Advertisement

ގާޒާއަށް މަތިންދާ ބޯޓުތަކުގައި އެހީގެ ތަކެތި އެޅުން --

08 Mar 2024
ޚަބަރު
ނޫން

އެމެރިކާގެ މަތިންދާ ބޯޓުތަކުން ގާޒާއަށް އެޅި ކާބޯތަކެތީގެ ޕެކޭޖްތަކުގެ ދަށުވެ ބައެއް މީހުން މަރުވެއްޖެ

އެމެރިކާއިން ވައިގެ މަގުން އުތުރު ގާޒާގެ ސަރަހައްދުތަކަށް މަތިން އެޅި އެހީގެ ޕެކޭޖްތަކުގެ ދަށުވެ ބައެއް މީހުން މަރުވެއްޖެއެވެ.

އަލްޖަޒީރާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި މަރުވި މީހުންގެ ތެރޭގައި ތިން ކުޑަކުދިންވެސް ހިމެނެއެވެ. މަރުވި މީހުންނަކީ، މަތިންދާބޯޓުތަކުން ޕެކޭޖުތައް ވައިގެތެރެއަށް ދޫކޮށްލަމުންދާތީ އެތަކެތި ނެގުމަށް ދިޔަ މީހުންނެވެ. 

މަންޒަރު ދުށް މީހުންނާއި ވީޑިއޯތަކުން ފެންނަ ގޮތުގައި، އެހީގެ ޕެކޭޖުތައް ނެގުމަށް އެއްވި ބައެއް މީހުން މަރުވީ، މަތިންދާ ބޯޓުތަކުން ދޫކޮށްލި ޕެކޭޖްތަކުގެ ތެރެއިން ބައެއް ޕެކޭޖްތަކުގައި ހުރި ވައިކުޑަތައް ނުހުޅުވި، މަތިން ވެއްޓުނު ބާރު މިނުގައި މީހުންގެ ގައިގައި ޖެހުމުގެ ސަބަބުންނެވެ.

ގާޒާގެ މީޑިއާ އޮފީހުން ހާމަަކޮށްފައިވާ ގޮތުގައި، ގާޒާއިން ބަނޑުހަިއ ހޫނުކަމުގައި މަރުވި މީހުންގެ އަަދަދު މިހާރު ވަނީ 20 އަރާފައެވެ. އަދި ގާޒާގެ 7 ލައްކަ މީހުން ދަނީ ބަނޑުހައި ހޫނުކަން ތަހައްމަލު ކުރަމުންނެވެ.

އިޒްރޭލުން ގާޒާއަށް ދެމުންދާ ހަމަލާތަކުންގައި މަދުވެގެން 35000 މީހުން ޝަހީދުވެފައިވާއިރު، ގާޒާއަށް ބޮން އަޅައި ފުނޑުފުނޑުކުރުމަށް ހަތިޔާރާއި، އެތައް ބިލިއަން ޑޮލަރެއް އިޒްރޭލަށް ދެމުން އަންނަނީވެސް އެމެރިކާއިންނެވެ. 

އިޒްރޭލުން ގާޒާ ހިޞާރުކޮށްފައިވާތާ އެތައް އަހަރެއް ވެފައި ވާއިރު، 07 އޮކްޓޫބަރުން ފެށިގެން ވައިގެ މަގުން ގާޒާއަށް ހަަމަލާދީ، އަދި ގާޒާއިން ބޯފެނާއި ކަރަންޓް ކަނޑާލައި، ކާބޯތަކެއްޗާއި ގޭހާއި ބޭސް، ގާޒާއަށް ވެއްދުމަށްވެސް އިޒްރޭލުން ވަނީ ހުރަސް އަޅާފައެވެ.

ހައްދު ފަހަނަ އެޅި އިޒްރާއީލުގެ ޔަހޫދީ ދައުލަތުން މަސައްކަތް ކުރަމުންދަނީ، ގާޒާގެ ދެމިލިއަން މީހުން މިސްރުގެ ސައިނާގެ ސަރަހައްދުތެރެއަށް ރެފިއުޖީންގެ ގޮތުގައި ފޮނުވާލައި ގާޒާއަށް ވެރިވެގަތުމަށެވެ. މީގެ އަހަރުތަކެއް ކުރިން، ގާޒާގެ އައްސޭރިފަށުން ވަނީ ތެލާއި ގޭހުގެ ބޮޑު ރިޒާވެއް ފެނިފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.