Advertisement

24 Apr 2024
ޚަބަރު
މިފްތާޙް މުޙައްމަދު

ޗައިނާއިން ބޭނުންވަނީ އެ ގައުމުގެ މީހުން އައިފޯން ބޭނުންކުރުން ހުއްޓާލަން: ޑުރޯވް

ޗައިނާ ސަރުކާރުން ބޭނުންވަނީ އެ ގައުމުގެ ރައްޔިތުން އައިފޯނު ބޭނުން ކުރުން ހުއްޓާލުމަށްކަމަށް، ޓެލެގްރާމްގެ ފައުންޑަރ އަދި ސީއީއޯ، ޕަވެލް ޑުރޯވް ބުނެފިއެވެ. ޑުރޯވް މިހެން ބުނީ، އެޕަލް ކުންފުނީގެ އެޕް ސްޓޯރުން ގިނަ އެޕްލިކޭޝަންތަކެއް ޗައިނާއިން ޑައުންލޯޑު ނުކުރެވޭ ގޮތް ހެދުމަށް ޗައިނާ ސަރުކާރުން އެޕަލް ކުންފުންޏަށް އެންގުމާ ގުޅިގެންނެވެ.

އެޕް ސްޓޯރުން ނެގުމަށް ޗައިނާ ސަރުކާރުން އެންގި އެޕްލިކޭޝަންތަކުގެ ތެރޭގައި ޑުރޯވްގެ ޓެލެގްރާމް ވެސް ހިމެނެއެވެ. ނަމަވެސް، ޑުރޯވް އޭނާގެ ޓެލެގްރާމް ޗެނަލްގައި ހާމަކޮށްފައިވާ ގޮތުގައި، ޗައިނާގެ މި ފިޔަވަޅާ ގުޅިގެން ޗައިނާއިން ޓެލެގްރާމް ޑައުންލޯޑުކުރާ މިންވަރަށް ބަދަލެއް ނާދެއެވެ.

މީގެ އިތުރުން، ޗައިނާގައި ޓެލެގްރާމް ބޭނުން ކުރުމަށް "ވީޕީއެން" އެއް ބޭނުންވި ނަމަވެސް، ގޫގުލް ޕްލޭގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން، ޗައިނާގައި އެންރޮއިޑް ބޭނުންކުރާ މީހުން ވެސް އެންމެ ގިނައިން ޑައުންލޯޑުކުރާ އެޕްލިކޭޝަނަކީ ޓެލެގްރާމްއެވެ.

ޑުރޯވް ދެކޭގޮތުގައި، ޗައިނާގެ މި ނިންމުމަކީ ޓެލެގްރާމާ ދެކޮޅަށް ނިންމި ނިންމުމެއް ނޫނެވެ. ނަމަވެސް މިއީ ސީދާ އެޕަލް ކުންފުންޏާ ދެކޮޅަށް ނިންމި ނިންމުމެކެވެ. އޭނާ ބުނާ ގޮތުން، ޗައިނާގެ ސަރުކާރުން ބޭނުންވަނީ އެ ގައުމުގެ ރައްޔިތުން އެޕަލް އާލާތްތައް ބޭނުން ކުރުމުގެ ބަދަލުގައި، ޒިއޯމީ ފަދަ އެ ގައުމުގެ ސްމާޓް އާލާތްތަކަށް ބަދަލު ކުރުމެވެ. އަދި ޗައިނާގެ މި ނިންމުމާ ގުޅިގެން އެގައުމުގައި އެޕަލްގެ އާލާތްތައް ބޭނުންކުރާ މިންވަރު ދަށަށް ދާނެކަމަށް ބެލެވެއެވެ.

ޗައިނާ ސަރުކާރުގެ މި ނިންމުމާ ދެބަސްވެ ޑުރޯވް ބުނީ، މިނިވަންކަމަށް ވުރެން ފައިދާ އިސްކުރުމަކީ ދިގު ރާސްތާގައި ރަގަޅު ގޮތަކަށް ނުވާނެ ކަމަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.
26 Jun 2025
ޚަބަރު
އިޖުތިމާއީ ކަންބޮޑުވުންތަކުން ނަޖާވެވޭނީ އިސްލާމީ އުސޫލުތަކުން
ދިވެހި މުޖުތަމަޢުގައި ހުރި ކަންބޮޑުވުންތަކުން ނަޖާވެވި، ރައްޔިތުން އެދޭ ފާގަތިކަން ލިބުން އޮތީ އިސްލާމީ އުޞޫލުމަތީގައި ދެމިތިބެގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، 1447 ވަނަ ހިޖުރީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައެވެ.
26 Jun 2025
ޚަބަރު
ވޮރަންޓް އޮފިސަރުގެ ޖަނާޒާ ސިފައިންގެ ރަސްމީ ޢިއްޒަތުގައި ބާއްވައިފި
ވޮރަންޓް އޮފިސަރ 2 ޢަލީ ޙާމިދުގެ ޖަނާޒާ ބާއްވާފައިވަނީ ރޭ 22:45 ގައި މަސްޖިދުއް ޒައިދު ބިން ޘާބިތު (ހުޅުމާލެ ސަހަރާ) ގައެވެ. މި ޖަނާޒާގައި ދިފާޢީ ވަޒީރު، މުޙައްމަދު ޣައްސާން މައުމޫނާއި، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘް އާއި ޖެނެރަލް އޮފިސަރުން އަދި ގިނަ އަދަދެއްގެ ސިފައިން ޢާއިލާއާ ބައްދަލު ކުރައްވައި ތަޢުޒިޔާ ދަންނަވާފައިވެއެވެ.