މޮސްކޯގައި ދިން ހަމަލާއަށް އެހީތެރިވިކަމުގެ ތުހުމަތުގައި ބައްޕައަކާއި އޭނާގެ ދެދަރިން ހައްޔަރުކޮށްފި
ބައިނަލްއަޤުވާމީ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެތިން ބަފައިންނަކީވެސް، ރަޝިޔާގެ ރަށްވެރިކަން ހޯދައިގެން މޮސްކޯގައި ދިރިއުޅެމުން އައި އިޒްރޭލުގެ ތިން މީހުންނެވެ. ހައްޔަރުކޮށްފައި ވަނީ، އިސްރޮއިލް އިސްލޮމޯވް (63އ) އާއި އޭނާގެ ދެފިރިހެން ދަރިން ކަމުގައިވާ، ދިލޮވަރު އިސްލޮމޯވް (25އ) އާއި އާމިންޗޮން އިސްލޮމޯވް (33އ) އެވެ. މީގެ ތެރެއިން ދިލޮވަރު މޮސްކޯގައި ކުރަމުން އައި މަސައްކަތަކީ ޓެކްސީ ކުރުމެވެ.