Advertisement

މަސްޖިދުލް ޙަރާމް -- ފޮޓޯ: ސަޢޫދީ ގެޒެޓް

06 Apr 2024
ދުނިޔެ
ޢަލީ ސުލައިމާން

ތަރާވީޙާއި ދަމު ނަމާދަށް 2.5 މިލިއަން މީހުން ޙަރަމްފުޅަށް ޖަމާވި

މަސްޖިދުލް ޙަރާމްގައި މިރޭ ކުރެވުނު ތަރާވީޙް ނަމާދާއި ދަމުނަމާދުގައި، މިސްކިތާއި ހަރަމްފުޅު އަދި މައްކާގެ މަގުތައް ފުރިގެން ދިޔަކަމުގައި، އަލްޙަރަމައިނި އިންނާއި ސައޫދީގެ ނޫސްތަކުން ބުނެފިއެވެ.

މަސްޖިދުލް ޙަރާމްގެ ޚަބަރުތައް ގެނެސްދޭ ޗެނަލްތަކުގައި ބުނެފައިވާ ގޮތުން، ރަމަޟާން މަހުގެ 27ވީ ހުކުރު ވިލޭރޭ (މިރޭ) މަސްޖިލްޙަރާމްގެ ކެޕޭސިޓީ ވަނީ މުޅިން ފުރިފައެވެ. އަދި މަތާފް (ކައުބާގެ ވަށައިގެންވާ ޠަވާފް ކުރާ ސަރަހައްދު)ވެސް މުޅިން ފުރުގެން ދިޔަކަމަށާއި، ޙަރަމްފުޅުގެ ފްލޯތަކާއި ހަރަމްފުޅުގެ ޓަވަރާއި، ކްލޮކްޓަވަރުގެ ހުރިހާ ފްލޯއަކާއި، އަދި ހަރަމްފުޅުގެ މަގުތަކުގައި އެތައް ކިލޯމީޓަރެއްގެ ދިގުމިނަށް ނަމާދުގެ ސަފުތައް ހެދި ކަމުގައިވެސް ޚަބަރުތަކުގައި ބުނެފައިވެއެވެ.

މަސްދަރުތަކުން އަންދާޒާކޮށްފައިވާ ގޮތުގައި، މިރޭ ޙަރަމްފުޅުގައި ކުރެވުނު ތަރާވީޙް ނަމާދާއި ދަމު ނަމާދުގައި ބައިވެރިވި މީހުންގެ އަދަދު 2.5 މިލިޔަނަށް ވުރެ މަތިވާނެއެވެ. މިއީ ހައްޖު މޫސުމުގައިވެސް ހަރަމްފުޅަށް ޖަމާ ނުވާހައި ގިނަ މީހުންނެވެ.

މަސްޖިދުލް ޙަރާމްގެ ފުލް ކެޕެސިޓީއަކީ، 2.5 މިލިޔަނެވެ. 

މަސްޖިދުލް ޙަރާމްގެ އިތުރުން ފަލަސްޠީނުގެ ޤުދުސްގައިވާ އަލް މަސްޖިދުލް އަޤުޞާ އާއި އަޤުޞާގެ ޙަރަމް އަލް ޝަރީފްވެސް މީހުންނާއިގެން ފުރިގެން ގޮސްފައިވާ ކަމުގައި ޚަބަރުތައް ބުނެއެވެ.

އަލްމަސްޖިދުލް އަޤުޞާ --

ރަމަޟާން މަހުގެ ތެރޭގައިވާ ލައިލަތުލް ޤަދުރި ވިލޭރެއަކީ، ރަމަޟާން މަހުގެ ފަހުދިހައިގެ އޮނަހިރި ރޭތަކުގެ ތެރެއިން ރެއެއްކަމުގައި ވާރިދުވެފައިވެއެވެ. އަދި އެރެއަކީ ރަަމަޟާން މަހުގެ 27 ވިލޭރޭ ކަމުގައި ބައެއް މުސްލިމުންނަށް ޤަބޫލު ކުރެވިފައި އޮވެއެވެ. އެހެން ނަމަވެސް ލައިލަތުލް ޤަދުރި ވިލޭރެއަކީ، ކަނޑައެޅިގެން ކޮން ރެއެއްކަން، ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރައްވާފައެއް ނުވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.
26 Jun 2025
ޚަބަރު
އިޖުތިމާއީ ކަންބޮޑުވުންތަކުން ނަޖާވެވޭނީ އިސްލާމީ އުސޫލުތަކުން
ދިވެހި މުޖުތަމަޢުގައި ހުރި ކަންބޮޑުވުންތަކުން ނަޖާވެވި، ރައްޔިތުން އެދޭ ފާގަތިކަން ލިބުން އޮތީ އިސްލާމީ އުޞޫލުމަތީގައި ދެމިތިބެގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، 1447 ވަނަ ހިޖުރީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައެވެ.
26 Jun 2025
ޚަބަރު
ވޮރަންޓް އޮފިސަރުގެ ޖަނާޒާ ސިފައިންގެ ރަސްމީ ޢިއްޒަތުގައި ބާއްވައިފި
ވޮރަންޓް އޮފިސަރ 2 ޢަލީ ޙާމިދުގެ ޖަނާޒާ ބާއްވާފައިވަނީ ރޭ 22:45 ގައި މަސްޖިދުއް ޒައިދު ބިން ޘާބިތު (ހުޅުމާލެ ސަހަރާ) ގައެވެ. މި ޖަނާޒާގައި ދިފާޢީ ވަޒީރު، މުޙައްމަދު ޣައްސާން މައުމޫނާއި، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘް އާއި ޖެނެރަލް އޮފިސަރުން އަދި ގިނަ އަދަދެއްގެ ސިފައިން ޢާއިލާއާ ބައްދަލު ކުރައްވައި ތަޢުޒިޔާ ދަންނަވާފައިވެއެވެ.