Advertisement

ޔޫއެސް ޖިއޮލޮޖިކަލް ސަރވޭގެ ޗާޓު --

03 Apr 2024
ދުނިޔެ
ޢަލީ ސުލައިމާން

ޓައިވާންގެ އައްސޭރިފަށަށް ބާރުގަދަ ބިންހެލުމެއް އައިސް ސުނާމީގެ އިންޒާރު ނެރެފި

ޓައިވާންގެ އިރުމަތީ އައްސޭރިފަށަށް ބާރުގަދަ ބިންހެލުމެއް އައިސް ޖަޕާން ހިމެނޭ ގޮތުން ޕެސިފިކް ކަނޑުގެ ޤައުމުތަކަށް ސުނާމީގެ އިންޒާރު ނެރެފިއެވެ.

ޔޫއެސްޖިއޮލޮޖިކަލް ސަރވޭއިން ހާމަކޮށްފައިވާ ގޮތުގައި، ޓައިވާންގެ ހުއައިލެން ސިޓީގެ އިރުމަތީ އައްސޭރިފަށުގައި ބިންހެލުން މަރުކަޒުވެފައި ހުރި އިރު، ބިންހެލުމުގެ ބާރުމިން ރެކޯޑުކުރެވިފައި ވަނީ، 7.4 މެގްނިޓިއުޑްގައެވެ. ބިންހެލުން އައިސްފައި ވަނީ، ޓައިވާންގެ ގަޑިން ހެނދުނު 7:58ގައެވެ. 7.4ގެ ބާރުގަދަ ބިންހެލުމަށްފަހުގައިވެސް ދަނީ ލޮޅުންތައް އަރަމުންނެވެ.

ޖަޕާންގެ މޫސުމާއި ބެހޭ އިދާރާއިން ބުނެފައި ވަނީ، ތިން މީޓަރު އުސް ރާޅުތައް އައްސޭރިފަށުގެ ސަރަހައްދަށް އަރައިފާނެ ކަމަށް ބެލެވޭ ކަމަށެވެ.

Advertisement

ބިންހެލުން އައި ހުއައިލެން ސިޓީއަކީ، 3 ލައްކަ މީހުންގެ އާބާދީއެއް ދިރިއުޅޭ އަދި ގިނަ އަދަދެއްގެ ފަތުރުވެރިންވެސް ޒިޔާރަތްކުރާ ސިޓީއެކެވެ. އާއްމުކޮށްވެސް ބިންހެލުންތައް އަންނަ، އެސަރަހައްދަށް އެންމެފަހުން ބާރުގަދަ ބިންހެލުމެއް އައިސްފައި ވަނީ، 1999 ވަނަ އަހަރުގައެވެ. އެއަހަރުގައި އައި ބިން ހެލުމުގައި 2400 މީހުން މަރުވިއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
01 May 2024
ޚަބަރު
މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށްދިނުމަށް އެމްޑީޕީން ސަރުކާރަށް ގޮވާލައިފި
އެމްޑީޕީން ބުނީ، އެ ޕާޓީއަކީ އަބަދުވެސް ދިވެހި ހީވާގި މަސައްކަތްތެރިންގެ ހައްގުގައި ވަކާލާތުކުރާ, އަދި މަސައްކަތްތެރިންނަށް ލިބެންޖެހޭ ފުރިހަމަ ހިމާޔަތާއި ރައްކާތެރިކަން ކަށަވަރުކޮށް ނެގެހެއްޓުމަށް މަސައްކަތްކުރާ އަދި ނަތީޖާ ނެރެފައިވާ ހަމައެކަނި ސިޔާސީ ޕާޓީކަމަށެވެ. މިގޮތުން، ކޮންމެ އަހަރެއްގެ މެއި 1 ވަނަ ދުވަހަކީ ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައެޅުމާއި, މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކުރުމަށް ޤާނޫނުތައް ފާސްކޮށް ސިޔާސަތުތައް ކަނޑައެޅުމުގައި އެޕާޓީންކޮށްފައިވާ މަސައްކަތްތައް އެމްޑީޕީގެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.
01 May 2024
ދުނިޔެ
ދުނިޔޭގެ އެންމެ ބޮޑު ޕެސެންޖަރ ޓަރމިނަލް ދުބާއީގެ އައު އެއާޕޯޓުގައި ހަދަނީ
ދުބާއީ އަލް މަޚްތޫމް އިންޓަރނޭޝަނަލް އެއާޕޯޓުގަިއ ހަދާ މި ޕެސެންޖަރ ޓަރމިނަލަކީ އަހަރަކު 260 މިލިއަން މީހުންނަށް ޚިދުމަތް ދެވޭ ފެންވަރަށް ތަރައްޤީ ކުރާ ޓަރމިނަލެކެވެ. އަދި އެޓަރމިނަލުގައި 400 ބޯޑިގޭޓު ހުންނައިރު، އެއާޕޯޓުގައި 5 ރަންވޭ އޮންނާނެއެވެ.
01 May 2024
ދުނިޔެ
ބޯކޮށް ވާރޭވެހި އުހުދު ފަރުބަދަ މަތީގައި ފެންކޯރެއް ދެމިއްޖެ
މާތްވެގެންވާ ދެޙަރަމްފުޅުގެ މައުލޫމާތު ގެނެސްދޭ ޙަރަމައިންގެ ސޯޝަލް މީޑިއާ އެކައުންޓްތަކުން އިއްޔެ ވަނީ އުހުދު ފަރުބަދަމަތީގައި ފެން އާރެއް ދެމެމުން ދިޔަ މަންޒަރުގެ ވީޑިއޯ އާއްމުކޮށްފައެވެ. އުހުދު ފަރުބަދައަކީ އިސްލާމީ ތާރީހާއި ގުޅޭ ވަރަށް މުހިއްމު ފަރުބަދައެކެވެ.
01 May 2024
ޚަބަރު
ކުށަށް އަރައިގަތުމަށް ބޭނުން ކުރަމުން ދިޔަ އިތުރު ޓެލެގްރާމް ޗެނަލެއް ފުލުހުންގެ ބާރުގެ ދަށަށް ގެންގޮސްފި
ފުލުހުންގެ އިދާރާއިން ވިދާޅުވީ، ކުށަށް އަރައިގަތުމަށް ބޭނުން ކުރަމުން އައި އެ ޓެލެގްރާމް ޗެނަލް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔުމަށްފަހުގައި އެކަމާއި ގުޅުންހުރި މައްސަލަތައް ތަޙްޤީޤުކުރަން ފަށާފައިވާކަމަށެވެ. އެނގިފައިވާ ގޮތުގައި އެޓެލެގްރާމް ޗެނަލް ފުލުހުންގެ ބާރުގެ ދަށަށް ގެންދިޔައިރު އެގްރޫޕުގައި 1500 ވުރެ ގިނަ މީހުން ސަބްސްކްރައިބްކޮށްފައިވެއެވެ.