Advertisement

19 Mar 2024
ޚަބަރު
މިފްތާޙް މުޙައްމަދު

ތުރުކީ ފުޓުބޯޅަ ލީގު މެޗުގައި ހިނގި ހަމަނުޖެހުމާ ގުޅިގެން 12 މީހަކު ހައްޔަރުކޮށްފި

ތުރުކީގެ ފުރަތަމަ ޑިވިޝަން ފުޓުބޯޅަ ލީގު މެޗުގައި މިދިޔަ އާދީއްތަ ދުވަހު، ލީގުގެ ދެ ވަނައިގައި އޮތް ފެނަބާޗޭ އާއި ތިން ވަނައިގައި އޮތް ޓްރެބްޒޮންސްޕޯރ ބައްދަލުކުރި މެޗުގައި ހިނގި ހަމަނުޖެހުމާ ގުޅިގެން 12 މީހަކު ހައްޔަރުކޮށްފިކަމަށް، ތުރުކީގެ އިންޓީރިއާ މިނިސްޓަރު، އަލީ ޔާރލިކަޔާ ބުނެފިއެވެ.

ޓްރެބްޒޮންސްޕޯރ ދަނޑުގައި ކުޅުނު މި މެޗުގެ ނަތީޖާ 2-2 އިން އެއްވަރުވެ އޮވެ ނިމެންދަނިކޮށް، ބަޓްޝުއާއި 87 ވަނަ މިނެޓުގައި ކާމިޔާބުކުރި ގޯލުން ފެނަބާޗޭ މޮޅުވިއެވެ. އަދި ރެފްރީގެ ކަށިގަނޑާއެކީ ޓްރެބްޒޮންސްޕޯރގެ ސަޕޯޓަރުން ދަނޑަށް އަރާ ފެނަބާޗޭގެ ކުޅުންތެރިންނަށް ހަމަލާދޭން މަސައްކަތް ކުރިއެވެ. ސޯޝަލް މީޑިއާގައި ވައިރަލްވި ބައެއް ވީޑިއޯތައް ދައްކާ ގޮތުން، ހަމަލާތަކުން ދިފާއުވުމަށް ފެނަބާޗޭގެ ކުޅުންތެރިން ވެސް އަނބުރާ ހަމަލާދީފައިވެއެވެ. ނަމަވެސް ދަނޑުގެ ސެކިއުރިޓީ ބަލަހައްޓަން ތިބި އޮފިސަރުން ވަނީ ފެނަބާޗޭގެ ކުޅުންތެރިން އަވަހަށް ލޮކަރ ރޫމަށް ދިއުމަށް އެހީތެރިވެދީފައެވެ.

މި ހާދިސާ ހިނގުމުގެ މަހެއްހާ ދުވަސްކުރިން، ފުރަތަމަ ޑިވިޝަނުގެ އަންކަރަގުޗޫގެ ރައީސް ވެސް ވަނީ މާރާމާރީ މައްސަލައެއްގައި ހައްޔަރުކޮށްފައެވެ. އޭނާ ހައްޔަރުކުރީ ލީގު މެޗަކަށްފަހު ރެފްރީގެ މޫނު މަތީގައި ޖަހާ، މާރާމާރީ ހިންގި މައްސަލައިގައެވެ. މި ހާދިސާތަކާ ގުޅިގެން، މިވަގުތު އެންމެ ރަގަޅު ގޮތަކީ ތުރުކީގެ ލީގު މެދުކަނޑާލުން ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.

ތުރުކީގެ އިންޓީރިއާ މިނިސްޓަރު ހާމަކޮށްފައިވާ ގޮތުގައި، މިހާތަނަށް ހައްޔަރުކުރި 12 މީހުންގެ ތެރޭގައި ހިމެނެނީ ފެނަބާޗޭގެ ކޯޗަށް އަމާޒުކޮށް އެއްޗެއް އެއްލި މީހަކާއި، އެންމެ ފުރަތަމަ ދަނޑަށް އެރި މީހާއާއި، ކޯނަރު ދަނޑި ބޭނުންކޮށް ފެނަބާޗޭގެ ކީޕަރަށް އަނިޔާކުރަން މަސައްކަތްކުރި މީހަކު ހިމެނެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.