Advertisement

23 Mar 2024
ދުނިޔެ
މިފްތާޙް މުޙައްމަދު

ފަލަސްތީނު ހަނގުރާމަ ހުއްޓާލުމަށްކަމަށް ބުނެ އ.ދ.ގެ ސެކިއުރިޓީ ކައުންސިލުގައި އެމެރިކާއިން ކުޅެން އުޅުނު ޑްރާމާ ކާމިޔާބެއް ނުވި

ފަލަސްތީނުގައި އިޒްރޭލުން ހިންގަމުންދާ ހަނގުރާމަ ހުއްޓާލުމަށް ގޮވާލާ ގަރާރެއް ކަމަށް އަޑު ފަތުރައި، އެމެރިކާއިން އެކުވެރި ދައުލަތްތަކުގެ (އ.ދ.) ސެކިއުރިޓީ ކައުންސިލަށް ހުށަހެޅި ގަރާރު ފާހެއް ނުވިއެވެ. ހުކުރު ދުވަހު ބޭއްވި ކައުންސިލް ބައްދަލުވުމުގައި ހުށަހެޅި މި ގަރާރު ފާސްވެފައި ނުވަނީ، އެ ކައުންސިލްގެ ދާއިމީ ދެ މެންބަރުން ކަމުގައިވާ ރަޝިއާ އާއި ޗައިނާ މި ގަރާރު ވީޓޯ ކުރުމުންނެވެ.

ރިޕޯޓުތައް ބުނާގޮތުން، އެމެރިކާއިން ހުށަހެޅި މި ގަރާރުގައި ބުނެފައިވަނީ ހަނގުރާމަ ހުއްޓާލަން ޖެހޭކަމަށެވެ. ނަމަވެސް ހަނގުރާމަ ހުއްޓާލުމަށް އިޒްރޭލަށް ގޮވާލާފައި ނުވާކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި މި ގަރާރުގެ އިބާރާތްތައް ހުރިގޮތުން، އިޒްރޭލަށް ހަނގުރާމަ ހުއްޓާލުމަށް އެއްވެސް ޕްރެޝަރެއް ނެތްކަމަށް ވެސް ވެއެވެ.

މި ގަރާރާ ގުޅިގެން އ.ދ.އަށް ކަނޑައަޅާފައި ހުރި ރަޝީޔާގެ ސަފީރު، ވެސިލީ ނެބެންޒިއާ ވިދާޅުވީ، މި ގަރާރު ހުށަހަޅައިގެން އެމެރިކާއިން ސީދާ މަސައްކަތްކުރީ ބައިނަލްއަގުވާމީ ދުނިޔެއަށް އޮޅުވާލުމަށް ކަމަށެވެ.

މިކަމާ ގުޅިގެން ޗައިނާގެ މަންދޫބު ވިދާޅުވީ، ގަރާރުގެ ބަސްމަގުހުރީ މާނަ ކުރުމުގައި އޮޅުން އަރާފަދަ ގޮތަކަށް ކަމަށާއި، ކުރުމުއްދަތެއްގައި ހަނގުރާމަ ހުއްޓާލުމަށް އިޒްރޭލަށް އެ ގަރާރުގައި ގޮވާލާފައި ނުވާކަމަށެވެ.

އެމެރިކާއިން ހުށަހެޅި މި ގަރާރުގައި ހަނގުރާމަ ހުއްޓާލުމުގެ ވާހަކަތަކާ ގުޅުވައި، ހަމާސްއިން ހައްޔަރުކޮށްފައިވާ އިޒްރޭލުގެ މީހުން ދޫކޮށްލުމުގެ ވާހަކަތައް ވެސް ހިމަނާފައި ހުއްޓެވެ.

ރަޝިއާ އަދި ޗައިނާއިން މި ގަރާރު ވީޓޯ ކުރުމުން އެމެރިކާއިން އ.ދ.އަށް ކަނޑައަޅާފައި ހުންނަ އެމްބެސެޑަރ، ލިންޑާ ތޯމަސް-ގްރީންފީލްޑް ބުނީ، އެ ދެ ގައުމުން އުޅެނީ ސިޔާސީ ފައިދާތަކެއް ހޯދުމަށް ކަމަށާއި، ހަނގުރާމަ ހުއްޓާލުމަށް އެދެވޭ މަސައްކަތްތަކެއް އެ ގައުމުތަކުން ނުކުރާ ކަމަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.