Advertisement

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތުރުކިޔޭގެ ރައީސް އުރުދުޣާން އާ ބައްދަލުކުރެއްވުން --- ފޮޓޯ: ރައީސް އޮފީސް

28 Nov 2023
ޚަބަރު
ޢަލީ ސުލައިމާން

ރައީސް ޑރ. މުޢިއްޒު އުރްދުޣާންއާ ބައްދަލު ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ތުރުކިޔޭއަށް ކުރައްވަމުން ގެންދަަވާ ރަސްމީ ދަތުރު ފުޅުގެ ތެރެއިން، އެޤައުމުގެ ރައީސް ރަޖަބް ޠައްޔިބް އުރްދުޣާންއާ، ބައްދަލުކުރައްވައިފިއެވެ.

މިބައްދަލު ކުރެއްވުން ކުރިޔަށް ދިޔައީ، ތުރުރުކީގެ ވެރިރަށް އަންކާރާގައި ހުންނަ، އުރްދުޣާންގެ ރިޔާސީ ގަނޑުވަރުގައެވެ.

މިބައްދަލުކުރެއްވުމުގެ ތެރެއިން، ދެބޭފުޅުންވަނީ ދިވެހިރާއްޖެއާ ތުރުކިޔޭއާ ދެމެދުގައި ރަސްމީ ވާހަކަފުޅުތައް ކުރިޔަށް ގެންދަވާފައެވެ. މިގޮތުން ދެޤައުމުގެ ވެރިންގެ މެދުގައި ބޭއްވުނު ރަސްމީ ވާހަކަފުޅުތަކުގައި، ދިވެހިރާއްޖެއާ ތުރުކިޔޭއާއި ދެމެދު މިހާރު އޮތް ގުޅުން އިތުރަށް ބަދަހި ކުރެއްވުމާއި، ވިޔަފާރީގެ ދާއިރާއާއި، އިންވެސްޓްމަންޓާއި، އިޢާދަކުރަނިވި ހަކަތައާއި، މަތީ ތަޢުލީމުގެ ދާއިރާއިން ގުޅުން ބަދަހިކުރެއްވުމާއި ގުޅޭ ގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.

އަދި މިބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ރައީސުލްޖުމްހޫރިއްޔާ ވަނީ، އިޖްތިމާޢީ-އިޤްތިޞާދީ ތަރައްޤީގެ އެކި ދާއިރާތަކުން ތުރުކީވިލާތުން ރާއްޖެއަށް ވެދެއްވަމުން ގެންދަވާ އެއްބާރުލެއްވުން ފާހަގަކުރައްވައި، އެކަމަށްޓަކައި، އެ ޤައުމުގެ ރައީސް އުރުދުޣާނަށާއި، ތުރުކީވިލާތުގެ ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރައްވާފައެވެ.

މިބައްދަލު ކުރެއްވުމުގައި ތުރުކިޔޭގެ ރައީސް، ރަޖަބް ޠައްޔިބް އުރްދުޣާން ދދެއްކެވި ވާހަކަފުޅުގައި، ރިޔާސީ އިންތިޚާބުގައި ޑރ. މުއިއްޒު ހޮއްދެވި ކާމިޔާބަށާއި، ފުރަތަމަ ފުރަމާނަ ދަތުރުފުޅުގައި ވަޑައިގަންނަވާ ޤައުމަކަށް ތުރުކިޔޭ ޚިޔާރު ކުރެއްވުމުން އެކަމަށް މަރުޙަބާ އާއި ޝުކުރުދެންނެވިއެވެ. އަދި ރައީސް، ޑރ. މުޢިއްޒުގެ މި ދަތުރުފުޅުގެ ސަބަބުން، ތުރުކީވިލާތާއި ދިވެހިރާއްޖެއާ ދެމެދު އޮތް ގުޅުމުގެ އާ ބާބެއް ފެށުމަށް މަގުފަހިވެގެންދާނެކަން ޔަޤީން ކުރައްވާ ކަމުގައި ތުރުކީވިލާތުގެ ރައީސް ރަޖަބް ޠައްޔިބް އުރްދުޣާން ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ، ޑރ. މުއިއްޒު، ތުރުކިޔޭއަށް ކުރައްވާ މިދަތުރުފުޅަކީ، މިމަހުގެ 26 އިން 29އަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ. މިއީ އެމަނިކުފާނު ވެރިކަމާއި ހަވާލުވެވަޑައިގެންނެވުމަށްފަހުގައި ޤައުމުން ބޭރަށް ކުރެއްވި ފުރަތަމަ ފުރަމާނަ ދަތުރުފުޅެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.