނަ އަދަދެއްގެ ސިފައިން ޢާއިލާއާ ބައްދަލު ކުރައްވައި ތަޢުޒިޔާ ދަންނަވާފައިވެއެވެ.