ތުރުކިޔޭއާއެކު ޤާއިމްކޮށްފައިވާ ހުރިހާ ގުޅުމެއް ކަނޑާލިކަން އިޒްރޭލުން އިއުލާންކޮށްފި
ތުރުކިއާއެކު ޤާއިމްކޮށްފައިވާ ހުރިހާ ގުޅުމެއް ކަނޑާލިކަން އިޒްރޭލުން އިއްޔެ ހާމަކޮށްފައި ވަނީ އިޒްރޭލުން ޣައްޒާގެ އާއްމު ރައްޔިތުންނާއި ދެކޮޅަށް ހިންގަމުންދާ ޤަތުލްއާއްމުތަކާއި ގުޅިގެން ތުރުކިޔޭގެ ރައްޔިތުން އިސްތަންބުލްގައި އިޒްރޭލާއި ދެކޮޅަށް ވަރުގަދަ މުޒާހަރާތަކެއް ފަށާފައި ވަނިކޮށެވެ. ރުޅިއަރައިގެންފައިވާ އާއްމުން ވަނީ އިސްތަންބުލްގައި ހުންނަ އިޒްރޭލުގެ ކޮންސިއުލޭޓަށް ދެފަހަރެއްގެ މަތިން ހަމަލާދީފައެވެ.