Advertisement

ޔަހޫދީން ބޮން ޝެލްޓަރ ތަކުގެ ތެރޭގައި ---

04 Apr 2024
ދުނިޔެ
ޢަލީ ސުލައިމާން

ތެލްއަވީވަށް އީރާނުން ދީފާނެ ހަމަލާއެއްގެ ބިރަށް ޔަހޫދީން ބޮން ޝެލްޓަރތަކަށް ވަދެއްޖެ

އީރާނުން އިޒްރާއީލުގެ ވެރިރަށް ތެލްއަވީވަށް ދީފާނެ މިސައިލް ހަމަލާތަކަކުން ރައްކާތެރިވުމަށް ޒަޔަނިސްޓް ޔަހޫދީން ބޮން ޝެލްޓަރ ތަކަށް ވަންނަން ފަށައިފިކަމުގައި ރިޕޯޓްތައް ބުނެފިއެވެ.

ސޫރިޔާގައި ހުންނަ އީރާނުގެ ކޮންސިއުލޭޓަށް އިޒްރޭލުން ދިން ހަމަލާތަކުގެ ބަދަލު ހިފުމުގެ ގޮތުން، ކުރިޔަށް އޮތް ވަގުތުތަކުގައި އީރާނުން މިސައިލް ނުވަތަ ޑްރޯން ހަމަލާތަކެއް ދީފާނެ ކަމަށް ބުނެ އެމެރިކާގެ ސީއައިއޭއިން ވަނީ އިޒްރޭލަށް އިންޒާރުދީފައެވެ.

އިޒްރޭލުން އީރާނުގެ ކޮންސިއުލޭޓަށް ދިން ވައިގެ ހަމަލާގައި ވަނީ، އީރާނުގެ ކޮމާންޑަރަކާއި، އީރާނުގެ ޑިޕްލޮމެޓުންގެ އިތުރުން ސޫރިޔާގެ ބަޔަކުވެސް ޝަހީދުކޮށްލާފައެވެ. މިހަމަލާތަކުގެ ބަދަލުު ހިފާނެކަމަށް އީރާނުން ވަނީ ބުނެފައެވެ. އަދި އިޒްރޭލަށް އަދަބު ދިނުމުގެ ގޮތުން ހަމަލާދިނުމަށް އީރާނުގެ ސުޕްރީމް ލީޑަރު ވަނީ އެޤައުމުގެ އަސްކަރިއްޔާއަށް އަންގަވާފައެވެ. 

މެދު އިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައިގެ ތެރެއަށް އީރާނު ވައްދައި، އީރާނަށް އަރައިގަތުމަށް އެމެރިކާއިން އަންނަނީ ރޭވުންތެރިކަމާއި އެކު މަސައްކަތް ކުރަމުންނެވެ. ތެލާއި ގޭސް އަދި މައުދަންތަކުން މުއްސަނދިވެފައިވާ އީރާނަކީ، މިހާތަނަށް އެމެރިކާއަށް އަތްދަށު ނުލެވި އޮތް ޤައުމެވެ.

އެމެރިކާއިން ވަނީ، އަފްޣާނިސްތާނާއި، ޢިރާޤާއި ސޫރިޔާ އާއި ލީބިޔާއަށް އަރައިގަނެ، އެޤައުމުތަކުގެ ވެރިކަން ވައްޓާލައި އެޤައުމުތަކުގެ އެތައް މިލިއަން މުސްލިމުންނެއް ޝަހީދުކޮށް، އެޤައުމުތަކުގެ މުއްސަނދިކަން ފޭރިގެންފައެވެ. އިޒްރޭލުން ގައްޒާއަށް ވެރިވެ ގަތުމަށް މިހާރު ކުރަމުންދާ ހަނގުރާމައިގެ މައިގަނޑު ބޭނުމަކީވެސް، ގައްޒާގެ ސަރަހައްދުން ތެލާއި ގޭސް ފެނިފައިވާއިރު، ގައްޒާއިން މިސްރުގެ ސައިނާ ސަރަހައްދަށް ގާޒާގެ ރައްޔިތުން ނެރެލައި އެބިމަށް ވެރިވެގަތުން ކަމުގައި ބައިނަލްއަޤުވާމީ މަޝްރަޙް ދިރާސާކުރައްވާ ފަރާތްތަކުން ބުނެފައިވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.
26 Jun 2025
ޚަބަރު
އިޖުތިމާއީ ކަންބޮޑުވުންތަކުން ނަޖާވެވޭނީ އިސްލާމީ އުސޫލުތަކުން
ދިވެހި މުޖުތަމަޢުގައި ހުރި ކަންބޮޑުވުންތަކުން ނަޖާވެވި، ރައްޔިތުން އެދޭ ފާގަތިކަން ލިބުން އޮތީ އިސްލާމީ އުޞޫލުމަތީގައި ދެމިތިބެގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، 1447 ވަނަ ހިޖުރީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައެވެ.
26 Jun 2025
ޚަބަރު
ވޮރަންޓް އޮފިސަރުގެ ޖަނާޒާ ސިފައިންގެ ރަސްމީ ޢިއްޒަތުގައި ބާއްވައިފި
ވޮރަންޓް އޮފިސަރ 2 ޢަލީ ޙާމިދުގެ ޖަނާޒާ ބާއްވާފައިވަނީ ރޭ 22:45 ގައި މަސްޖިދުއް ޒައިދު ބިން ޘާބިތު (ހުޅުމާލެ ސަހަރާ) ގައެވެ. މި ޖަނާޒާގައި ދިފާޢީ ވަޒީރު، މުޙައްމަދު ޣައްސާން މައުމޫނާއި، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘް އާއި ޖެނެރަލް އޮފިސަރުން އަދި ގިނަ އަދަދެއްގެ ސިފައިން ޢާއިލާއާ ބައްދަލު ކުރައްވައި ތަޢުޒިޔާ ދަންނަވާފައިވެއެވެ.