Advertisement

އދ. ގެ ސަލާމަތީ މަޖިލީހުގެ ބައްދަލުވުމުގެ ތެރެއިން --

26 Mar 2024
ދުނިޔެ
ޢަލީ ސުލައިމާން

އިޒްރޭލުން ޣައްޒާއަށް ދެމުންދާ ހަމަލާތައް ހުއްޓާލުމަށް ގޮވާލައި ސަލާމަތީ މަޖިލީހުން ޤަރާރެއް ފާސްކޮށްފި

ފަލަސްޠީނުގެ ޣައްޒާއަށް އިޒްރާއީލުން ދެމުންގެދާ ހަމަލާތައް ވަގުތުން ހުއްޓާލުމަށް ގޮވާލައި، އދ.ގެ ސަލާމަތީ މަޖިލީހުން ހޯމަދުވަހު ޤަރާރެއް ފާސްކޮށްފިއެވެ.

ސަލާމަތީ މަޖިލީހުން ފާސްކުރި މިޤަރާރާއި ދެކޮޅަށް ވޯޓު ދީފައި ވަނީ، ޣައްޒާގައި ފަލަސްތީނުގެ ރައްޔިތުންނާއި ދެކޮޅަށް ޤަތުލުއާއްމުތައް ހިންގުމުގައި، ހަތިޔާރާއި ފައިސާގެ ގޮތުން އަދި ސިފައިން ފޮނުވައިގެން މަދަދާއި އެހީތެރިކަން ފޯރުކޮށް ދެމުން އަންނަ އެމެރިކާއިންނެވެ.

އެމެރިކާއަކީ، އަބަދުވެސް އިޒްރޭލުގެ ދިފާޢުގައި ސަލާމަތީ މަޖިލީހުގައި ވީޓޯ ކުރުމުގެ ބާރުގެ ބޭނުން ކުރަމުން އަންނަ ޤައުމެކެވެ. އިސްލާމީ ޤައުމުތަކާއި ދެކޮޅަށް ފާއިތުވި އަހަރުގެ ތެރޭގައި އެމެރިކާއިން ދީފައިވާ ހަމަލާތަކުގައި، އެތައް މިލިއަން މުސްލިމުންނެއް ވަނީ ޝަހީދުކޮށްފައެވެ.

އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިޒްރާއީލުން ޣައްޒާއަށް ދެމުން އަންނަ ހަމަލާތަކުގައި، މިހާތަނަށް 32000 ވުރެ ގިނަ މީހުން ޝަހީދުކޮށްލާފައި ވާއިރު ލައްކައަކަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.