Advertisement

ދުބާއީ އެއާޕޯޓުގައި ފެންބޮޑުވެފައި --

17 Apr 2024
ޚަބަރު
ޢަލީ ސުލައިމާން

ދުބާއީގައި ފެންބޮޑުވެ ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ

ވާރޭ ވެއްސުމަށް ވިލާ އުފައްދަމުން އައި ޔޫއޭއީގެ ދުބާއީއަށް ބޯކޮށް ވާރޭ ވެހި ބޮޑެތި ގެއްލުންތަކާއި ކުރިމަތިލާންޖެހިއްޖެއެވެ.

ޑުބާއީއަށް އިއްޔެއިން ފެށިގެން ވެހުނު ބޯވާރޭގެ ސަބަބުން މުޅި ދުބާއީގައި ވަނީ ފެންބޮޑުވެފައެވެ. ރަންވޭ އާއި ޓެކްސީވޭތަކުގައި ފެންބޮޑުވުމުގެ ސަބަބުން ދުބާއީ އިންޓަނޭޝަނަލް އެއާޕޯޓަށް ފްލައިޓްތައް ނުޖެއްސި ޑައިވާޓް ކުރަން ޖެހުނު ކަމުގައިވެސް މައުލޫމާތު ލިބެއެވެ. ޚަބަރުތައް ބުނާ ގޮތުގައި، އެއާޕޯޓުގެ ރަންވޭގައި ބައިފޫޓަށް ފެން ބޮޑުވިއިރު، އެ އެއާޕޯޓަށް ޖައްސަން އޮތް ފްލައިޓްތައް އެހެން އެއާޕޯޓްތަކަށް ޑައިވާޓްކޮށް، ޝެޑިއުލް ފްލައިޓްތަކުގެ %50 ކެންސަލް ކުރަން ޖެހުނެވެ. އަދި މުޅި އެއާޕޯޓުގެ އޮޕަރޭޝަންތައް ބައިގަޑިއެއްހައި އިރަށް މުޅިން ހުއްޓާލަން ޖެހުނެވެ.

ދުބާއީ އެއާޕޯޓުގައި ފެންބޮޑުވެފައި --

ބޯކޮށް ވާރޭވެހުމުގެ ސަބަބުން ޓަރމިނަލްތަކުގައި ފެންބޮޑުވެ ޝޮޕިންގ ސެންޓަރުތަކާއި އަންޑަރގްރައުންޑް ޕާކިންތައް ފެނުގެ އަޑިޔަށް ދިޔައެވެ. އަދި މެޓްރޯ އެއްގަމު ދަތުރުތުރަށް ބުރޫއަރައި، ބިންގަނޑު ކަނޑައިގެން ދިޔުމާއި ބައެއް ސަރަހައްދުތަކުގެ މަގުތައް ވަނީ ހަލާކުވެފައެވެ. 

ދުބާއީގެ މޫސުމާއި ބެހޭ އިދާާރާއިން ހާމަކޮށްފައިވާ ގޮތުގައި، މުޅި އަހަރު ދުވަހު ދުބާއީއަށް ނުވެހޭހައި ގިނަ ވާރޭ އަންގާރަ ދުވަހު އެކަނި ވަނީ ވެހިފައެވެ. މިގޮތުން އާއްމުގޮތެއްގައި އަހަރެއްގެ ތެރޭގައި، ވެހެނީ 128 މިލިލީޓަރުގެ ވާރޭ ނަމަވެސް އަންގާރަ ދުވަހު ދުބާއީއަށް ވަނީ 160 މިލިލީޓަރުގެ ވާރޭ ވެހިފައެވެ

ދުބާއީގައި ފެންބޮޑުވުން --

ބޯކޮށްވާރޭ ވެހުމާއި ފެން ބޮޑުވުމުގެ ސަބަބުން ދުބާއީން މީހަކު މަރުވި ކަމުގެ ރިޕޯޓެއް މިހާތަނަކަށް ނެތެވެ. އެހެން މެދުއިރުމައްޗަށް ކުރަމުން އަންނަ އާދަޔާއި ޚިލާފު މިވިއްސާރައިގައި އޮމާނުގައި ފެންބޮޑުވުމުގެ ސަބަބުން މިހާތަނަށް 18އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

ދުބާއީގެ މޫސުމާއި ބެހޭ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި ވިއްސާރަ ބުދަ ދުވަހަށް ދެމިގެންދާނެއެވެ. ބައެއް ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި މޫސުމީ މިބަދަލަކީ، ވާރޭ ވެހުންމަދު ޔޫއޭއީއަށް ވާރޭ ވެއްސުމަށްޓަކައި އެގައުމުން ކުރިޔަށް ގެންދިޔަ ވިލާގަނޑުތައް އުފެއްދުމުގެ މަސައްކަތުގެ ނުބައި ނަތީޖާއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.