Advertisement

ދުނިޔޭގެ އެންމެ އުސް ސުނާމީ ރާޅު އުފެދުނު އެލަސްކާގެ، ލިތުޔާ ބޭ --

19 Mar 2024
ޚަބަރު
ޢަލީ ސުލައިމާން

އެންމެ އުސް ސުނާމީ ރާޅުގެ އުސްމިން ބުރުޖު ޚަލީފާގެ ދެބައިކުޅަ އެއްބަޔާއި އެއްވަރު!

ދިވެހިންގެ ތެރެއިން ގިނަ މީހުންނަށް ސުނާމީއަކީ ކޮބައިކަން އެނގުނީ، މީގެ 19 އަހަރު ކުރިން 2004 ވަނަ އަހަރު އިންޑިއާ ކަނޑުގައި އުފެދުނު ބާރު ގަދަ ސުނާމީގެ ސަބަބުންނެވެ. އެއީ މިހާތަނަށް ދުނިޔެދުން އެންމެ ގެއްލުން ބޮޑު އަދި އެންމެ ގިނަ މީހުން މަރުވި ސުނާމީއެވެ. 2004ގެ ސުނާމީ ކާރުސާގައި ދުނިޔޭގެ 11 ޤައުމަކުން، 228،00 ވުރެ ގިނަ މީހުން މަރުވިއެވެ. އެބިން ހެލުމާއިއެކު ކަނޑުއަޑީގައި އުފެދުނު ގޮވުމުގެ ބާރުމިން ހުރީ، 1945 ވަނަ އަހަރު އެމެރިކާއިން ހީރޯޝީމާއަށް ވައްޓާލި އެޓޮމިކް ބޮމުގެ 23000 ބޮން އެފަހަރާ ގޮއްވާލުމުން އުފެދޭ ބާރު މިނާއި އެއްވަރަށެވެ. އެހެން ނަމަވެސް 2004 ވަނަ އަހަރުގެ ސުނާމީ އަކީ އެންމެ އުސް ސުނާމީގެ ރާޅެއް ނޫނެވެ. 2004 ގެ ސުނާމީ ރާޅަކީ މިހާތަނަށް ދުނިޔޭގައި ރެކޯޑް ކުރެވުނު 8 ވަނައަށް އެންމެ އުސް ސުނާމީ ރާޅެވެ. 2004 ގެ ސުނާމީ ރާޅުގެ އުސްމިނަކީ 30 މީޓަރެވެ.

ދުނިޔޭގައި ރެކޯޑް ކުރެވިިފައިވާ އެންމެ އުސް ސުނާމީ ރާޅުގެ އުސްމިން ބުރުޖު ޚަލީފާގެ ދެބައިކުޅަ އެއްބައި އުސްމިނާއި އެއްވަރެެވެ. އެސުނާމީގެ ރާޅުގެ އުސްމިނުގައި، 524 މީޓަރު ހުއްޓެވެ. މިސުނާމީ އުފެދުނީ، އެލަސްކާގެ ލިތުޔާ ބޭގައެވެ. މި ސުނާމީގެ ރާޅުގެ އުސްމިން އެއީ ދިވެހިރާއްޖެއަށް ބަލާނަމަ ވިލާތަކާހަމައިގައި ހުންނަ އުސްރާޅެކެވެ.

ދުނިޔޭގައި އުފެދުނު އެންމެ އުސް ސުނާމީ ރާޅުތައް،

1958- ލިތުޔާ ބޭ ސުނާމީ، 524 މީޓަރު

1963- ވަޖަންތް ޑޭމް ސުނާމީ، 250 މީޓަރު

1980- ސެއިންޓް ހެލެންސް މެގަ ސުނާމީ، 200 މީޓަރު

1792- އޫންޒެން މެގަ ސުނާމީ، 130 މީޓަރު

1936- ލެވަންޓް ސުނާމީ، 70 މީޓަރު،

1946- އޭޕްރީލް ފޫލް ސުނާމީ، 50 މީޓަރު

1883- ކަރަކަޓޯއާ ސުނާމީ، 46 މީޓަރު

2011- ޓޯހޮކޫ ސުނާމީ، 40 މީޓަރު

2004- އިންޑިއަން އޯޝަން ސުނާމީ، 30 މީޓަރު

ދުނިޔޭގެ ޖި އޮލޮޖީއަށް ބަލާއިރު، ދުނިޔޭގައި އުފެދޭ ސުނާމީގެ%85 އަކީ، ޕެސިފިކް ކަނޑުގައި އުފެދޭ ސުނާމީ ތަކެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.