Advertisement

ނޯވާ މިޔުޒިކް ފެސްޓިވަލަށް ދިން ހަމަލާއިން ސަލާމަތް ވުމަށް މީހުންތައް ދުވާ މަންޒަރު ފެންނަ ވީޑިއޯގެ ސްކްރީން ޝޮޓެއް ---

25 Apr 2024
ޚަބަރު
ޢަލީ ސުލައިމާން

އޮކްޓޫބަރު 7 ގެ ހަމަލާއިން ސަލާމަތްވި އިޒްރޭލުގެ މީހުން ނަފްސާނީ ބަލިތަކުގައި އަމިއްލައަށް މަރުވަނީ

އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު، ހަމާސްގެ މުޖާހިދުން، އިޒްރޭލުގައި ކުރިޔަށް ދިޔަ ނޯވާ މިޔުޒިކް ފެސްޓިވަލަށް ދިން ހަމަލާއިން ސަލާމަތް ވި  މީހުންގެ ތެރެއިން ގިނަ އަދަދެއްގެ މީހުން، އެކި އެކި ނަފްސާނީ މައްސަލަތަކުގައި އަމިއްލައަށް މަރުވަމުންދާކަމަށް ރިޕޯޓްތައް ބުނެފިއެވެ.

އިޒްރޭލުގެ މީޑިއާގެ ކަމުގައިވާ އައި ޓްވެންޓީފޯރ ނިއުސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ނޯވާ މިޔުޒިލް ފެސްޓިވަލްގެ ހަމަލާއަށް 6 މަސްވެގެން ދިޔައިރު، އެހަމަލާއިން ސަލާމަތްވި 50 ވުރެ ގިނަ މީހުން ވަނީ އެމީހުންނަށް ކުރިމަތިވި ނަފްސާނީ މައްސަލަތަކުގައި އަމިއްލައަށް މަރުވެފައެވެ.

ނޯވާ ފެސްޓިވަލްގެ ހަމަލާއިން ސަލާމަތްވި ބެން ޝިމޮން ނަމަކަށް ކިޔާ މީހަކު، އެހަމަލާ އާއި ގުޅޭ ގޮތުން އިޒްރޭލު ޕާލަމެންޓްގައި ބުނީ، ހަމަލާއަށް ފަހު ނަފްސާނީ މައްސަލަތަކާއި ކުރިމަތިވި ބައެއް މީހުންނަށް ގަދަކަމުން ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާ ދީފައިވާ ކަމަށެވެ. އަދި ހަމަލާގެ ބިރުވެރިކަމުގެ ސަބަބުން ނަފްސާނީ ހާލަތު ގޯސްވި މީހުންގެ ތެރޭގައި އޭނާވެސް ހިމެނޭ ކަމުގައި ބުނެފައިވެއެވެ.

ނޯވާ ފެސްޓިވަލަށް ދިން ހަމަލާގައި 364 މީހުން މަރުވި އިރު، އެހަމަލާގެ ސަބަބުން މުޅި އިޒްރޭލުގެ ތެރޭގައި ނަފްސާނީ ބިރުވެރިކަން ވަނީ ފެތުރިފައެވެ. އައި ޓްވެންޓީފޯރ ނިއުސްއިން އަންދާޒާކޮށްފައިވާ ގޮތުގައި، އޮކްޓޫބަރު 7ގައި ނޯވާ މިޔުޒިކް ފެސްޓިިވަލަށް ދިން ހަމަލާއަށް ފަހު، އެކިއެކި ނަފްސާނީ މައްސަލަތައް ކުރިމަތިވި އިޒްރޭލު މީހުންގެ އަދަދު 6 ލައްކައަށް ވުރެ މައްޗަށް އަރާނެއެވެ. އެހަމަލާއަށް ފަހު، އިޒްރޭލުން ހިފާފައިވާ ބިންތަކުގައި ވަޒަންވެރި ކުރުވާފައިވާ އެތައް ބަޔަކުވެސް ވަނީ އިޒްރޭލު ދޫކޮށް ގޮސްފައެވެ.

އިޒްރޭލުގައި ދިރިއުޅޭ މީހުންގެ ތެރޭގައި ނަފްސާނީ މައްސަލަތައް ހުންނަ މީހުންގެ އަދަދު އިތުރު ނަމަވެސް އެޤައުމު ހިމަނާފައި ވަނީ، ދުނިޔޭގެ އެންމެ އުފާވެރި ޤައުމުތަކުގެ ރޭންކުގެ 4 ވަނައިގައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.