Advertisement

ތުރުކީގެ ރައީސް އެއްވުމުގެ ބައިވެރިންނާއިއެކު --

29 Oct 2023
ދުނިޔެ

ތުރުކިޔޭއާއެކު ޤާއިމްކޮށްފައިވާ ހުރިހާ ގުޅުމެއް ކަނޑާލިކަން އިޒްރޭލުން އިއުލާންކޮށްފި

ތުރުކިޔޭއާއެކު ޤާއިމްކޮށްފައިވާ ސިޔާސީ ގުޅުން ކަނޑާލިކަން އިޒްރޭލުގެ ފޮރިން މިނިސްޓްރީން ހާމަކޮށްފިއެވެ.

ތުރުކިއާއެކު ޤާއިމްކޮށްފައިވާ ހުރިހާ ގުޅުމެއް ކަނޑާލިކަން އިޒްރޭލުން އިއްޔެ ހާމަކޮށްފައި ވަނީ އިޒްރޭލުން ޣައްޒާގެ އާއްމު ރައްޔިތުންނާއި ދެކޮޅަށް ހިންގަމުންދާ ޤަތުލްއާއްމުތަކާއި ގުޅިގެން ތުރުކިޔޭގެ ރައްޔިތުން އިސްތަންބުލްގައި އިޒްރޭލާއި ދެކޮޅަށް ވަރުގަދަ މުޒާހަރާތަކެއް ފަށާފައި ވަނިކޮށެވެ. ރުޅިއަރައިގެންފައިވާ އާއްމުން ވަނީ އިސްތަންބުލްގައި ހުންނަ އިޒްރޭލުގެ ކޮންސިއުލޭޓަށް ދެފަހަރެއްގެ މަތިން ހަމަލާދީފައެވެ. އަދި އިއްޔެ އިޒްރޭލާއި ދެކޮޅަށް އިސްތަންބުލްގައި ބޭއްވި، ބޮޑު އެއްވުމުގައި ތުރުކީގެ ރައީސް އުރުދުޣާން ބައިވެރިވެވަޑައިގެންނެވިއެވެ.

މިއެއްވުމުގައި ތުރުކިޔޭގެ މިލިޔަނަކަށްވުރެ ގިނަ މީހުން ބައިވެރިވިއިރު، މިބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން، ރައީސް އުރުދުޣާން ވަނީ އިޒްރޭލަށާއި ހުޅަނގުގެ ޤައުމުތަކަށް ވަރުގަދަ އިންޒާރުތަކެއް ދެއްވާފައެވެ. އެއްވުމުގެ ބައިވެރިންނާއި މުހާތަބު ކުރައްވައި އުރުދުޣާން ދެއްކެވި ވާހަކަފުޅުގައި ހުޅަނގުގެ ޤައުމުތަކުން ބޭނުންވަނީ މުސްލިމުންނާއި ޣައިރު މުސްލިމުންނާއި ދެމެދު އަލުން ބޮޑު ހަނގުރާމައެއް ފެށުންތޯ ވަނީ ސުވާލު ކުރައްވާފައެވެ. އަދި ޔޫކުރެއިން ހަނގުރާމައާ ޣައްޒާއަށް އިޒްރޭލުން ދެމުންދާ ހަމަލާތަކާއި މެދު ހުޅަނގުން ގެންގުޅޭ ތަފާތު ކުރުންތަކަށްވެސް އުރުދުޣާން ވަނީ ފާޑުވިދާޅުވެފައެވެ.

މިއެއްވުމުގައި އުރުދުޣާން ވަނީ، ޙަމާސް ޖަމާޢަތަކީ ޓެރަރިސްޓް ޖަމާޢަތެއްކަމުގައި ހުޅަނގުގެ ޤައުމުތަކުން ސިފަކޮށް ދައްކާވާހަކަތަކަށް ރައްދުދެއްވައި ވަރުގަދަ ބަހުގެ ހަމަލާއެއް ދެއްވާފައެވެ. އުރުދުޣާން ވިދާޅުވީ، ޙަމާސް ޖަމާޢަތަކީ ޓެރަރިސްޓް ޖަމާޢަތެއް ނޫންކަމަށާއި، ޙަމާސް މަސައްކަތް ކުރަމުން ދަނީ ހިފާފައިވާ ފަލަސްޠީނުގެ ބިންތައް ހޯދައި ފަލަސްޠީނުގެ ރައްޔިތުންގެ ކިބައިން ނިގުޅައިގެންފައިވާ ހައްޤުތައް ހޯދުމަށް ކަމަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.