Advertisement

04 Aug 2024
ޕެރިސް އޮލިމްޕިކްސް 2024
މިފްތާޙް މުޙައްމަދު

ސޯޝަލް މީޑިއާގައި ވައިރަލް ވެގެން މިއުޅޭ ތުރުކީގެ "ކޫލް" ޝޫޓަރަކީ ކާކު؟

މި ދުވަސްކޮޅު ސޯޝަލް މީޑިއާގައި އެންމެ ވައިރަލް ވެގެން އުޅޭ އެކަކީ، އާދައިގެ ގޮތަކަށް ހުރެ، އެއް ޖީބަށް އަތްޖަހާލައިގެން ޝޫޓުކޮށް، ޕެރިސް އޮލިމްޕިކްސް ގައި ރިހި މެޑަލް ހޯދި ތުރުކީގެ ޔޫސުފް ޑިޗެޗްއެވެ.

ތުރުކީގެ މި ޕިސްޓޯލް ޝޫޓަރ ގިނަ މީހުން ސިފަ ކުރަނީ، އޮލިމްޕިކްސް އަށް ދިޔަ ވަރަށް އާދައިގެ މީހެއް ގޮތަށެވެ. އަދި ބައެއް މީހުން، އޭނާގެ ބަޑި ޖެހުމުގެ "ކޫލް" ކަމަކީ، އޭނާއަކީ "ހިޓްމޭން" ނުވަތަ ފައިސާ ދީގެން މީހުން މެރުމަށް ހާއްސަ މީހަކަށް ވުމުން ކަމަށް ވެސް ސޯޝަލް މީޑިއާގައި ބުނެފައި އެބަހުއްޓެވެ.

ނަމަވެސް ޑިޗެޗްއަކީ ތުރުކީގެ ޕްރޮފެޝަނަލް ޕިސްޓޯލް ޝޫޓަރ އެކެވެ. އެގޮތުން، އުމުރުން 51 އަހަރުގެ ޑިޗެޗް ވަނީ ބެއިޖިން 2008 ގެ އޮލިމްޕިކްސްގެ ފަހުން، އޮލިމްޕިކްސްގެ ހުރިހާ މުބާރާތެއްގައި ވެސް ޝޫޓިންގައި ތުރުކީ ތަމްސީލުކޮށްފައެވެ.

ޑިޗެޗްގެ މި ތާރީހީ ފޮޓޯ ވެގެން ގޮސްފައިވަނީ، އޮލިމްޕިކްސްގައި ތުރުކީއަށް ވެސް ވަރަށް ތާރީހީ ފޮޓޯއަކަށެވެ. ވައިރަލް ވެގެން އުޅޭ ފޮޓޯގައި ޑިޗެޗް ތައްޔާރަށް އެ ހުރީ އޭނާ ސިލްވަރ މެޑަލް ކާމިޔާބުކުރި ބުރުގައި ޝޫޓު ކުރުމަށެވެ. އަދި އެ މެޑަލްއަކީ، ތުރުކީއަށް އޮލިމްޕިކްސް ގައި ޝޫޓިން އިން ލިބުނު ފުރަތަމަ މެޑަލްއެވެ. އެއީ މިކްސް 10 މީޓަރު އެއަރ ޕިސްޓޯލް ޝޫޓިން ގައި ސެއްވަލް އިލޭޑާ ތަރްހާންއާއެކީ އޭނާ ހޯދި މެޑަލް އެކެވެ.

ޑިޗެޗް އާ ހިލާފަށް، އޭނާގެ ޕާޓުނަރު ތަރްހާން ވަނީ ޝޫޓިން ގިއަރ ބޭނުން ކޮށްފައެވެ. ނަމަވެސް އޭނާ ވެސް ހުރީ ޝޫޓުކުރި އިރު އެއް ޖީބަށް އަތް ޖަހައިގެންނެވެ.

އިންޑިވިޖުއަލް ޝޫޓިން ގައި ޑިޗެޗް އަށް ލިބުނީ 13 ވަނައެވެ. އަދި މިހާރު އޭނާއަށް ވަނީ އޮލިމްޕިކްސް ނިމިފައެވެ.

ޝޫޓިންއަށް ފަހު ދިން އިންޓަވިއު އެއްގައި ޑިޗެޗް ބުނީ، އޭނާ އޮލިމްޕިކްސްގައި އަދި ފެންނާނެ ކަމުގެ އުއްމީދު އެބައޮތްކަމަށާއި، ލޮސް އޭންޖެލްސް 2028 ގައި ރަން މެޑަލް ހޯދުމުގެ ހުވަފެން ދެކޭ ކަމަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.