Advertisement

ޓައިވާނަށް އައި ބިން ހެލުމުގައި މަގެއް ހަލާކުވެފައި --

23 Apr 2024
ޚަބަރު
ޢަލީ ސުލައިމާން

ޓައިވާނަށް މިރޭވެސް ބާރުގަދަ ދެ ބިންހެލުން އަތުވެއްޖެ

ޓައިވާނަށް މިރޭވެސް ގާތް ގާތުގައި ބާރުގަދަ ދެ ބިންހެލުން އަތުވެއްޖެއެވެ.

ޔޫއެސް ޖިއޮލޮޖިކަލް ސަރވޭއިން ހާމަކޮށްފައިވާ ގޮތުގައި، އޭޕްރީލްގެ 3 ވަނަ ދުވަހު، ރިކްޓަރ މިންގަނޑުން 7.2 ގެ ބާރު މިނުގައި، ހުއަލިއެން ސިޓީއަށް އައި ބިންހެލުމަށްފަހު ލޮޅުންތައް އަރަމުން ދާއިރު، މިރޭ ވަނީ، ރިކްޓަރ މިންގަނޑުން 6.1 އަދި 6.0 ގެ ބާރު މިނުގައި ދެ ބިންހެލުން އައިސްފައެވެ.

މީގެ އިތުރުން އޭޕްރީލް 3 ވަނަ ދުވަހުގެ ފަހުން މިހާތަނަށް އެ ސަރަހައްދަށް 82 ލޮޅުން އަރާފައިވާ ކަމަށާއި، އަދިވެސް ބިންހެލުމާއި ގުޅިގެން އަރަމުން އަންނަ ލޮޅުންތައް ނުހުއްޓޭ ކަމުގައިވެސް ޔޫއެސް ޖިއޮލޮޖިކަލް ސަރވޭއިން ބުނެފައިވެއެވެ.

އޭޕްރީލް 3 ވަނަ ދުވަހު އައި ބާރުގަދަ ބިންހެލުމުގައި މަދުވެގެން 14 މީހަކު މަރުވި އިރު، މިރޭ އައި ބިންހެލުންތަކުގައި، އެއްވެސް މީހެއްގެ ފުރާނައަށް ގެއްލުމެއް ލިބުނު ކަމުގެ ރިޕޯޓެއް ނެތެވެ.

ފަހުގެ ތާރީޚުގައި އެންމެ ބާރުގަދަ ބިންހެލުމެއް އައީ 1999 ވަނަ އަހަރުގައެވެ. އެފަހަރު 7.3 ގެ ބާރުމިނުގައި އައި ބިންހެލުމުގައި 2000 ވުރެ ގިނަ މީހުން މަރުވިއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.