Advertisement

-

05 Apr 2024
ދުނިޔެ
ޢަލީ ސުލައިމާން

އިޒްރޭލާއި އެކު އޮތް ސިޔާސީ ގުޅުންތައް ކަނޑާލާފައިވާ ކަމުގައި ޔޫއޭއީން ބުނެފި

އިޒްރާއީލާއި އެކު އޮތް ސިޔާސީ ގުޅުންތައް ކަނޑާލިކަން ޔުނައިޓެޑް އެރެބް އެމިރޭޓްސްއިން އިއުލާނުކޮށްފިއެވެ.

އިޒްރޭލުން ގައްޒާއަށް ހަމަލާތައް ދެމުން އަންނަތާ 7 މަސް ދުަވަސް ފަހުން، ޔޫއޭއިން މިކަން މިއިއުލާނުކުރީ، އިޒްރޭލުގެ ހައްދުފަހަނައެޅި ސިފައިން ގަސްދުގައި، އިންސާނީ އެހީދޭ ބައިނަލް އަޤުވާމީ ޖަމާޢަތެއް ކަމުގައިވާ، ވޯލްޑް ސެންޓްރަލް ކިޗަންގެ ތިން ވެހިކަލަަކަށް ހަމަލާދީ، އިންސާނީ އެހީދިނުމުގައި ހަރަކާތްތެރިވި ބޭރުގެ 7 މީހަކު މަރާލާފައި ވަނިކޮށެވެ.

ޔޫއޭއީއަކީ، އިޒްރާއީލާއި އެންމެ ގާތްގުޅުމެއް ބާއްވަމުން އައި އަރަބި އިސްލާމީ ދުނިޔޭގެ ހަމައެކަނި ޤައުމެވެ. އިޒްރޭލަކީ ދައުލަތެއް ކަމުގައި ބަލައިގަންނަ މަދު ޤައުމުތަކުގެ ތެރޭގައިވެސް ޔޫއޭއީ ހިމެނެއެވެ.

މީގެ އިތުރުން މިދަނޑިވަޅަކީ، އިޒްރޭލުން ސޫރިޔާގައި ހުންނަ އީރާނުގެ ކޮންސިއުލޭޓަށް ދިން ހަމަލާ އާއި ގުޅިގެން ރައްދުގައި އީރާނުން ދީފާނެ ހަމަލާއަށް ބިރުން، އިޒްރޭލުގެ އާއްމު ރައްޔިތުން މުހިއްމު ސިޓީތަކުން ފައިބަމުން އަންނަ ވަގުތެކެވެ.

ޔޫއޭއީއިން އިޒްރޭލާއި އެކު ޤާއިމްކޮށްފައިވާ ސިޔާސީ ގުޅުންތައް ކަނޑާލިކަން އިއުލާނު ކުރުމަކީ، އިޒްރޭލުގެ އަމަލުތަކާއި މެދު ރުޅިއައިސްފައިވާ ޔޫއޭއީގެ ރައްޔިތުންގެ ލޮލުގައި އެޤައުމުގެ ސަރުކާރުން އެޅުވި އަނދުނެއް ކަމުގައިވެސް މަޝްރަޙް ދިރާސާކުރާ ފަރާތްތަކުން ތުހުމަތު ކުރެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.