Advertisement

އިޒްރޭލުން މަރުވި ކަމަށް ބުނި ސިފައިން ---

08 Apr 2024
ދުނިޔެ
ޢަލީ ސުލައިމާން

މުޖާހިދުންގެ ހަމަލާއެއްގައި ޔަހޫދީ ސިފައިންގެ ގިނަ ބަޔަކު އެއްފަހަރާ މަރާާލައިފި

ގާޒާގައި ޤަތުލު އާއްމުތައް ހިންގަމުންދާ ޔަހޫދީ ސިފައިންގެ އެއް ޔުނިޓުގައި ހިމެނޭ އެންމެން މުޖާހިދުން ދިން ހަމާލާއެއްގައި މަރާލައިފިއެވެ.

އިޒްރޭލުން ވަނީ، ޔަހޫދީ ސިފައިންގެ ހަތަރު މީހަކު، ޚާންޔޫނުސްގައި މުޖާހިދުން ދިން ހަމަލާއެއްގައި މަރުވެފައިވާ ކަމަށް ބުނެފަައެވެ. އެހެން ނަމަވެސް އެހަމަލާގައި މަރުވީ، 14 ސިފައިން ކަމަށާއި ފާއިތުވި 24 ގަޑިރުގެ ތެރޭގައި ޚާން ޔޫނުސްގައި ޔަހޫދީ ސިފައިންގެ ޖުމުލަ 21 މީހުން މަރާލާފައިވާ ކަމުގައި ގާޒާގެ ޚަބަރުތައް ގެނެސްދޭ ބައެއް މަސްދަރުތަކުން ބުނެފައިވެއެވެ. މަރާލި ގުރޫޕުގައި ހިމެނޭ ޔަހޫދީ ސިފައިންގެ ތެރޭގައި، ގާޒާގައި ތުއްތު ކުދިން ޝަހީދު ކުރުމަށް ފަހު އެކަން ފާހަގަކޮށް ފަލަސްޠީނުގެ މީހުންނަށް މަލާމާތް ކުރި ޔަހޫދީ ސިފައިންގެ މީހަކުވެސް ހިމެނެއެވެ. މަރުވިކަމަށް އިޒްރޭލުން ބުނި ހަތަރު ސިފައިންގެ ތެރޭގައި ހިމެނެނީ އުމުރުން 20 އަހަރުގެ ތިން މީހުންނާއި 21 އަހަރުގެ އެކެކެވެ.

މީގެ ކުރިންވެސް ގާޒާގެ އުތުރުގައި މުޖާހިދުން ދިން ހަމަލާއެއްގައި، ޔަހޫދީ ސިފައިންގެ އެއްޔުނިޓުގައި ހިމެނޭ 10 މީހުން އެއްފަހަރާ މަރާލާފައިވެއެވެ. ހަނގުރާމައިގައި ޔަހޫދީ ސިފައިންގެ ގިނަ އަދަދެއްގެ މީހުން މަރުވެފައި ވާއިރު، މަރުވާ ސިފައިންގެ ސާފު އަަދަދެއް އިޒްރޭލުން ހާމައެއް ނުކުރެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
02 Apr 2025
ޚަބަރު
ހޮޅުދޫ ބޯޓުގައި ރޯވެ އެބޯޓުގައި ހުރި ޒުވާނަކު ގެއްލިއްޖެ
އެމްއެންޑީއެފުން ވިދާޅުވީ، ގެއްލިގެން ހޯދަމުން ދަނީ، ލ.މާވަށަށް ނިސްބަތްވާ 25 އަހަރުގެ އަލީ މުޝްފިގް މުހައްމަދު ކަމަށެވެ. އޭނާގެ އިތުރުން އެބޯޓުން ދަތުރު ކުރި އެހެން މީހުން ވަނީ، ސަލާމަތް ވެފައެވެ. އޭގެ ތެރެއިން ދެމީހަކަށް، ތ. ކަނޑޫދޫ ޞިއްޙީ މަރުކަޒުގައި ފަރުވާދެމުން އަންނަ ކަމުގައިވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.
02 Apr 2025
ޒަކާތު ހައުސް
ޣައްޒާގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވުމަށް 5 ލައްކަ ރުފިޔާ ހަވާލުކޮށްފި
ޣައްޒާގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ފިޠުރު ޒަކާތުގެ ގޮތުގައި ލިބިފައިވާ ފައިސާއިން ފަސް ލައްކަ ރުފިޔާ އިސްރާ އެސޯސިއޭޝަންއާ ހަވާލުކޮށްފި
02 Apr 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ދުންފަތް މަނާކުރަން ވިސްނާފައިވަނީ 25 އަހަރުން ދަށުގެ މީހުންނަށް: ރައީސް
ދުންފަތް މަނާކުރަން ވިސްނާފައިވަނީ 25 އަހަރުން ދަށުގެ މީހުންނަށްކަމަށް ރައީސް ވިދާޅުވެއްޖެއެވެ.
02 Apr 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ދުންފަތުގެ ވިޔަފާރި ދޫކޮށްލުމަށް ރައީސް އިލްތިމާސްކުރައްވައިފި
ރާއްޖޭގައި ދުންފަތުގެ ވިޔަފާރިކުރާ ފަރާތްތަކުން އެ ވިޔަފާރި ދޫކޮށްލައި، އެހެން ވިޔަފާރިއަކަށް ބަދަލުވުމަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސްކުރައްވައިފިއެވެ.